-

ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހަކު

"ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހަކު" ކަމަށް ބުނެފައި އެ ވަނީ، އެ މީހަކު މަރުވާއިރު، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއް ކަމަށް އެޖެންސީން ކަނޑައަޅައިފައިވާ ބައްޔެއް ޖެހިފައިވާކަން ތަހުލީލުތަކުން ސާބިތުވެފައިވާ މީހުންނާއި، އެ ފަދަ ބައްޔެއްގެ އަލާމާތްތައް ހުރި ފަރާތެއް ކަމަށް ސިއްހީ ހިދުމަތްތެރިއަކު ކަނޑައަޅައިފައިވާ މީހުންނާއި، އެ ފަދަ ބައްޔެއްގެ އަލާމަތްތައް ނުފެނުނު ނަމަވެސް، ހާލަތަށް ރިއާޔަތްކުރާއިރު، އެ ފަދަ ބައްޔެއް ޖެހިފައި ހުރެދާނެކަމަށް ސިއްހީ ހިދުމަތްތެރިއަކަށް ނުވަތަ އެޖެންސީއަށް ގަބޫލުކުރެވޭ މީހުން ހިމެނޭ ގޮތުންނެވެ.