gaanoon_logo
-
ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން

(ކ) "ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 20/2021 ގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ވަޒީފާދޭ މުވައްޒަފުންނަށެވެ.

ޕޯސްޓިންގ

"ޕޯސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކަށާއި، ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާއަދާކުރުމަށް ދާ ދިއުމަށެވެ.

ކޮންސިއުލާ ޕޯސްޓު

"ކޮންސިއުލާ ޕޯސްޓު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި ،ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސިއުލާ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖޭން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ.

ސަފީރު

"ސަފީރު" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކުގެ "ހެޑް އޮފް މިށަން" ބޭރު ގައުމެއްގައި، ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެ ގައުމަކަށް ނުވަތަ ޖަމްއިއްޔާއަކަށް، ކޮންމެ ނަމެއްގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށެވެ.

މިށަން

"މިށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި، "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961" އާ އެއްގޮތްވާ ގޮތުގެމަތިން ގާއިމުކުރާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ލޯ ފަރމެއް

"ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ލޯ ފަރމެއް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 17/2020 (ލޯ ފަރމާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާބެހޭ ގަވާއިދު) ގެ ދަށުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައިވާ ލޯ ފަރމްތަކަށެވެ.

ރައްޔިތުންގެ ފައިސާ

"ރައްޔިތުންގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާ ފިޔަވައި ކައުންސިލަށް އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއާއި އާމްދަނީއާއި ރައްޔިތުންގެ ނަމުގައި ރައްކާކުރެވިފައިވާ ފައިސާއަށެވެ.

ވިޔަ މޮޑިއުލް

"ވިޔަ މޮޑިއުލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލްތަކުގެ ފައިސާއާއި ބަޖެޓާއި ހަރަދުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަލައިފައިފައިވާ ނިޒާމަށެވެ.

ސެޕް ސިސްޓަމް

"ސެޕް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ އިދާރާތަކުގެ ފައިސާއާއި ބަޖެޓާއި ހަރަދުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މާލީ ވުޒާރާއިން އެކުލަވައިލައިފައިވާ ނިޒާމަށެވެ.

ބާޒާރަށް ނެރުން (ތިމާވެއްޓާއި ގުޅޭ)

"ބާޒާރަށް ނެރުން" ކަމަށް ބުނެފައި އެވަނީ، އަގު އަދާކުރުން ހިމެނޭގޮތަށް 3 ނުވަތަ އަގު އަދާކުރުމަކާ ނުލައިވިޔަސް ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތެއް، ޑިސްޓްރިބިއުޓްކުރުމަށްޓަކައި ނުވަތަ ގަތުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ބާޒާރަށް ނެރުމަށެވެ.

އުފެއްދުން (ތިމާވެޢްޓާއި ގުޅޭ)

"އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ސިންގަލް-ޔޫސް ޕްލާސްޓިކްގެ 2 ބާވަތެއް ބާޒާރަށް ނެރުމަށްޓަކައި ނުވަތަ އެނޫންވެސް އެހެން ބޭނުމެއްކުރުމަށްޓަކައި އުފެއްދުމަށެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކް

"ސިންގަލް-ޔޫސް ޕްލާސްޓިކް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއް 1 އެކުގައި ނުވަތަ އޭގެ ބައެއް ޕްލާސްޓިކުން ހަދާފައިވާ އެއްޗެހީގެ ތެރެއިން، އެ އެއްޗެއް އުފައްދާފައިވަނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭގެ ބޭނުންކުރެވޭ ގޮތަށް ކަމުގައިނުވާ، ނުވަތަ އޭގައި ހިމެނޭ އެއްޗެއްގެ ބޭނުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ކުރެވޭ ގޮތަށް އުފައްދާފައިވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވާ އެއްޗެހި ފިޔަވައި އެނޫން ކޮންމެ އެއްޗަކާއި އެފަދަ އެއްޗެއް އުފެއްދުމަށް ބޭނުންކުރާ ރޯމެޓީރިއަލް އަށެވެ.

ފަސިންޖަރުން

"ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، ބަހުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށެވެ.

ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތް

"ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ،އެ ސަރަހައްދެއްގައި އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ކަންކަން ބެލެހެއްޓުމަށް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތް ހަވާލުކުރާ ފަރާތަށެވެ.

ސަރަހައްދު

"ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، އަތޮޅު ނުވަތަ ރަށް ނުވަތަ އަވަށަށެވެ.