ފިސްކަލް އިމްޕެކްޓް އެނެލިސިސް
"ފިސްކަލް އިމްޕެކްޓް އެނެލިސިސް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކަށް އަމަލުކުރަން ފެށުމުގެ ސަބަބުން ނުވަތަ އެ މަޖިލީހުން ނިންމާ ނިންމުމެއް ތަންފީޒުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ގޮތުން، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ފިސްކަލް ޕޮލިސީގެ ހަމަތަކަށާއި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ކުރާނެ އަސަރު ވަޒަންކޮށް، އެ އަމާޒުތައް އެގޮތުގައި ދެމެހެއްޓޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން މި ގާނޫނުގެ 36 ވަނަ މައްދާގެ ދަށުން ތައްޔާރުކުރާ ރިޕޯޓަށެވެ.