ގާނޫނީ ރަދީފު
"އުފަންވުން ރަޖިސްޓަރީ ކުރުން" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު އުފަންވުމާ ގުޅިގެން އެ ކުއްޖާގެ އުފަންވުމުގެ މައުލޫމާތު މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިކޯޑު ކުރުމަށެވެ.
"ކޮންޓްރޯލްޑް ކޮލަޕްސް ޑިމޮލިށަން" ކަމަށް ބުނެފައި އެވަނީ، ތަނެއް ގަސްތުގައި ތަޅާލުމަށެވެ. އެގޮތުން ގޮވާޒާތުގެ ތަކެއްޗާއި ހަލާކުކުރުމަށް ހާއްސަކޮށް ހަދައިފައިވާ ޕްލާންޓް، ނުވަތަ މެށިނަރީ ނުވަތަ އާލާތް ބޭނުންކޮށްގެން ތަނެއް ތަޅާލުމެވެ.
"ޕެރަށޫޓް ސޭފްޓީ ހާރނެސް" ކަމަށް ބުނެފައި އެވަނީ، ވެއްޓެންދާ ފަރާތެއް ސަލާމަތްވާނެ ފަދަޔަކުން މަޑުމަޑުން ވެއްޓޭނެގޮތަކަށް ތައްޔާރުކޮށްފައިވާ ސަލާމަތީ ނިޒާމަކަށެވެ.
"ސްޓެޓިކް ލައިން" ކަމަށް ބުނެފައި އެވަނީ، މަސައްކަތްކުރާ މީހާ ވެއްޓުނަ ނުދިނުމަށް ބޭނުންކުރާ ސަލާމަތީ ބެލްޓް ނިޒާމުގައި ހިމެނޭ އެ މީހާގެ ގައިގައި ހަރުކޮށްފައިވާ އެ ނިޒާމާ ގުޅިފައިވާ ވާގަނޑު އަޅުވައިފައިވާ ވާގަނޑަށެވެ. އެގޮތުން ސްޓެޓިކް ލައިންގެ ދެކޮޅު ހުންނަންވާނީ ވަރުހުރި ތަނެއްގައި ރަނގަޅަށް ހަރުކޮށްފައެވެ.
"ސޭފްޓީ ހާރނެސް" ކަމަށް ބުނެފައި އެވަނީ، މީހަކު ވެއްޓުނަނުދިމަށްޓަކައި ބެލްޓު ނުވަތަ މިފަދަ ހިފެހެއްޓުމެއްވާ ޒާތުގެ މިނޫންވެސް ތަކެތި ހިމެނޭގޮތަށް ހަދައިފައިވާ ނިޒާމަކަށެވެ.
"ސްކެފޯލްޑިންގ" ކަމަށް ބުނެފައި އެވަނީ، އިމާރާތެއްގެ ބޭރުގައި މަސައްކަތްކުރުމަށްޓަކައި ލަކުޑިއާއި ދަގަނޑު ބޭނުންކޮށްގެން އަޅާ ވަގުތީ އަށްޓަށެވެ.
"ހެޒެޑަޒް ސަބްސްޓަންސް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއްގެ ޒާތުން މީހަކަށް، ނުވަތަ ޖަނަވާރަކަށް، ނުވަތަ ތިމާވެއްޓަށް އެ އެއްޗެއް އެކަނި ނުވަތަ އެ އެއްޗެއް އެހެން އެއްޗަކާ އެއްވުމުގެ ސަބަބުން ގެއްލުމެއްދޭ ތަކެއްޗަށެވެ. މިސާލަކަށް: އެސްބެސްޓޯސް، ލެޑް ހިމެނޭ ކުލަ ނުވަތަ ދަވާދު ފަދަ ތަކެތި މިބާވަތުގެ ތަކެތީގެ ތެރޭގައި ހިމެނޭނެއެވެ.
"މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ މަސައްކަތު މީހުން" ކަމަށް ބުނެފައިއެވަނީ، އެކިއެކި މަސައްކަތްކުރުމަށް ކޮންޓްރެކްޓަރު އައްޔަނުކުރާ އެފަރާތުގެ މުވައްޒަފުން ނޫން ފަރާތްތަކަށެވެ. މިސާލަކަށް: ކަރަންޓު ވަޔަރު ޓެސްޓުކުރުމަށްޓަކައި ފައިސާދީގެން ހަމަޖައްސާ ފަރާތެއް.
"ސަވާޖީ" ކަމަށް ބުނެފައިވަނީ، މުދާ އަރުވައި ބާލާއިރު، ނުވަތަ ބަރުއެއްޗެހި އުފުލާއިރު، އޭގައި ބެއްދުމަށް ބޭނުންކުރާ، ދެކޮޅު ގުޅުވައިފައި އޮންނަ ފަލަ ވާގަނޑަށެވެ.
"ގެންޓްރީ" ކަމުގައި ބުނެފައި އެވަނީ، ހިނގާބިނގާވެއުޅޭ މީހުންނާއި މުދަލާއި ތަކެތި، އިމާރާތްކުރަމުންދާ ތަނުން އެއްޗެއް ވެއްޓޭހިނދެއްގައި، ރައްކައުތެރިކުރުމަށް މަތިހިޔާކޮށް ހަދައިފައިހުންނަ ވަރުހުރި ބިތްގަނޑަށް ނުވަތަ ސްޓްރަކްޗަރަށެވެ.
"ލޭންޔާރޑް" ކަމަށް ބުނެފައި އެވަނީ، އެއްޗެއް ހިފެހެއްޓުމަށްޓަކައި ބޭނުންކުރާ ވާގަނޑަށެވެ.
"ފެށިއާ" ކަމަށް ބުނެފައިއެވަނީ، ފުރާޅުގެ ބަރު އުފުލުމަށް ނުވަތަ ހަރުކުރުމަށް ފުރާޅުގެ ދަށުގައިވާ ބައިތައް ފޮރުވުމަށްޓަކައި ފުރާޅުގެ އަރިމަތިތަކުގައި އަޅައިފައިވާ ފަތި ފިލާގަނޑަށެވެ.
"އިނަރށިއަރ ރީލް ސިސްޓަމް" ކަމަށް ބުނެފައިއެވަނީ، ވައު އޮޅޭގޮތަށް ހަދައި، ބާރު ދުވެލީގައި ވައު ނިއުޅެމުންދާކަމުގައިވާނަމަ ތަޅުލެވޭ ޒާތުގެ ނިޒާމަށެވެ.
"އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާ" ކަމަށް ބުނެފައިއެވަނީ، "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓްރީކުރުމުގެ ގަވާއިދު" އަށް އަމަލުކުރަން ފަށަންދެން މި ގަވާއިދުގެ ބޭނުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާތައްކަމުގައި ބަލާނެ ތަންތަން، ދިވެހި ސަރުކާރުގެ ގެޒެޓުގައި އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 156/2019) ށާއިއުކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅައި އާންމުކޮށް އަންގައި އިއުލާނުކުރާ ތަންތަނަށެވެ.
"އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ތެރޭގައި ބޭނުންކުރާ ތަކެއްޗާއި އާލާތްތަކުގެ އިތުރުން، އިމާރާތްކުރަމުންދާ ތަނުގައި ހަރުކުރުމަށްޓަކައި ބޭނުންކުރެވޭ ތަކެތިވެސް ހިމެނޭ ގޮތަށެވެ.