ގާނޫނީ ރަދީފު
"ވިޔަފާރި ބޭނުމަށް މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، މާލީ މަންފާއެއް ހޯދުމުގެ ގޮތުން މަސްވެރިކަން ކުރުމަށެވެ.
"އާއިލާގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ.
- އަނބިމީހާ / ފިރިމީހާ؛
- މަންމަ / ބައްޕަ؛
- އެއްބަނޑުއެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛
- މަންމަޔާ ނުވަތަ ބައްޕަޔާ އެއްބަނޑު އެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛
- މާމަ / ކާފަ؛
- މަންމަގެ ފިރިމީހާ / ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
- މައިދައިތަ / ބަފައިބެ؛
- ދަރިން / ދޮންދަރިން؛
- ދަނބިދަރިން / ޅީދަރިން؛
- މާމަ ދަރިން / ކާފަ ދަރިން؛
- ޅިޔަނުން / ފަހަރިން؛
- ށަރުއީ ބަލަދުވެރިޔާ / ބެލެނިވެރިޔާ.
"އިދާރީ ބަންދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނު) ގެ 9 ވަނަ ބާބުގެ ދަށުން ރީހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށާއި، އެ ފަރާތް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޓަކައި، އެ ގާނޫނުގެ 6-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް، އެ ގާނޫނުގެ 7-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ ބަންދުކުރުމަށެވެ.
"ކަލެކްޓަރ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން، މަސް ކިރުވާ (ލޭންޑް ކުރާ) ބަނދަރަކަށް ނުވަތަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކަށް ކުރިން ކިރުވައިފައި ނުވާ ނުވަތަ ލޭންޑްކޮށްފައި ނުވާ މަހުގެ ބާވަތްތައް ސީދާގޮތެއްގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުން ބަދަލުކުރުމަށް ހަރަކާތްތެރިވާ މަސްކިރާ ނުވަތަ މަސް ކަލެކްޓްކުރާ ނުވަތަ މަސް ޓްރާންސްފަރކުރާ އެންމެހާ އުޅަނދުފަހަރަށެވެ.
"ފާނަ" ކަމަށް ބުނެފައި އެވަނީ، ފާނައިގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-02) ގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށެވެ.
"ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ،މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި،މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ އޮންލައިން ނިޒާމަށެވެ.
"މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ ފަރާތް" ކަމަށް ބުނެފައި އެވަނީމަސްބޭނުމުގައި ހަރަކާތްތެރިނުވާ، އެހެންނަމަވެސް އެކްސްޕޯޓު ކުރާ ފަރާތްތަކަށާއި ރިޒޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފާނައިގެ ބާވަތްތައް ވިއްކާ ފަރާތްތަކަށެވެ.
"ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަން، އަދި އެ ތަނެއްގައި:
- މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ބަންދުކޮށް،ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ނުވަތަ
- ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް،ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެން ގޮތަކަށްދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށް ޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަން.
"ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ ދުވަހަށް ބެހެއްޓުމަށް ޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.
"ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.
"ލޮގްފޮތް" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރިކޯޑުކުރުމަށް މިނިސްޓްރީން ކަނޑައަޅައި ފޯރުކޮށްދޭ ވަސީލަތަށެވެ.
"އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
"މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ:
- ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް މަސް ހޯދުން؛
- މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛
- އެކަންކަމުގެ ނަތީޖާއަކީ، މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
- "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓް ކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
- މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، އިސްވެ ބަޔާންކުރެވުނު އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށް ޓަކައި އެއްވެސް ކަމެއް ހިންގުން.
"ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް ކޮމިށަނުން ދޫކުރާ ލައިސަންސަށެވެ.
"ޓެކްނޮލޮޖީ" ކަމަށް ބުނެފައި އެވަނީ، ރީ ބްރޯޑްކާސްޓްކުރުމުގައި ބޭނުންކު ރެވޭ އެންމެހައި ޓެކްނޮލޮޖީއަށެވެ.