-

ފަންނީ އުފެއްދުން

"ފަންނީ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަޑު ހިމަނައިގެން ނުވަތަ އަޑު ނުހިމަނާ އުފައްދާ ހުރިހާ ބާވަތެއްގެ ހަރަކާތްކުރާ ނުވަތަ ހަރަކާތްނުކުރާ ފޮޓޯ، ނުވަތަ ކުރެހުން ހުންނަ އުފެއްދުންތަކަށާއި، ފޮތަށާއި، ޅެމަށާއި، ލަވައަށާއި، ޑްރާމާއަށާއި ތަމްސީލަށާއި، ނެށުމަށާއި، ސްޓޭޖްށޯވފަދަ އުފެއްދުންތަކުގެ ތެރެއިން، ބްރޯޑްކާސްޓިންގ ނުވަތަ ވެބް ސްޓްރީމިންގ ނުވަތަ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް، ނުވަތަ އެނޫންވެސް ގޮތަކަށް އާންމުކުރާ އުފެއްދުމަށެވެ.