ގާނޫނީ ރަދީފު
"ކޮލިފައިން ލޯ ޑީގްރީ" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތަކަށް ފެތޭ ގާނޫނީ ޑިގްރީއަށެވެ.
"ގާނޫނީ ތައުލީމުގެ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑުތައް އެ މައްޗަށް ހިނގ،ާ ގާނޫނީ ތައުލީމާ ގުޅުންހުރި ޕްރޮގްރާމަކަށް ނުވަތަ ކޯހަކަށެވެ.
"އިލްމީ ނަޒާހަތްތެރިކަމާ ހިލާފުވުން" (ބްރީޗް އޮފް އެކެޑަކިމް އިންޓެގްރިޓީ) ކަމަށް ބުނެފައި އެވަނީ، ތައުލީމީ މަސައްކަތްތައް ހުށަހެޅުމުގައި އެހެން ފަރާތެއްގެ މަސައްކަތަކީ ތިމާގެ އަމިއްލަ މަސައްކަތް ކަމުގައި ދެއްކުން، ނުވަތަ މަކަރުހެދުން، ނުވަތަ އެނޫންވެސް ދޮގުވެރި އަމަލެއް ކުރުމަށް ނުވަތަ ސުލޫކާ ހިލާފު އަމަލެއް ކުރުމަށެވެ.
"އެކްރެޑިޓޭށަން" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅާ އިންސްޓިޓިއުށަނަލް ރިވިއުގެ ތެރެއިން ގާނޫނީ ތައުލީމުގެ ޕްރޮގްރާމަށް ހުއްދަ ދިނުމަށް ނުވަތަ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގާނޫނީ ތައުލީމުގެ ޕްރޮގްރާމެއް އެކްރެޑިޓްކުރުމަށް ނުވަތަ އެކްރެޑިޓޭށަން ރިނިއުކުރުމަށެވެ.
"އެޑްވަރސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ރިކޮގްނައިޒްކޮށްފައިވާ ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ނުވަތަ ރިކޮގްނައިޒްކުރުމަށް އެދި ހުށަހަޅާ މަރުކަޒަކަށް ހުއްދަ ނުދިނުމަށް ނުވަތަ ހުއްދަ ސަސްޕެންޑުކުރުމަށް ނުވަތަ ދީފައިވާ ހުއްދަ ބާތިލުކުރުމަށް ލަފާދިނުމަށް ޓަކައި، ބާ ކައުންސިލުގެ ރިކޮގްނިށަން ޕެނަލުގެ ފަރާތުން ލިޔެ ތައްޔާރުކުރާ ރިޕޯޓަށެވެ.
"އިންސްޓިޓިއުށަނަލް ރިވިއު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ގާނޫނީ ތައުލީމުގެ ޕްރޮގްރާމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ނުވަތަ މުރާޖާކުރުމަށް އެ މަރުކަޒަކުން އަމިއްލައަށް ހިންގާ ކޮންމެ ހަރަކާތަކަށެވެ.
"ބްރީޗް އޮފް އެކެޑަކިމް އިންޓެގްރިޓީ" ނުވަތަ "އިލްމީ ނަޒާހަތްތެރިކަމާ ހިލާފުވުން" ކަމަށް ބުނެފައި އެވަނީ، ތައުލީމީ މަސައްކަތްތައް ހުށަހެޅުމުގައި އެހެން ފަރާތެއްގެ މަސައްކަތަކީ ތިމާގެ އަމިއްލަ މަސައްކަތް ކަމުގައި ދެއްކުން، ނުވަތަ މަކަރުހެދުން، ނުވަތަ އެނޫންވެސް ދޮގުވެރި އަމަލެއް ކުރުމަށް ނުވަތަ ސުލޫކާ ހިލާފު އަމަލެއް ކުރުމަށެވެ.
"ރިކޮގްނައިޒްޑް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގާނޫނީ ތައުލީމު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މަތީ ތައުލީމުދޭ މަރުކަޒަކަށް،ބާ ކައުންސިލުން ރިކޮގްނިށަން މަރުހަލާ ފުރިހަމަކޮށްފައިވުމަށެވެ.
"ރިކޮގްނިށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގާނޫނީ ތައުލީމު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މަތީ ތައުލީމުދޭ މަރުކަޒަކަށް،ބާ ކައުންސިލުން ހުއްދަ ދިނުމުގެ މަރުހަލާއަށެވެ
"އެޕްލިކަންޓު އިންސްޓިޓިއުށަން" ކަމަށް ބުނެފައި އެވަނީ، ބާ ކައުންސިލުން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ގާނޫނީ ތައުލީމު ފޯރުކޮށްދިނުމަށް ޓަކައި، ބާ ކައުންސިލުން ރިކޮގްނައިޒްކުރާ މަރުކަޒެއްގެ ގޮތުގައި ހިމެނުމަށް، ނުވަތަ އެ ހުއްދަ އައުކުރުމަށް އެދި ހުށަހަޅާ މަތީ ތައުލީމުދޭ ކޮންމެ މަރުކަޒަކަށް ނުވަތަ އޭގެ ބަޔަކަށެވެ.
"އިންސިޑެންޓް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ހިނގާކަމަށް ނުވަތަ ހިނގައިފިކަމަށް ނުވަތަ ހިނގަން އުޅޭކަމަށް ބުނެ، އެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކަށެވެ.

"މެސެޖް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށަކާ ގުޅިގެން އެކި ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތަށެވެ.
"ށަރުތުގެ ނޯޓިސް" ކަމަށް ބުނެފައި އެވަނީ، ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ފުލުހުންގެ ވަކި މަރުކަޒަކަށް ހާޒިރުވުން ށަރުތުކޮށްފައި އެކަން އަންގައިފައި، ތިރީގައިވާ މައުލޫމާތު ހިމެނޭ ގޮތަށް ފުލުހަކު މީހަކަށް ދޫކުރާ ލިޔުމަކަށެވެ.
- މީހާގެ ނަމާއި، އެޑްރެހާއި، އުމުރު؛
- ހާޒިރުވުމަށް އަންގާ ބޭނުން،
- ހާޒިރުވާންޖެހޭ ފުލުހުންގެ މަރުކަޒާއި، ތާރީހާއި، ގަޑި؛
- އެ ލިޔުން ދޫކުރާ ފުލުހުންގެ އޮފިސަރުގެ ނަމާއި، ރޭންކާއި، ސަރވިސް ނަންބަރާއި، ސޮއި؛
- ލިޔުން ދޫކުރި ތާރީހާއި ގަޑި.
"އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ފުލުހުންގެ ހުވާކޮށްފައި ތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުންނެވެ.