ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު
"ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ އޮންލައިން ނިޒާމަށެވެ.
ކޮމިޓީ (މަސްވެރިކަމާޢި ގުޅޭ)
"ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.
ހިބަރު
"ހިބަރު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބާވަތްތަކަށެވެ (1) ފަންގަނޑު ހިބަރު (އިންޑޯ-ޕެސިފިކް ސެއިލް ފިށް)؛ (2) ތުންގަނޑު ހިބަރު / ކަންނެލި ހިބަރު (ސްވޯޑް ފިށް)؛ (3) ކަޅު މަސްހިބަރު (ބްލެކް މާލިން)؛ (4) ނޫ މަސްހިބަރު (އިންޑޯ-ޕެސިފިކް ބްލޫ މާލިން)؛ (5) ގަޅިޖެހި ހިބަރު (ސްޓްރައިޕްޑް މާލިން).
އެމް.އެމް.އާރް.އައި
"އެމް.އެމް.އާރް.އައި" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓަށެވެ.
އޮޕަރޭޓަރު (މަސްވެރިކަމާއި ގުޅޭ)
"އޮޕަރޭޓަރު" ކަމަށް ބުނެފައި އެވަނީ، އުޅަނދު ދުއްވައިގެން ހޯދާ އިގުތިސާދީ ނުވަތަ މާލީ ފައިދާ ލިބޭ ފަރާތް ނުވަތަ އުޅަނދާ ހަވާލުވެހުރި އެ އުޅަނދު ހިންގުމަށް ޒިންމާކުރެވިފައިވާ ނުވަތަ އުޅަނދަށް އިރުށާދު ދޭ ނުވަތަ ކޮންޓްރޯލްކުރާ ފަރާތަށެވެ.
ސަރަހައްދީ ކަނޑު
"ސަރަހައްދީ ކަނޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ސަރަހައްދީ ކަނޑަށެވެ
ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފު
"ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ ވަޒީފާގައިވާ ފަރާތްތަކާއި އެފަދަ ޖަމްއިއްޔާއެއްގެ ފަރާތުން މަސައްކަތްކުރުމުގެ ބާރު ލިބިގެންވާ އެންމެހައި ފަރާތްތައް ހިމެނޭގޮތުންނެވެ.
ބޭރު ދައުލަތެއްގެ މުވައްޒަފު
"ބޭރު ދައުލަތެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، އިންތިހާބުކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ އައްޔަންކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ ދާއިމީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ވަގުތީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ކޮންޓްރެކްޓް އުސޫލުން ނުވަތަ އެނޫން އުސޫލަކުން ހަވާލުކުރެވޭ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ބޭރު ގައުމެއްގެ ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، ދައުލަތުގެ ކުންފުނިތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، އެނޫންވެސް ބޭރު ގައުމެއްގެ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ މީހަކު ހިމެނޭ ގޮތުންނެވެ.
ދައުލަތުގެ ފައިސާ
"ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ފައިސާއާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމާއި ސެކިއުރިޓީޒްއާއި، އެފަދަ އެއްޗެހި ހިމެނޭގޮތުން، ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ޓެކުހާއި، ޑިއުޓީއާއި، ޖޫރިމަނާއާއި، ރޯޔަލްޓީއާއި، ކުއްޔާއި، ފީއާއި، ޗާޖާއި، އަގާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއާއި، ލޯނުގެ ފައިސާއާއި، ހަދިޔާގެ ގޮތުގައި އަދި އެނޫންވެސް އެއްވެސް ކަމަކާ ގުޅިގެން ދައުލަތަށް ލިބޭ ނުވަތަ ލިބެމުންދާ ނުވަތަ ލިބެންޖެހޭ ފައިސާވެސް ހިމެނޭގޮތުންނެވެ.
ދައުލަތުގެ މުދާ
"ދައުލަތުގެ މުދާ" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ނަމުގައި ނުވަތަ ދިވެހިސަރުކާރުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މުދަލާއި، ރައްޔިތުންގެ މިލްކުގެ ގޮތުގައި ރައްޔިތުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މުދަލާއި، ކައުންސިލުތަކުގެ މުދަލާއި، ދައުލަތުގެ ކުންފުނިތަކުގެ މުދަލާއި، މިލްކުވެރިއަކު ނެތް މުދަލުގެ ތެރެއިން ކަމާގުޅޭ ގާނޫނީ އުސޫލުތަކުގެ މަތިން ދައުލަތުގެ މުދަލުގެ ގޮތުގައި ބެލެވޭ މުދަލާއި، ކަމާގުޅޭ ގާނޫނީ އުސޫލުތަކުގެ މަތިން ދައުލަތަށް ނެގޭ މުދާ ހިމެނޭ ގޮތުންނެވެ.
ކޮރަޕްށަން
"ކޮރަޕްށަން" ކަމަށް ބުނެފައިއެވަނީ، ކޮރަޕްށަންގެ ކުށާއި، ކޮރަޕްށަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭގޮތުންނެވެ. މީގެ ތެރޭގައި ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 510 ވަނަ މާއްދާއާއި 513 ވަނަ މާއްދާއާއި 515 ވަނަ މާއްދާއާއި 516 ވަނަ މާއްދާއާއި 517 ވަނަ މާއްދާއާއި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްށަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.
ހަނގުރާމަވެރިން
"ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގުސަދުތަކުގެ ތެރެއިން މަގުސަދަކަށް ޓަކައި ދިވެހިރާއްޖެ ދޫކޮށްފައި ދާ ފަރާތްތަކަށެވެ (1) ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން، ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛ (2) ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ޓެރަރިޒަމްގެ އަމަލުތައް ހިންގަން ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛ (3) ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.
އާއިލާގެ މެންބަރުން
"އާއިލާގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ (1) އަނބިމީހާ / ފިރިމީހާ؛ (2) މަންމަ / ބައްޕަ؛ (3) އެއްބަނޑުއެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛ (4) މަންމަޔާ ނުވަތަ ބައްޕަޔާ އެއްބަނޑު އެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛ (5) މާމަ / ކާފަ؛ (6) މަންމަގެ ފިރިމީހާ / ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛ (7) މައިދައިތަ / ބަފައިބެ؛ (8) ދަރިން / ދޮންދަރިން؛ (9) ދަނބިދަރިން / ޅީދަރިން؛ (10) މާމަ ދަރިން / ކާފަ ދަރިން؛ (11) ޅިޔަނުން / ފަހަރިން؛ (12)ށަރުއީ ބަލަދުވެރިޔާ / ބެލެނިވެރިޔާ.
ބައިނަލްއަގްވާމީ އިދާރާ
"ބައިނަލްއަގްވާމީ އިދާރާ" ކަމުގައި ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއި، ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާތަކާއި، ބައިނަލްއަގްވާމީ ސެކިއުރިޓީ އިދާރާތަކަށެވެ.
ހަނގުރާމަވެރި ހަތިޔާރު
"ހަނގުރާމަވެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، އޮޓޮމެޓިކް ބަޑިއާއި އެހެނިހެން ބަޑިއާއި ގޮވާތަކެތި ހިމެނޭގޮތުން، އެއިން އާދައިގެ އާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކު މަރައިލެވިދާ ފަދަ ގޮތަށް ފަރުމާކޮށްފައި ހުންނަ ނުވަތަ މީހަކު މަރައިލުމުގެ ގާބިލުކަން ހުރި ކޮންމެ ހަތިޔާރަށެވެ.