ގާނޫނީ ރަދީފު
"ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، އެ ހިނދަކު އަމަލުކުރަންޖެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި އެއްމެދު އިމާރާތް ތަރައްގީކުރާ ފަރާތަށެވެ.
"އިންފާރު" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނެއްގައި ހިމެނޭ، އަންނަނިވި އިންތައް ވަކިކުރާ ފާރަށެވެ.
(ހ) ޔުނިޓެއްގެ ވެރިފަރާތަށް ހައްގު އޮންނަ އެ ޔުނިޓުގެ ބައި ކަނޑައަޅާ އިން؛
(ށ) އެއް ޔުނިޓާއި އަނެއް ޔުނިޓު ވަކިކުރާ އިން؛
(ނ) ޔުނިޓުތަކާއި އާންމު ތަންތަން ވަކިކުރާ އިން.
"އެކްސެސަރީ ޔުނިޓު" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއް ގަތުމުން އުޅަނދު ޕާކްކުރުމަށް ދެވޭ ޖާގަ ހިމެނޭގޮތުން، އެއްމެދު އިމާރާތުގެ ޕްލޭންގައި ހިމެނޭ އިމާރާތުގެ ޔުނިޓާ ގުޅިގެން އިތުރު ބޭނުންތަކަށް އެ ޔުނިޓުގެ ވެރިފަރާތަށް، ބިމުން ނުވަތަ އިމާރާތުން ލިބޭ ޖާގަތަކަށެވެ.
"އިމާރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ އިމާރާތްތަކަށެވެ.
(ހ) އެއްމެދު އިމާރާތެއްގެ އޮނިގަނޑު ހިމެނޭގޮތަށް، އެ އިމާރާތުގެ ބައެއް ނިމިފައިވުން؛
(ށ) އެއްމެދު އިމާރާތެއް ބިނާކުރުމަށާއި ރަޖިސްޓަރީކުރުމަށް ހުށަހެޅިފައިވާ ސްޓްރާޓާ ޕްލޭންގައި އިމާރާތް ހިމެނިފައިވުން.
"އެއްމެދު އިމާރާތުގެ ބިން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ ގޯތިކަމުގައި ކަނޑައެޅިފައިވާ ބިމަށެވެ.
"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭންގައި ހިމެނޭ ވަކިވަކި ޔުނިޓުތަކުގެ އިމުން ބޭރުގައި ހިމެނޭ ތަންތަނަށެވެ. ނަމަވެސް، ޔުނިޓެއްގެ އިމުގެ އެތެރޭގައި އެހެން ޔުނިޓަކާ ގުޅިގެން ޑަކްޓެއް ނުވަތަ ވައިގޮޅިއެއް ހިމެނޭނަމަ، އެތަނެއް ބަލާނީ އާންމު ތަނެއްގެ ގޮތުގައެވެ. އާންމު ތަންތަނަކީ އިމާރާތުގެ ހުރިހާ މިލްކު ވެރިންގެ ހަމަހަމަ ހިއްސާ އެކުލެވިގެންވާ ތަންތަނެވެ. އެ ތަންތަނުގެ ތެރޭގައި އަންނަނިވި ތަންތަން ހިމެނެއެވެ.
(ހ) އާންމު ސަރަހައްދުތައް (އާންމު ސަރަހައްދުތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި އާންމު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާ ތަންތަނުގެ އިތުރުން، އިމާރާތުގައި ހިމެނޭ ވޯކްވޭ، ކޮރިޑޯ، ސިޑި، ލިފްޓްގޮޅި އަދި ވައިގޮޅިފަދަ ތަންތަން ހިމެނެއެވެ.)
(ށ) އާންމު ވަސީލަތްތައް. (އާންމު ވަސީލަތްތަކުގެ ތެރޭގައި، ސްޓްރާޓާ ޕްލޭންގައި ކަނޑައަޅާފައިވާ އާންމު ތަންތަނުގައި ހުންނަ، ނުވަތަ އާންމު ތަންތަނާ ގުޅިފައިވާ، އެއްމެދު އިމާރާތުގެ މިލްކުވެރިން ހިއްސާވާ ވަސީލަތްތައް ހިމެނެއެވެ.)
"އެއްމެދު އިމާރާތް" ކަމަށް ބުނެފައި އެވަނީ،
(ހ) އިމާރާތުގައިވާ ޔުނިޓުތަކާއި އާންމު ތަންތަން ވަކިވަކި ބައިތަކެއްގެ ގޮތުގައި ކަނޑައެޅިގެން، އެއްބުރި ނުވަތަ އެއަށްވުރެ ގިނަ ބުރީގެ މައްޗަށް އެކުލެވިގެން، އެހެން އިމާރާތަކާ ގުޅުމެއްނެތި، އޭގެ ޒާތުގައި ވަކިން އެއް އޮނިގަނޑެއްގެ ދަށުން؛
(ށ) އިމާރާތް ނުވަތަ އިމާރާތްތައް ބައިކުރެވި އެ ބައިތަކުގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރުދުންނަށް މިލްކުކުރެވޭގޮތަށް ހަދާފައިވުމާއެކު، އެ އިމާރާތުގައި ކަނޑައަޅާފައިވާ އާންމު ތަންތަނުގައި ހުރިހާ މިލްކުވެރިންގެ ހިއްސާ ހަމަހަމައަށް ހިމެނޭގޮތަށް.
"ހިންގައި ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތެއް މަރާމާތުކޮށް ބެލެހެއްޓުމަށާއި، އެއްމެދު އިމާރާތުގައި ހިމެނޭ އާންމު ތަންތަނާއި، އާންމު ވަސީލަތްތައް މެނޭޖްމަންޓް ކޯޕަރޭށަނުން ކަނޑައަޅާ އުސޫލުތަކާއި ހަމަތަކުގެމަތިން ޔުނިޓުގެ ވެރިފަރާތުގެ މަންފާއަށާއި ލާބައަށްޓަކައި ބެލެހެއްޓުމަށެވެ.
"ބިމުގެ އަސްލު ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތެއް ރަޖިސްޓަރީކުރުމުގެ ކުރިން ނުވަތަ ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.
"ހިއްސާގެ އަދަދު" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނާއެކު ތައްޔާރުކުރާ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި ހިމެނޭ ޔުނިޓު ނުވަތަ ޔުނިޓުތަކަށް ކަނޑައެޅިފައިވާ ހިއްސާގެ މިންވަރަށެވެ.
"މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނެއް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ވަކި ހާއްސަ ކަމަކާގުޅޭ މަދަނީ އިޖުރާއަތު ކަނޑައެޅުމުގެ ގާނޫނަށެވެ.
"ކޯޓު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ދިވެހިރާއްޖޭގެ ކޮންމެ ކޯޓަކަށެވެ.
"ކޯޓު އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހ ކަމެއް ކުރުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރަކު ދޫކުރާ ހުއްދައަށެވެ. ނުވަތަ ފަނޑިޔާރަކު ކުރާ އަމުރަށެވެ.
"ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ދަށު ކޯޓުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.
"ސިވިލް ކޯޓު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ފިޔަވައި، އެހެން ހުރިހާ ބާވަތެއްގެ މަދަނީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިފައިވާ މާލ ގައި ގާއިމުކޮށްފައިވާ ކޯޓަށެވެ.