gaanoon_logo
-
ބޭރުގެ އުޅަނދު

"ބޭރުގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ:

  1. ބޭރު ގައުމެއްގައި، އެ ގައުމެއްގެ ކަމާ ގުޅޭ ގާނޫނުތަކުގެ ދަށުން އެ ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު؛ ނުވަތަ
  2. ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައި ނުވާ، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން ލާޒިމްނުވާ އުޅަނދު.
ފިށަރީޒް އިންފޮމޭށަން ސިސްޓަމް - ކެޔޮޅު

"ފިށަރީޒް އިންފޮމޭށަން ސިސްޓަމް - ކެޔޮޅު" ކަމަށް ބުނެފައި އެވަނީ،މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ ނިޒާމަށެވެ. 

ގާނޫނީ ވެރިފަރާތް

"ގާނޫނީ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެ އުޅަނދެއް ނުވަތަ އެ ތަނެއް އެ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތަކަށެވެ.

މަސް ޕްރޮސެސްކުރުން

"މަސް ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ:

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ނުވަތަ ބަންދުކޮށް،ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ހިއްކައި،ނުވަތަ އެނޫން އެހެން ގޮތަކަށް ވެސް ތައްޔާރުކުރުން؛ ނުވަތަ
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ނުވަތަ ދަޅުގައި ބަންދުކޮށް، ނުވަތަ ހިއްކައި،ނުވަތަ ސާފުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ވެސް މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކާކުރުން.
މަސް ޕްރޮސެސްކުރާ ތަންތަން

"މަސް ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި،އިމާރާތްތަކާއި އެނޫންވެސް ތަންތަން އަދި އެ ތަނެއްގައި:

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ބަންދުކޮށް،ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް،ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖޭން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކާކޮށްފައި ބަހައްޓާ ތަންތަން.
އެކުއަކަލްޗަރއާ ގުޅުން ހުރި ހަރަކާތް

"އެކުއަކަލްޗަރއާ ގުޅުން ހުރި ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ކަރަންޓީނު ފެސިލިޓީ ގާއިމްކުރުމާއި، ހިންގުމާއި، އެކުއަކަލްޗަރ ކުރުމަށް ބޭނުންވާ ކާނާ އުފެއްދުމާ ގުޅުންހުރި މަސައްކަތްތަކަށެވެ.

އެކުއަކަލްޗަރ ކުރުން

"އެކުއަކަލްޗަރ ކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި، ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކޮށް، ގެންގުޅެ ބޮޑުކުރުމަށެވެ.

އުޅަނދު

"އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.

މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް

"މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ:

  1. މަސް ނުވަތަ މަހުގެ އުފެއްދުންތައް ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިއުމަށް، ނުވަތަ މަސް ނުވަތަ އެފަދަ އުފެއްދުމެއް ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިއުމަށް (ޓްރާންށިޕްކުރުން)؛
  2. މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިއުން، ނުވަތަ މަސް ހަލާކުނުވާ ގޮތަށް ރައްކާކުރުމަށް؛
  3. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެނެވޭ ވަގުތާ ހަމައަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކާކުރުމާއި، ގަތުމާއި، ޕްރޮސެސްކުރުމަށް؛
  4. މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް؛
  5. މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުވައިދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުމަށް؛ އަދި
  6. އިސްވެ ބަޔާންކުރެވުނު (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.
އެކުއަކަލްޗަރއާ ގުޅުން ހުރި ހަރަކާތް

"އެކުއަކަލްޗަރއާ ގުޅުން ހުރި ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ކަރަންޓީނު ފެސިލިޓީ ގާއިމްކުރުމާއި، ހިންގުމާއި، އެކުއަކަލްޗަރ ކުރުމަށް ބޭނުންވާ ކާނާ އުފެއްދުމާ ގުޅުންހުރި މަސައްކަތްތަކަށެވެ.

ބަޔޯސެކިއުރިޓީ

"ބަޔޯސެކިއުރިޓީ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ކަނޑުތަކުގެ މާހަ އުލުގައި އުޅޭ ދިރުން، ގެއްލުންދެނިވި ބަޔޮލޮޖިކަލް ބާވަތްތަކުން، ނުވަތަ މިފަދަ ބާވަތްތައް އުފައްދާ ބަޔޯ ކެމިކަލް މާއްދާތަކުން ރައްކައުތެރިކުރުމަށް އަޅާ ފިޔަވަޅުތަކަށެވެ.

އިންވޭސިވް ސްޕީށީޒް

"އިންވޭސިވް ސްޕީށީޒް" ކަމަށް ބުނެފައި އެވަނީ، އެ މާހައުލަކުން އާންމުކޮށް ނުފެންނަ، އެފަދަ މާހައުލަކަށް އެ ބާވަތެއް ތައާރަފު ވެއްޖެނަމަ ތިމާވެށްޓަށް ނުވަތަ އިގްތިސާދަށް ނުވަތަ އިންސާނުންގެ އާންމު ސިއްހަތައް ނޭދެވޭ އަސަރު ފޯރާނެ ފަދަ މިންވަރަކަށް އާލާވުމުގެ ގާބިލުކަން ލިބިފައިވާ ބާވަތްތަކަށެވެ.

ތަޖުރިބާކުރުން

"ތަޖުރިބާކުރުން" ކަމަށް ބުނެފައި އެވަނީ، ކަމެއް އަމަލީގޮތުން ކޮށްގެން،ނުވަތަ އަޖުމަބަލައިގެން، ނުވަތަ ތަހުލީލުކޮށްގެން މައުލޫމާތު ހޯދުމަށެވެ.

އާލާކުރުން

"އާލާކުރުން" ކަމަށް ބުނެފައި އެވަނީ، އިންސާނުންގެ ބެލުމާއި، ބެލެހެއްޓުމާއި، އަޅައިލުމުގެ ދަށުން ދިރުންހުރި ތަކެތި ވިއްސުމާއި ގިނަކުރުމާއި ނުވަތަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތަށެވެ.

ދިރުން

"ދިރުން" ކަމަށް ބުނެފައި އެވަނީ، ފުރާނަ ހުންނަ ހާލަތުގައިވާ ދިރޭ އެއްޗެހީގެ ވައްތަރުތަކަށާއި، އެ ވައްތަރުތައް ކަޑައްތުކުރާ އެންމެހައި މަރުހަލާތަކަށެވެ.