ގާނޫނީ ރަދީފު
"ނަޖިހާއި ނަޖިސްފެން" ކަމަށް ބުނެފައި އެވަނީ، ފާހްާނާތަކުންނާއި ބަދިގެތަކުންނާއި އަތްދޮންނަތަށިތަކުންނާއި، ދޮންނަ މެށާިންތަކުން ބޭރު ކުރާ ފެނަށެވެ.
"ނަރުދަމާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ގޭގޭގެ ފާހްާނާތަކުގެ ނަރުދަމާގެ ހޮޅިން ބޭރުވާ ނަޖިހާއި ނަޖިސްފެން އެއްކޮށް އެއްތަނަކަށް ގެންދިޔުމަށްޓަކައި ގާއިމުކުރެވިފައިވާ ނަރުދަމާގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭގޮތަށެވެ.
"ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ނަރުދަމާ ނިޒާމުން ބޭރުވާ ނަޖިހާއި ނަޖިސްފެން އެއްވެސް ތަނަކަށް ބޭރުކުރުމުން އެތަނުގެ ތިމާވެށްޓަށް ނުވަތަ ދިރުމަކަށް ގެއްލުންނުވާ މިންވަރަކަށް ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމަށެވެ.
"ބޯވެލް" ކަމަށް ބުނެފައި އެވަނީ، ބިމުން ފެން ނެގުމަށްޓަކައި ބިމުގެ ފެން ފަށަލަ ތޮރުފައިގެން އަޅާ ލޯވަޅަށެވެ.
"ސެޓިފައިޑް ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ލައިސަންސް ދީފައިވާ ނުވަތަ ސަރުކާރުން ގަބޫލުކުރާ ލެބޯޓްރީއަކަށެވެ.
"ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކުގެ ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ބޭރު ގައުމެއްގެ ގާނޫނުގެ ދަށުން ކުށް ކޮށްފައިވާ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުށްވެރިންގެ ތެރެއިން ދިވެހިރާއްޖޭގައިވާ، އަންނަނިވި ބޭނުންތަކަށްޓަކައި އެ ގައުމަށް ގެންދިޔުމަށް ބޭނުންވާ މީހުންނަށެވެ:
- އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް އެ ގައުމުގައި ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
- އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ ހުކުމްކޮށް، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުންގެ މައްޗަށް އެ ގައުމުގައި އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ
- އެ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ހުކުމް، އެ ގައުމުގައި ތަންފީޒުކުރުމަށްޓަކައި.
"ބޭރު ގައުމުތަކުގައިވާ ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށް ކޮށްފައިވާ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުށްވެރިންގެ ތެރެއިން ބޭރު ގައުމެއްގައިވާ، އަންނަނިވި ބޭނުންތަކަށްޓަކައި ދިވެހިރާއްޖެއަށް ގެނައުމަށް ބޭނުންވާ މީހުންނަށެވެ:
- ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ދިވެހިރާއްޖޭގައި ށަރީއަތް ހިންގުމަށްޓަކައި؛ ނުވަތަ
- ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ ހުކުމްކޮށް، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުންގެ މައްޗަށް ދިވެހިރާއްޖޭގައި އަދަބު ކަނޑައެޅުމަށްޓަކައި؛ ނުވަތަ
- ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމަށް ށަރީއަތަށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހުންގެ ހުކުމް، ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި.
"އެކްސްޓްރަޑައިޓްކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި މާނަތަކުންކުރެ މާނައެއްގައެވެ:
- ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް އެދި އެ ގައުމުން ހުށަހެޅުމުން، އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު، މި ގާނޫނުގެ ދަށުން ނެރޭ އެކްސްޓްރަޑިށަން އަމުރެއްގެ ދަށުން އޭނާ އެ ގައުމަށް ގެންދިޔުމަށް؛ ނުވަތަ
- ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓް ކޮށްދިނުމަށް ދިވެހިރާއްޖެއިން އެ ގައުމުގައި އެދުމުން، އޭނާ ދިވެހިރާއްޖެއަށް އެކްސްޓްރަޑައިޓްކުރުމަށްޓަކައިއެ ގައުމުގެ ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު އެ ގައުމުން އޭނާ ދިވެހިރާއްޖެއަށް ގެނައުމަށެވެ.
- ބޭރު ގައުމެއްގެ ކުށްވެރިޔަކު ތިންވަނަ ގައުމަކަށް އެކްސްޓްރަޑައިޓްކުރުމާ ގުޅޭގޮތުންނަމަ، އޭނާ ހުރި ގައުމުގެ ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ފުރިހަމަކުރުމަށްފަހު އޭނާ އެ ތިންވަނަ ގައުމަށް އެކްސްޓްރަޑައިޓްކުރުމަށް.
"ކުށްވެރިޔާ އެކްސްޓްރަޑައިޓްކުރުމަށް އެދޭ ގައުމު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރުމަށް އެދި އެކްސްޓްރަޑިށަންގެ ގާނޫނު (ގާނޫނު ނަންބަރު 01/2015) ގެ 15 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ގައުމަށެވެ.
"އެކްސްޓްރަޑިށަން އަމުރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމެއްގެ ކުށްވެރިޔަކު އެކްސްޓްރަޑައިޓްކުރަން އެދޭ ގައުމަށް އޭނާ އެކްސްޓްރަޑައިޓްކުރުމަށްޓަކައި ދިވެހިރާއްޖޭގައި ފުރިހަމަކުރަންޖެހޭ އެންމެހައި މަރުހަލާތައް ނިމުމަށްފަހު، ކުށްވެރިޔާ އެ ގައުމަށް އެކްސްޓްރަޑައިޓްކުރުމާމެދު އެންމެ ފަހުގެ ނިންމުން ނިންމައި، އޭނާ ދިވެހިރާއްޖެއިން އެކްސްޓްރަޑައިޓްކުރުމުގެ ހުއްދަދިނުމުގެ ގޮތުން އެކްސްޓްރަޑިށަންގެ ގާނޫނު (ގާނޫނު ނަންބަރު 01/2015) ގެ 29 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނެރޭ އަމުރަށެވެ.
"އެކްސްޓްރަޑައިޓްކުރެވޭނެ ގައުމުތައް" ކަމަށް ބުނެފައިއެވަނީ، ކުށްވެރިން އެކްސްޓްރަޑައިޓްކުރެވޭނެ ކަމަށް މި ގާނޫނުގެ އަށްވަނަ ބާބުގެ ދަށުން ކަނޑައެޅޭ ގައުމުތަކަށެވެ.
"އެކްސްޓްރަޑައިޓްކުރެވޭ ބާވަތުގެ ކުށް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން މުއާހަދާ ގައުމެއް ކަމަށް ކަނޑައަޅާފައިވާ ގައުމަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުށްކުށަށެވެ. އެނޫން ގައުމެއް ކަމުގައިވާނަމަ، އެކްސްޓްރަޑިށަންގެ ގާނޫނު (ގާނޫނު ނަންބަރު 01/2015) ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ކުށްކުށަށެވެ.
"ކުށްވެރިން" ކަމަށް ބުނެފައިއެވަނީ، ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންނާއި، ކުށެއް ކުރިކަން ސާބިތުވެ ހުކުމްކުރެވިފައިވާ މީހުންނާއި، ކުށެއް ކުރިކަން ސާބިތުވެ ހުކުމްކުރެވި، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހުން ހިމެނޭގޮތުންނެވެ.
"އެހީތެރިއަކު" ކަމުގައި ބުނެފައި އެވަނީ، ގޭންގަކަށް ނުވަތަ ގޭންގެއްގެ އެއްވެސް މެންބަރަކަށް އެނގިހުރެ އެހީތެރިވެ ނުވަތަ ގޭންގެއްގެ ނުވަތަ ގޭންގެއްގެ އެއްވެސް މެންބަރެއްގެ ގައިރު ގާނޫނީ ހަރަކާތުން މަންފާއެއް ލިބިގަންނަ ކޮންމެ ތަބީއީ ނުވަތަ ގާނޫނީ ށަހްސަކަށެވެ.
"ކޮމިއުނިޓީ ހެލްތް ޕްރޮފެށަނަލުން" ކަމަށް ބުނެފައި އެވަނީ، މުޖްތަމައުގެ ފެންވަރުގައި ސިއްހީ ފަރުވާދިނުމުގައާއި އާންމު ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ ހެލްތް އޮފިސަރުންނާއި، ފެމިލީ ހެލްތް އޮފިސަރުން ހިމެނެއެވެ.