ގާނޫނީ ރަދީފު
"އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ބަޔަކު އާންމުކޮށް އަޅައިއުޅޭ ނުވަތަ އެއާ އެއްގޮތް އެހެން ހެދުމަކަށެވެ.
"މޫދަށް އެރި އުޅުން" ކަމަށް ބުނެފައި އެވަނީ، ހުސްވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ނުވަތަ މަޖާކޮ ށްލުމުގެ ބޭނުމުގައި މޫދަށް އެރިއުޅުންފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށް އެރުން މި މާނައިގެ ތެރެޔަކު ނުހިމެނެއެވެ.
"އުޅަނދު އޮޕަރޭޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއް ދުއްވާ ފަރާތާއި އުޅަނދު ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ހިންގާ ފަރާތަށެވެ.
"ބަންޑާރަ މަގު" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯތިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮ ތްތަކަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ.
"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެ ތަނެއްގައި މީހުން ހިނގާބިނގާވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބުމަށް ހުންނަ ތަންތަނާއި ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ އާންމު ތަންތަނަށެވެ.
"ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކާއި، ރަޖިސްޓްރާރ ނެތް ހާލަތެއްގައި ރަޖިސްޓްރާރގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރެވޭިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.
"ގަޒާއީ އުރުފު" ކަމަށް ބުނެފައި އެވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ށަރުއީ އުސޫލެއް މާނަކުރުމުގައި ވަކި ކޯޓަކުން ނުވަތަ ތަފާތު އެކިއެކި ކޯޓުތަކުން ވަކި ކަމެއް އެއްގޮތަކަށް، އެކިއެކި ދުވަސްވަރުގައި، ނިންމަމުން ގޮސް އެކަން އާދަކާދަ/އުރުފު/ކަސްޓަމް ގެ ގޮތުގައި ބަލާއިގަނެވޭ މިންވަރަށް ދިއުމެވެ.
"ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިން ފެށިގެން މަތީ ގެ އިދާރީ މަގާމުތައް ފުރާ މީހުންނާއި، އެ ތަނެއްގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާ ގުނަވަނުގެ ޑިރެކްޓަރުންނާއި މެންބަރުންގެ ތެރޭގައި ހިމެނޭ މީހުންނަށެވެ.
"ލިޔުންތައް" ކަމަށް ބުނެފައި އެ ވަނީ، ހަސްމުންގެ ފަރާތުން ހުށަހަޅާ ދައުވާ ފޯމާއި، ދިފާއު ފޯމާއި، ދިފާއުގެ ޖަވާބު ފޯމާއި، ދިފާއަށް ދޭ ޖަވާބަށް ރައްދުދ ފޯމާއި، ރައްދު ދައުވާ ފޯމާއި، ރައްދު ދައުވާގެ ދިފާއުގައި ހުށަހަޅާ ދިފާއާއި، އިތުރު ދައުވާއާއި، އިތުރު ދައުވާގެ ދިފާއާއި، ދެފަރާތުގެ ދެމެދުގައި ދައުވާއާ ބެހޭ ގޮތުން ނުވަތަ ދިފާއާ ބެހޭ ގޮތުން ލިޔުމުން ބަދަލުކުރެވޭ އެންމެހައި ބަޔާންތަކަށެވެ.
"މައްސަލައިގެ ލިޔުން ބަދަލުކުރުމުގެ މަރުހަލާ" ކަމަށް ބުނެފައި އެވަނީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާ ފެށުމުގެ ކުރިން، މައްސަލައިގައި ހަސްމުންގެ ފަރާތުން ހުށަހަޅާ ދައުވާ ފޯމާއި، ދިފާއު ފޯމާއި، ދިފާއުގެ ޖަވާބު ފޯމާއި، ދިފާއަށް ދޭ ޖަވާބަށް ރައްދުދ ފޯމާއި، ރައްދު ދައުވާ ފޯމާއި، ރައްދު ދައުވާގެ ދިފާއުގައި ހުށަހަޅާ ދިފާއާއި، އިތުރު ދައުވާއާއި، އިތުރު ދައުވާގެ ދިފާއާއި، ދެފަރާތުގެ ދެމެދުގައި ދައުވާއާ ބެހޭ ގޮތުން ލިޔުމުން ބަދަލުކުރެވޭ އެންމެހައި ލިޔުންތައް ހަސްމުންގެ މެދުގައި ބަދަލުކުރެވޭ މަރުހަލާއަށެވެ.
"ގާނޫނީ ވަކީލަކު އައްޔަނުކުރާ ލިޔުން" ކަމަށް ބުނެފައި އެ ވަނީ، ކޯޓުގެ މަރުހަލާތަކުގައި ހަސްމަކު ތަމްސީލުކުރުމަށް އެ ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕަވަރ އޮފް އެޓަރނީ އާއި، ގަރާރާއި، އެ ނޫންވެސް ލިޔުމަށެވެ.
"މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް" ނުވަތަ "މައްސަލަ ބަލާ ފަނޑިޔާރުން" ކަމަށް ބުނެފައި އެވަނީ، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ބަދަލުގައި އެ މައްސަލަ ބެލުމަށް ވަގުތީގޮތުން ހަވާލުވެފައިވާ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށެވެ.
"މައްސަލަ ބަލާ ފަނޑިޔާރުން" ނުވަތަ "މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ބަދަލުގައި އެ މައްސަލަ ބެލުމަށް ވަގުތީގޮތުން ހަވާލުވެފައިވާ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށެވެ.
"ގާނޫނީ ވަކީލަކު އައްޔަނުކުރާ ލިޔުން" ކަމަށް ބުނެފައި އެވަނީ، ކޯޓުގެ މަރުހަލާތަކުގައި ހަސްމަކު ތަމްސީލުކުރުމަށް އެ ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕަވަރ އޮފް އެޓާރނީއާއި ގަރާރާއި، އެ ނޫންވެސް ލިޔުމަށެވެ.
"ދައުވާ" ކަމަށް ބުނެފައި އެވަނީ، އިސްތިއުނާފު ކުރެވޭ މައްސަލަތަކާއި ފުރަތަމަ މަރްހަލާގައި ހައިކޯޓުން ބަލާ މައްސަލަތަކާއި، ބަލަމުންދާ މައްސަލައަކާއި ގުޅުވައިގެން ހުށަހެޅޭ ރައްދު އިސްތިއުނާފްތަކާއި ތަދައްހުލުވުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ހިމެނޭ ގޮތުންނެވެ.