-

ކުށްކުރުމަށް ބޭނުންކުރި މުދާ

"ކުށްކުރުމަށް ބޭނުންކުރި މުދާ" ކަމަށް ބުނެފައި އެވަނީ،

  1. މުދާ އެތެރެކުރާ މަރުހަލާގައި ނަމަ، ކޮންސައިންމަންޓުގައި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ؛
  2. ހޯލްސޭލްކުރާ މަރުހަލާގައި ނަމަ، ހޯލްސޭލްކޮށް ވިއްކި މުދަލުގެ ތެރޭގައި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ހުރިހާ ބާވަތަކަށެވެ؛
  3. ރީޓެއިލް މަރުހަލާގައި ނަމަ، ރީޓެއިލްކޮށް ވިއްކ،ި ގަވާއިދާ ހިލާފަށް ހުރި، ދުންފަތުގެ ހުރިހާ ބާވަ ތަކަށެވެ؛
  4. ނަމަވެސް، ރީޓެއިލްކޮށް ވިއްކީ 20 (ވިހި) ސިނގިރޭޓަށް ވުރެ ނުވަތަ 50 (ފަންސާސް) ބިޑިއަށް ވުރެ މަދު އަދަދެއް ނަމަ، ކުށް ކުރުމަށް ބޭނުންކުރި މުދާކަމުގައި ބެލެވޭނީ، 20 (ވިހި) ސިނގިރޭޓުގެ 1 (އެކެއް) ފޮށި ނުވަތަ 50 (ފަންސާސް) ބިޑީގެ އެއް ބޮނޑިކަމުގައެވެ.
  5. ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކުރާ އިންސްޕެކްށަނެއްގެ ތެރެއިން، ވިޔަފާރިކުރާ ތަނަކުން ނުވަތަ ތަކެތި ގުދަންކޮށް ރައްކައުކުރާ ތަނަކުން ނުވަތަ ތަކެތި އުފުލާ އުޅަނދަކުން މި ގަވާއިދާ ހިލާފަށް ހުރި ދުންފަތުގެ ބާވަތެއް ފެނިއްޖެ ނަމަ، އެ ތަނެއްގައި ނުވަތަ އެ އުޅަނދެއްގައި އެ ވަގުތު ހުރި މި ގަވާއިދަށް ނުފެތޭ ދުންފަތުގެ ހުރިހާ ބާވަތެއް ބެލެވޭނީ، ކުށްކުރުމަށް ބޭނުންކުރި މުދާކަމުގައެވެ.