ގާނޫނީ ރަދީފު
'ރޭޓިންގ' ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ބަލައި، ކަނޑައަޅައި މިންކުރުމުގެ ތަރުތީބަށެވެ.
"ނެޓްވާރކް" ކަމަށް ބުނެފައި އެވަނީ، ހިދުމަތްދޭ ފަރާތްތަކުގެ މުޅި ވިއުގައަށެވެ.
"ޗެނަލް" ކަމަށް ބުނެފައި އެވަނީ، ވަކި ސްޓޭށަނެއްގެ އައިޑެންޓިފިކޭށަންގެ ދަށުން ފޮނުވޭ ކޮންޓެންޓަށެވެ.
"ޗެނަލް ޕެކޭޖް" ކަމަށް ބުނެފައި އެވަނީ، ތަފާތު ޗެނަލްތަކެއް އެއްކޮށްގެން ލިސްޓުކޮށް ،ވަކި ނަމެއްގެ ދަށުން އެއް އަގަކަށް ދޫކުރާ ޕެކޭޖަކަށެވެ.
"ޗެނަލް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް، ވަކި ޗެނަލެއް ދެއްކުމަށް ކޮމިށަނުން ދޫކުރާ ހުއްދައަށެވެ.
"ވަސީލަތް" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓް ސިގުނަލް، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެހައި އާލާތްތަކަށެވެ.
"ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތުން ފޮނުވާ ފަރާތްތަކަށާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭ ޕްރޮގްރާމްތަކުގެ މަންޒަރާއި އަޑަށެވެ.
"ފްރީކުއެންސީ" ކަމަށް ބުނެފައި އެވަނީ، ވަޔަރލެސްކޮށް ބްރޯޑްކާސްޓްކުރުމަށް ބޭނުންކުރާ ވަސީލަތަކަށެވެ.
"ރީ ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެހެން ބައެއްގެ ކޮންޓެންޓެއް، މި ގަވާއިދު ހުއްދަ ކުރެވިގެންވާގޮތް ފިޔަވައި، އެހެން އެއްވެސް އުނި އިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށެވެ.
"ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ހިދުމަތް ދިނުމަށް ގާނޫނަކުން ކަނޑައަޅައިފައިވާ ފަރާތަކަށެވެ.
"ޑިޖިޓަލް ޓެރެސްޓީރިއަލް ރީ ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ފްރީކުއެންސީގެ ވަސީލަތް ބޭނުންކޮށްގެން އަދި ކޮމިއުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ކަނޑައަޅައިފައިވާ ޑިޖިޓަލް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ރީ ބްރޯޑްކާސްޓްކުރުމަށެވެ.
".ކޮންވެންށަނަލް ރީ ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ފްރީކުއެންސީގެ ވަސީލަތް ފިޔަވައި، އެހެން އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ރީ ބްރޯޑްކާސްޓްކުރުމަށެވެ.
"ރީ ބްރޯޑްކާސްޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން އެ ހިދުމަތް ޑިޖިޓަލް ޓެރެސްޓީރިއަލް ބްރޯޑްކާސްޓިންގ ނުވަތަ މިހާރުވެސް ފޯރުކޮށްދޭ އެހެނިހެން ޓެކްނޮލޮޖީ (ކޮންވެންށަނަލް) ގެ ތެރެއިން އެ ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށެވެ.
"ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން" ކަމަށް ބުނެފައި އެވަނީ، ވަގުތީ ގޮތުން އެހެން ތަނެއްގައި އުޅުނު ނަމަވެސް، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ގޮތުން ނޫންގޮތަކަށް، ދާއިމީ ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދިރިއުޅުމަށެވެ.
"އަސާސީ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، އިމާރާތެއްގައި ދިރިއުޅޭ ފަރާތްތަކަށް އެ އިމާރާތުގައި ދިރިއުޅުމަށްޓަކައި ދުވަހުން ދުވަހަށް ބޭނުންކުރަންޖެހޭ ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތްތަކަށެވެ.