ގާނޫނީ ރަދީފު
"ކޮމިކް" ކަމަށް ބުނެފައި އެވަނީ ކޮމިކް މަޖައްލާއަކީ މުނިފޫހިފިލުވުމުގެ މަގްސަދުގައި ކުރެހުން ނުވަތަ ފޮޓޯއިން ވާހަކަ ނުވަތަ ޖޯކް ހުށަހަޅައިދިނުމަށް ޕްރިންޓް މީޑިއާ ނުވަތަ އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ށާއިއުކުރާ ތަކެއްޗެވެ.
"ބްލޮގް" ކަމަށް ބުނެފައި އެވަނީ ބްލޮގްއަކީ ހަބަރާއި މައުލޫމާތާއި ހިޔާލު ހާމަކޮށް، ފެތުރުމަށްޓަކައި އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ހިންގާ ބްލޮގްތަކެވެ.
"އޮންލައިން ނޫސް މަޖައްލާ ނުވަތަ މި ނޫންވެސް މިފަދަ ތަކެތި" ކަމަށް ބުނެފައި އެވަނީ މިއީ އިންޓަރނެޓް މެދުވެރިކޮށް ށާއިއުކުރާ އޮންލައިން ނޫސް މަޖައްލާ ނުވަތަ މި ނޫންވެސް މިފަދަ ތަކެއްޗެވެ.
"އިލެކްޓްރޯނިކް މީޑިއާ" ކަމަށް ބުނެފައި އެވަނީ، ވެބްކާސްޓާއި، ބްލޮގްތަކާއި، ވެބްސައިޓުތަކާއި، ޕޭޖުތަކާއި، އޮންލައިންކޮށް ށާއިއުކުރާ ނޫސް މަޖައްލާތަކާއި، އިންޓަރނެޓް މެދުވެރިކޮށް މައުލޫމާތު ފެތުރުން ހިމެނޭ ގޮތުންނެވެ.
"ތައުލީމީ މުއައްސަސާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ސްކޫލްތަކާއި، މަދަރުސާތަކާއި، ޔުނިވަރސިޓީތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭށަނުން ހުއްދަ ދީގެން ހިންގާ އެހެނިހެން ތައުލީމީ މަރުކަޒުތައް ހިމެނޭ ގޮތުންނެވެ.
"އެޑިޓަރު" ކަމަށް ބުނެފައި އެވަނީ، ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް އެފަދަ އެއްޗެއްގައި ށާއިއުކުރެވޭ އެންމެހައި ލިޔުންތައް ށާއިއުކުރުމުގެ ޒިންމާ އުފުލުމަށް، ނޫސް މަޖައްލާގެ އެޑިޓަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވޭ ފަރާތަށެވެ.
"މަސްއޫލުވެރިޔާ" ކަމަށް ބުނެފައި އެވަނީ، ނޫސްމަޖައްލާއެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހިންގުމުގެ އެންމެހައި ކަންތައްތަކާ ގާނޫނީ ގޮތުން ހަވާލުވެ، ނޫސް މަޖައްލާގެ މަސްއޫލުވެރިއެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވޭ ފަރާތަށެވެ.
"މި ނޫންވެސް މި ފަދަ ތަކެތި" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމަށްޓަކައި ޕްރިންޓް މީޑިއާ މެދުވެރިކޮށް މައުލޫމާތާއި ހަބަރު ފެތުރުމަށް އާންމުކުރެވޭ ލިޔުންތަކާއި، އިލެކްޓްރޯނިކް މީޑިއާގެ މެދުވެރިކޮށް ށާއިއުކުރާ ވެބްސައިޓާއި ޕޭޖާއި ބްލޮގްތައް ހިމެނޭ ގޮތުންނެވެ.
"މަޖައްލާ" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތައް ހިމެނޭ ގޮތަށެވެ.
- ހަފުތާ މަޖައްލާ: ހަފުތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ށާއިއުކުރާ މަޖައްލާ.
- މަހު މަޖައްލާ: މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ށާއިއުކުރާ މަޖައްލާ.
- އަހަރީ މަޖައްލާ: އަހަރަކު ތިންފަހަރު ނުވަތަ ހަތަރުފަހަރު ނުވަތަ ހަފަހަރު ށާއިއުކުރާ މަޖައްލާ.
- އޮންލައިން މަޖައްލާ: އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ށާއިއުކުރާ މަޖައްލާ.
"ނޫސް" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތައް ހިމެނޭ ގޮތަށެވެ.
- ދުވަހު ނޫސް: ދުވާލަކު އެއްފަހަރު ށާއިއު ކުރާ ނޫސް.
- ހަފުތާ ނޫސް: ހަފުތާއަކު އެއްފަހަރު ށާއިއު ކުރާ ނޫސް.
- އޮންލައިން ނޫސް: އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ށާއިއުކުރާ ނޫސް.
"މީހުން ދިރިއުޅޭ ރަށް" ކަމަށް ބުނެފައި އެވަނީ، މީހުން ރަށްވެހިވެ، ނުވަތަ ވަޒަންވެރިވެ، ރަޖިސްޓަރީވެގެން މީހުން ދިރިއުޅޭ ރަށްރަށަށެވެ.
"ދިވެހި ދައުލަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ތަންތަން ހިމެނޭ ގޮތުންނެވެ.
"ދުވަސްތައް ފާހަގަކުރުން" ކަމަށް ބުނެފައި އެވަނީ، އެ ދުވަހަކާގުޅޭ އެކި އެކި ހަރަކާތްތައް ހިންގުމަށެވެ.
"ލިޔުން" ނުވަތަ "ލިޔުންތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ރަސްމީ ގޮތުން ނުވަތަ ރަސްމީ ބޭނުމަކަށްޓަކައި، ލިޔާ މެމޯ އާއި، ނޯޓުތަކާއި، ނޯޓުސިޓީ އާއި، ސިޓީއާއި، މެސެޖާއި، ފެކުހާއި، އާންމު ސިޓީއާއި، އެންގުންތަކާއި، ދެންނެވުންތަކާއި، ސަރކިޔުލަރއާއި، ރިޕޯޓާއި، އިއުލާނާއި، ގަރާރާއި، އެއްބަސްވުންތަކާއި، ބީލަމާބެހޭ ލިޔުންތަކާއި، ޔައުމިއްޔާއާއި، ޖަލްސާތަކުގެ ޔައުމިއްޔާއާއި، ދައުވަތުކާޑާއި، ޕްރޮގްރާމާއި، އެޖެންޑާފަދަ އެންމެހައި ތަކެތި ހިމެނޭ ގޮތުންނެވެ.
"ގާނޫނީ އެހީތެރިކަން" ނުވަތަ "ގާނޫނީ މަސައްކަތް” ނުވަތަ "ގާނޫނީ ހިދުމަތް" ދިނުން ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ. (1) އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ ގާނޫނު ތަތުބީގް ކުރުމާ ގުޅޭގޮތުން ލަފަޔާއި މަށްވަރާ ދިނުން، (2) މީހެއްގެ ބަދަލުގައި އެއިން ތަނަކަށް ހާޒިރުވުން ނުހިމެނޭގޮތުން، އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނެއްގައި ވަކާލާތު ކުރުމާއި އެއްވެސް ފަރާތެއް ތަމްސީލުކުރުން، (3) ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނަކަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށްދިނުން؛ (4) އެކިއެކި ފަރާތްތަކުގެ މެދުގައި އަގުދުކުރެވޭ އެއްބަސްވުންތަކާއި ވަސިއްޔަތުގެ ލިޔުންތަކާއި، ޕަވަރ އޮފް އެޓަރނީތަކާއި، އަދި އެނޫންވެސް އެފަދަ މަދަނީ މުއާމަލާތްތަކާ ގުޅޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން؛ (5) ޕަބްލިކް ނޯޓަރީގެ ގޮތުގައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ތަސްދީގުކޮށްދިނުމުގެ މަސައްކަތްކުރުން؛ (6) ވިޔަފާރި އުސޫލުން އެކި އެކި ލިޔެކިޔުންތައް އެޓެސްޓް ކުރުން.