ގާނޫނީ ރަދީފު
"ބައިކެޗް" ކަމަށް ބުނެފައި އެވަނީ، ވަކި އެއްޗެއް ހިފަން އުޅެނިކޮށް، ނުވަތަ ބާނަން އުޅެނިކޮށް، ގަސްތަކާ ނުލައި އެހެން އެއްޗެއް ހިފުން ނުވަތަ ބޭނުންކުރުމަށެވެ.
"ދިރުވައި އާލާކުރުން" ކަމަށް ބުނެފައި އެވަނީ، އެ ދިރުމެއްގެ އާބާދީ މަދުވުމުގެ ސަބަބުން، އެ ތަކެތީގެ އާބާދީ އިތުރުކުރުމަށް ޓަކައި ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން އެ ތަކެތި ގެންގުޅުމަށެވެ.
"ގަވާއިދާ ހިިލާފަށް ހިފައިގެން ގެންގުޅޭ ދިރޭ ތަކެތި ނެގުން" ނުވަތަ "ތަންފީޒީ އިދާރާއަށް ނެގުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުމެއް ނުވަތަ އޭގެ ބައެއް، ގަވާއިދާ ހިިލާފަށް ގެންގުޅޭ ފަރާތެއްގެ އަތުން ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނައުމަށެވެ. (confiscation)
"ތަންފީޒީ އިދާރާއަށް ނެގުން" ނުވަތަ "ގަވާއިދާ ހިިލާފަށް ހިފައިގެން ގެންގުޅޭ ދިރޭ ތަކެތި ނެގުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުމެއް ނުވަތަ އޭގެ ބައެއް، ގަވާއިދާ ހިިލާފަށް ގެންގުޅޭ ފަރާތެއްގެ އަތުން ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނައުމަށެވެ. (confiscation)
(ރ)"ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ދިރޭ ތަކެއްޗަށް ލިބިފައިވާ އަނިޔާއެއް ނުވަތަ ގެއްލުމަކުން ރަނގަޅުވުމަށް ފަރުވާ ދިނުމަށެވެ. (rehabilitation)
"ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތި" ކަމުގައި ބުނެފައި އެވަނީ:
- ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ބާރުލިބިގެން، އެ ގާނޫނުގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ހިމާޔަތްކުރާ ދިރޭތަކެތި؛
- މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ނުވަތަ އޭގެ ފަހުންވެސް، ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެތީގެ ގޮތުގައި، ގާނޫނުން ބާރުލިބިގެން ވަކި މަގުސަދެއްގައި ހިމާޔަތް ކޮށްފައިވާ ދިރުމެއް؛
- ދިރޭތަކެއްޗާއި، އެ ތަކެތީގެ ޅައެއްޗެއްސާއި، އޭގެ ބިހާއި، އޭގެ ބައިތަކާއި، އޭގެ ބައިތައް ބޭނުން ކޮށްގެން އުފައްދާ ތަކެތި.
"އެޖެންސީ" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހިްތިޔާރުގެ ދަށުން ތިމާވެށީގެ ވުޒާރާއާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދައިފައިވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީއަށެވެ.
"ސެޕްޓިކް ޓޭންކް" ކަމަށް ބުނެފައި އެވަނީ، ކޮންކްރީޓް ނުވަތަ ޕްލާސްޓިކް ނުވަތަ ފައިބަރ ގްލާސް އިން ހަތަރެސް ކަން ބަށްޓަމަށް ހަދައި ބިމުގައި ވަޅުލައިފައިވާ، ގޭގޭގައި އުފެދޭ ނަޖިސް ފެން ބިމަށް ހިންދުމަށް ބޭނުންކުރާ ޓޭންކަށެވެ.
"ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 27/2012 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން ތައްޔާރު ކުރާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށެވެ.
"ލީޗޭޓް" ކަމަށް ބުނެފައި އެވަނީ، ކުނި ޖަމާކުރާ ސަރަހައްދުތަކުގައި ހުންނަ ކުނިވާ ޒާތުގެ ކުނިން އުފެދޭ ފާދިޔައަށެވެ.
(ތ) "އަމިއްލަ ބޭނުމަށް" ކަމަށް ބުނެފައި އެވަނީ، ގޭބީސީތަކުގެ ޒަރޫރީ ބޭނުންތަކަށް ފެން ބޭނުންކުރުމަށެވެ.
"އިން ފިލްޓްރޭށަން ގެލަރީ" ކަމަށް ބުނެފައި އެވަނީ، ފެންފަށަލައަށް ގެއްލުން ނުވާނެހެން ފެންފަށަލައިގެ އެންމެ މަތީ ދުލީގެ އެކަށީގެންވާ ސަރަހައްދަކުން ފެން ނެގޭ ގޮތަށް ގާއިމުކޮށްފައިވާ ނިޒާމަށެވެ.
"ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ރަށުގެ ބިމުގެ އަޑީގައި އުފެދިފައިވާ ފެނަށެވެ. ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.
"ސިނާއީ މަސައްކަތް ކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، އިންޑަސްޓްރިއަލް މަސައްކަތްކުރާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވޭ ރަށްތަކާއި، ދަނޑުވެރިކަމުގެ މަސައްކަތާއި މަސްކައްކާ ކާރުހްާނާތަކާއި، އޮޑިދޯނިފަހަރު ބަންނަ ހަރުގެ ފަދަ ތަންތަނަށެވެ.
"އިމާރާތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ އިމާރާތްތަކާއި، މީހުން ދިރިއުޅުމަށް ކުއްޔަށްދޭ އިމާރާތްތަކާއި، އޮފީސްތަކާއި، ސްކޫލްތަކާއި، ށާޮޕިންގ ސެންޓަރުތަކާއި، ސާިއްހިީ ހިދުމަތްދޭ ތަންތަނާއި، ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހިދުމަތް ދޭ ތަންތަނާއި، މިސްކިތްތައް ހިމެނޭގޮތުން އާންމުކޮށް މީހުން އުޅޭ އިމާރާތްތަކަށެވެ.