-

ރިޕޯޓިންގ އެންޓިޓީ

"ރިޕޯޓިންގ އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއް ނިސްބަތްވާ އެމް.އެން.އީ ގުރޫޕުގެ ފަރާތުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތަކުން ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަންޖެހޭ ކޮންސްޓިޓުއެންޓް އެންޓިޓީއަށެވެ. އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެންޓިޓީއެއް ވެސް ރިޕޯޓިންގ އެންޓިޓީއެއް ކަމުގައި ވެދާނެއެވެ.