ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޓެކްނިކަލް އެޕްރޫވަލް (އިމާރާތްކުރުމާއި ގުޅޭ)
"ޓެކްނިކަލް އެޕްރޫވަލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ތައުލީމީ ޕްރޮގްރާމުތަކާއި ފަންނީ ޕްރޮގްރާމުތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ހަމަތަކާއި މިންގަނޑުތައް ހާސިލުވެފައިވޭތޯ ބެލުމަށްފަހު، އެ ޕްރޮގްރާމަކީ މިނިސްޓްރީގައި ރަޖިސްޓަރީވުމަށް ބަލައިގަންނަ ޕްރޮގްރާމެއްކަން އެންގުމުގެ ގޮތުން މިނިސްޓްރީން ދޭ ހުއްދައަށެވެ.
ދަފުތަރު (އިމާރާތްކުރުމާއި ގުޅޭ)
"ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ޓެކްނިކަލް އެޕްރޫވަލް ދޭ ޕްރޮގްރާމުތަކުގެ މައުލޫމާތު ހިމެނޭގޮތަށް "އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ދަފުތަރު" ގެ ނަމުގައި މިނިސްޓްރީން އެކުލަވައިލައި އާންމުކުރާ ލިސްޓަށެވެ.
ޕްރޮގްރާމު (އިމާރާތްކުރުމާއި ގުޅޭ)
"ޕްރޮގްރާމު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ފަންނީ ދާއިރާތަކާއި ޓެކްނިކަލް ދާއިރާތަކުގެ ތައުލީމީ ޕްރޮގްރާމުތަކަށެވެ.
މީރާ ކަނެކްޓް
"މީރާ ކަނެކްޓް" ކަމަށް ބުނެފައި އެ ވަނީ، އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ބޭނުންކުރާ، މީރާގެ އޮންލައިން ޕްލެޓްފޯމަށެވެ.
އެއަރޕޯޓް ސަރވިސް ޗާޖް
"އެއަރޕޯޓް ސަރވިސް ޗާޖް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 29/2016) 2 ވަނަ މާއްދާގެ ދަށުން ނެގޭ ޓެކްހަށެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ
"އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 29/2016) 3 ވަނަ މާއްދާގެ ދަށުން ނެގޭ ފީއަށެވެ.
ދިވެހިރާއްޖެއަށް ށެޑިއުލް ޕްލައިޓް އޮޕަރޭޓްކުރާ އެއަރލައިން
"ދިވެހިރާއްޖެއަށް ށެޑިއުލް ޕްލައިޓް އޮޕަރޭޓްކުރާ އެއަރލައިން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ށެޑިއުލް ޕްލައިޓް އޮޕަރޭޓްކުރުމަށް މޯލްޑިވްސް ސިވިލް އެވިއޭށަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއަރލައިންތަކަށެވެ.
މެނުފެކްޗަރަރ (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"މެނުފެކްޗަރަރ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުމުގެ ތަކެތި އުފައްދާ ފަރާތްތަކަށެވެ.
ރެޑީމޭޑް (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"ރެޑީމޭޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަސައްކަތަކަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ހުރުމަށެވެ.
ސްޓޭންޑަޑް (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަންވާނެކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.
ސްޕެސިފިކޭށަން (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"ސްޕެސިފިކޭށަން" ކަމަށް ބުނެ ފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަ މިންގަނޑުތަކަށެވެ.
ފެއިލް (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"ފެއިލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި މި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތުމަށެވެ.
ކޮންޓްރޯލްކުރުން (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"ކޮންޓްރޯލްކުރުން" ކަމަށް ބުނެ ފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތަށެވެ.
ޑައިރެކްޓް ޓްރާންސިޓް
"ޑައިރެކްޓް ޓްރާންސިޓް" ނުވަތަ ދިވެހިރާއްޖޭގެ އެއަރޕޯޓެއްގައި ޓްރާންސިޓް ކުރާ ފްލައިޓެއް ދިވެހިރާއްޖޭން ބޭރަށް ފުރާއިރު އެ ފްލައިޓް ދިވެހިރާއްޖެއަށް އައި ދަތުރުގައި ބޭނުންކުރި ފްލައިޓް ނަންބަރު ބަދަލުނުވެ ފުރައިގެންދާ ފްލައިޓްތަކަށާއި އެފަދަ ފަސިންޖަރުންނަށެވެ.
ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް
"ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަން (1961) ގައި ބަޔާންކޮށްފައިވާ އިމްތިޔާޒުތަކާއި ހިމާޔަތްތައް ހައްގުވާ، ބޭރުގެ ޑިޕްލޮމެޓިކް މިށަންއެއްގެ މެންބަރުންގެ ގޮތުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ބިދޭސިންނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން "ޑިޕްލޮމެޓިކް ކްލިއަރެންސް" ދޭ ފްލައިޓްތަކުން ރާއްޖޭން ބޭރަށް ފުރާ އެންމެހައި ފަސިންޖަރުންނަށެވެ.