ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ވިޔަފާރީގެ ބޭނުމަށް މަސްވެރިކަންކުރުން
"ވިޔަފާރީގެ ބޭނުމަށް މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، މާލީ މަންފާއެއް ހޯދުމުގެ ގޮތުން މަސްވެރިކަންކުރުމަށެވެ.
ތަންފީޒީ އޮފިސަރު (މަސްވެރިކަމާޢި ގުޅޭ)
"ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި އެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކޮންމެ އޮފިސަރަކަށެވެ.
ފިށަރީޒް ރޭންޖަރު
"ފިށަރީޒް ރޭންޖަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2019 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީން އައްޔަންކުރާ ފަރާތްތަކަށެވެ.
މަސްވެރިކަންކުރުން
"މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ (1) ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް މަސް ހޯދުން؛ (2) މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛ (3) އެ ކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛ (4) "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛ (5) މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި މަތީގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.
އުޅަނދު
"އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަންކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމު ގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
ލޮގްފޮތް (މަސްވެރިކަމާއި ގުޅޭ)
"ލޮގްފޮތް" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރެކޯޑުކޮށް މިނިސްޓްރީއަށް ފޮނުވުމަށް ކަނޑައަޅައިފައިވާ ވަސީލަތަށެވެ.
ކެޔޮޅު
"ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.
ކުށް (މަސްވެރިކަމާޢި ގުޅޭ)
"ކުށް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައާއި، މި ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ، އިދާރީ ކުށްތަކަށެވެ.
ޕްރޮސެސްކުރުން (މަސްވެރިކަމާޢި ގުޅޭ)
"ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ ދުވަހަށް ބެހެއްޓުމަށްޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.
ޕްރޮސެސްކުރާ ތަންތަން (މަސްވެރިކަމާއި ގުޅޭ)
"ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަނާއި، އެ ތަނެއްގައި މަސް ނުވަތަ އެކުއަކަލްޗަރުގެ އުފެއްދުންތައް، ސާފުކޮށް، ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް، ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރުގެ އުފެއްދުންތައް ރައްކާކޮށްފައި ބަހައްޓާ ތަންތަން.

"ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަނާއި، އެ ތަނެއްގައި:
މަސް ނުވަތަ އެކުއަކަލްޗަރުގެ އުފެއްދުންތައް، ސާފުކޮށް، ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ

އޮއިވާލި ކަނދުފަތި
"އޮއިވާލި ކަނދުފަތި" ކަމަށް ބުނެފައި އެވަނީ، އެއް ސަރަހައްދަކަށް މަސް ގެނައުމަށްޓަކައި ފެންމަތީގައި އޮޔާދެމޭގޮތަށް ކަނޑުގައި ނަގިލި ލައިގެން ހަރުކުރާ ބޮޔެއް ނުވަތަ އެފަދަ އެހެން އެއްޗަކަށެވެ.
ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު
"ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ އޮންލައިން ނިޒާމަށެވެ.
ކޮމިޓީ (މަސްވެރިކަމާޢި ގުޅޭ)
"ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.
ހިބަރު
"ހިބަރު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބާވަތްތަކަށެވެ (1) ފަންގަނޑު ހިބަރު (އިންޑޯ-ޕެސިފިކް ސެއިލް ފިށް)؛ (2) ތުންގަނޑު ހިބަރު / ކަންނެލި ހިބަރު (ސްވޯޑް ފިށް)؛ (3) ކަޅު މަސްހިބަރު (ބްލެކް މާލިން)؛ (4) ނޫ މަސްހިބަރު (އިންޑޯ-ޕެސިފިކް ބްލޫ މާލިން)؛ (5) ގަޅިޖެހި ހިބަރު (ސްޓްރައިޕްޑް މާލިން).