-

މެނޭޖްމަންޓް ޕްލޭން (ތިމާވެއްޓާ ގުޅޭ)

"މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަން ބެލެހެއްޓުމުގެ ލަނޑުދަނޑިތަކާއި، މަގުސަދުތަކާއި، އަމަލުކުރާނެ އުސޫލުތަކާއި، މި ސަރަހައްދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށް، މި ކަންކަން ކުރާނެ އުސޫލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، މި ހުރިހާ ކަމަކަށް ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިގު މުއްދަތުގެ (އާންމުގޮތެއްގައި 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތުގެ) ސްޓްރެޓަޖީއަކާއެކު އެކުލަވައިލެވޭ ރަސްމީ ޕްލޭނަށެވެ.