-

ބޭރުގެ ޓޫރިސްޓް އުޅަނދު

"ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރު އެ އުޅަނދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީއިން ޓޫރިސްޓް އުޅަނދެއް ނުވަތަ ލަގްޒަރީ ނުވަތަ ޕްލެށަރ ޔޮޓްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރެވެ. ނަމަވެސް މީގެ ތެރޭގައި ދިވެހި ރާއްޖޭގެ ބަނދަރުތަކާއި އޯފް ޕޯޓް ލިމިޓް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ހަމައެކަނި ބަންކަރިންގ ނުވަތަ އޯފް ޕޯޓް ލިމިޓާއި އޯފްށޯ ހިދުމަތް ހޯދުމަށް އަންނަ އުޅަނދު ފަހަރު ނުހިމެނޭނެއެވެ.