ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ސިއްރު ވޯޓު
"ސިއްރު ވޯޓު" ކަމަށް ބުނެފައި އެވަނީ، ވޯޓުލާ ނުވަތަ ދޭވަގުތު، އެކަކުދޭ ވޯޓުގެ މައްލޫމާތު އަނެކަކަށް ނޭނގޭގޮތަށް ވޯޓުލުމަށް ނުވަތަ ދިނުމަށެވެ.
ރައްޔިތުންގެ އަސާސީ ހައްގު
"ރައްޔިތުންގެ އަސާސީ ހައްގު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ރައްޔިތުންގެ އަސާސީ ހައްގުތަކަށެވެ.
ދުށްމަން
"ދުށްމަން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއްކުރާ ބިދޭސީންނާއި، މިކަމުގައި އެމީހުންނާ ބައިވެރިވާ ދިވެހިންނަށެވެ.
އާންމު މަސްލަހަތު
"އާންމު މަސްލަހަތު" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ ހުރްމަތާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ އާންމު ފައިދާ ރައްކާތެރިވެ ދެމި އޮތުމަށެވެ.
އަދަބު
"އަދަބު" ދޭހަކޮށްދެނީ، ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާ ކަމަކަށް، ގާނޫނުގައި ދިނުމަށް ކަނޑައަޅާފައިވާ އުގޫބާތެވެ.
ކޯޓު
"ކޯޓު" ކަމަށް ބަޔާންކޮށްފައި އެވަނީ، ށަރީއަތް ހިންގުމަށް މަޖިލިސްކުރާ ކޮންމެ ތަނެކެވެ.
ގާނޫނު
"ގާނޫނު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ދުވަހާ ހަމައަށް ދިވެހިރާއްޖޭގައި ހިނގަމުން އައިސްފައިވާ ރައްޔިތުންގެ މަޖިލީހުންނާއި ރައްޔިތުންގެ އާއްސަ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކޮށްފައިވާ ގާނޫނު ތަކަށާއި، އަދި އެ ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ހަދާފައިވާ ގަވާއިދުތަކަށާއި، ސަރުކާރުން އެމައްޗަށް އަމަލު ކުރުމުން އައިސްފައިވާ އުސޫލު ތަކަށެވެ. އަދި މި ގާނޫނުއަސާސީއަށް އަމަލުކުރަންފަށާ ދުވަހުގެ ފަހުން، ރައްޔިތުންގެ މަޖިލީހުންނާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ގާނޫނުތަކަށާއި، އެ ގާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ހަދާ އިވާއިދުތަކަށާއި، ސަރުކާރުން އެމައްޗަށް އަމަލުކުރެވޭ އުސޫލުތަކަށެވެ. އަދި މި ގާނޫނުއަސާސީގައި "ގާނޫނު" ބޭނުންކޮށްފައި އެވަނީ، ކީރިތި ގުރްއާނާއި، މާތްރަސޫލާގެ ސުންނަތުން ކަނޑައެޅިފައިވާ ށަރީއަތުގެ އުސޫލުތަކާއި، އެ ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތައްވެސް ހިމެނޭ ގޮތަށެވެ.
ރައްޔިތެއް
"ރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށެވެ.
ކަނޑު
"ކަނޑު" ކަމަށް ބުނެފައި އެވަނީ، ބޭރު ކަނޑާއި، އަތޮޅުތަކުގެ އެތެރެވެރިޔާއި، ފަރު، ފަޅު، ހާ، ގިރި ފަދަ ހުރިހާ ތަނެއް ހިމެނޭގޮތަށެވެ.
ޔުނިޓަރީ ދައުލަތް
"ޔުނިޓަރީ ދައުލަތް" ކަމަށް ބެނުފައި އެވަނީ، ދައުލަތް ހިންގުމުގެ ބާރުތައް އެއް ސަރުކާރެއްގައިވާ، އަދި އެދައުލަތެއްގައި އެކުލަވާފައިވާ ސަރަހައްދީ އެއްވެސް ބަޔަކަށް، އެބާރުތައް ބެހިފައި ނުވާ ދައުލަތަށެވެ.
ފިޔަވަޅު އެޅުން
"ފިޔަވަޅު އެޅުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 28/2020 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އޮފީހުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލައެއްގައި، އެ ގާނޫނުގައިވާ ގޮތުގެ މަތީން، ބަދަލު ނަގައިދިނުމުގެ ގޮތުން، ނުވަތަ ފަރުވާ ހޯދައިދިނުމުގެ ގޮތުން، އެ މައްސަލައާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށެވެ.
އިންސާނީ ހައްގުތަކާއި އަސާސީ މިނވަންކަން
"އިންސާނީ ހައްގުތަކާއި އަސާސީ މިނވަންކަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކަށާއި މިނިވަންކަމަށެވެ.
އެހީތެރިކަން ފޯރުކޮށްދިނުން
"އެހީތެރިކަން ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، އަނިޔާ ލިބފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ، ނުވަތަ ޖިސްމާނީ، ނުވަތަ އިޖުތިމާއީ، ނުވަތަ އިގްތިސާދީ، ނުވަތަ ސިއްހީ އަދި އެނޫންވެސް ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުމުގެ ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮށްދިނުމާއި، ސައިކޯސޯށަލް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގައިފައިވާ އަމަލުތައް
"ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގައިފައިވާ އަމަލުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުއައްސަސާއަކުން، ނުވަތަ އެއިން ތަނެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގައިފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުމުގެ އަމަލުތަކަށެވެ.