-

އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ

"އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ އަންނަނިވި ށަރުތުތައް ފުރިހަމަވާ ކޮންސްޓިޓުއެންޓް އެންޓިޓީތަކަށެވެ.

  1. ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގައި އެ ފަރާތެއްގެ މަސްލަހަތު އެކަށީގެންވާ މިންވަރަށް އޮތުމުގެ ސަބަބުން، ޓެކްސްގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އާންމުކޮށް ހިސާބު ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގގެ ހަމަތަކުގެ ދަށުން ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަކަށް ލާޒިމުވުން ނުވަތަ އެ ފަރާތުގެ އިކުއިޓީ އިންޓްރެސްޓް، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގެ ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަށް ލާޒިމުވުން؛ އަދި
  2. ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ފުރަތަމަ ބަޔާންކުރެވުނު ކޮންސްޓިޓުއެންޓް އެންޓިޓީގައި މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަސްލަހަތެއް އޮތް އެހެން އެއްވެސް ކޮންސްޓިޓުއެންޓް އެންޓިޓީއެއް އެމް.އެން.އީ ގުރޫޕުގައި ނެތުން.