ގާނޫނީ ރަދީފު
"މައްސަލަ ބަލާ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް އެކުލަވައިލެވޭ 1 (އެކެއް) މެންބަރު ނުވަތަ އޮނަހިރި އަދަދެއްގެ މެންބަރުން ހިމެނޭ ޕެނަލަކަށެވެ.
"ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށަވެ.
"ޕެރޯލް" ކަމަށް ބުނެފައި އެވަނީ، ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތީން މުޖުތަމައާ އަލުން އަހުލުވެރިކުރުވުމަށް ޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ދޫކުރާ ދޫކުރުމަށެވެ.
"އަދަބު ތަންފީޒުކުރާ އިދާރާ" ކަމަށް ބަޔާންކޮށްފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށެވެ.
"ޑްރައިވިންގ އިންސްޓްރަކްޓަރ" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ މީހާއަށެވެ.
"ޑްރައިވިންގ ސްކޫލް" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމުގެ ކޯސްތައް ހިންގުމަށް މިނިސްޓްރީން "ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް" ދޫކޮށްފައިވާ ފަރާތްތަކަށެވެ.
"ޕްރެކްޓިކަލް ޓެސްޓް" ކަމަށް ބުނެފައި އެވަނީ، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަން ފަރިތަވެފައިވާ މިންވަރު ބެލުމަށް ދޭ އަމަލީ އިމްތިހާނަށެވެ.
"ތިއަރީ ޓެސްޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައިވާ ކަންކަމާއި، މަގުމަތީގެ އަދަބުތައް އެނގިފައިވާ މިންވަރު ބެލުމަށް ދޭ އިމްތިހާނަށެވެ.
"ޓްރެއިންގ ލޮގު" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށް ޓަކައި ހޭދަކޮށްފައިވާ ވަގުތާއި ތާރީހު އަންގައިދޭ ށީޓަށެވެ.
"ދުއްވަން ދަސްކުރުމާބެހޭ ތިއަރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު އުޅަނދާއި މަގުމަތީގެ ހަމަތަކާ ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭ މައުލޫމާތަށެވެ.
"މީހުން ދިރިއުޅޭ ތަންތަނާ ވަކިކޮށްފައިވާ ތަނެއް" ކަމަށް ބުނެފައި އެވަނީ، ތަނުގެ މައި ދޮރާށި ވަކިކޮށްފައިވާ އަދި މީހުން ދިރިއުޅޭ ތަނެއްގެ ބަޔަކަށް ނުވާ ތަންތަނަށެވެ.
"ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، ކޮންސްޓަބަލް ރޭންކުގެ ފުލުހުންނަށެވެ.
"ސީނިއަރ ނޮން ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން ސާޖަންޓު ރޭންކާ ދެމެދުގައި ހިމެނޭ ރޭންކުތަކުގެ ފުލުހުންނަށެވެ.
"ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، އިންސްޕެކްޓަރ އޮފް ޕޮލިސްއިން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ.
"ޑިބެންޗަރ" އަކީ، ކުންފުންޏަކަށް އެއްވެސް ފަރާތަކުން ދޫކޮށްފައިވާ ފައިސާއެއް، އެ ފައިސާ ދޫކޮށްފައިވާ ކުންފުނީގެ މުދާ ރަހުނުކޮށް، ނުވަތަ ރަހުނު ނުކޮށް ކަމުގައިވިޔަސް، އެ ފައިސާއެއް ދޫކުރިކަމަށް ކުންފުނިން ދޫކުރާ ލިޔުމެވެ. ޑިބެންބަރުގެ ތެރޭގައި ބިލް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓް، ލެޓަރ އޮފް ކްރެޑިޓް، ކުންފުނިން އާންމުކޮށް ކުރާ ވިޔަފާރީގައި ކުންފުންޏާއި ކުންފުނީގެ ކަސްޓަމަރުންނާ ހިނގާ ވިޔަފާރީގެ މުއާމަލާތުގެ ތެރެއިން ނުކުންނަ ދަރަންޏާއި ލިޔެކިޔުން، އިންށުއަރެންސް ޕޮލިސީ، ބޭންކެއްގައި ހުޅުވާ، ކަރަންޓް ނުވަތަ ސޭވިންގސް އެކައުންޓާ ގުޅިގެން ދޫކުރާ ލިޔުން، ޑިޕޮޒިޓް ސެޓްފިކެޓް، ޕާސްބުކް، ނުވަތަ މިފަދަ ލިޔުންތައް ނުހިމެނެއެވެ.