ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ގާނޫނު ހުއްދަ ނުކުރާ ގޮތެއްގެ މަތިން އަތުގައި އެއްޗެއް ބެހެއްޓުން
"ގާނޫނު ހުއްދަ ނުކުރާ ގޮތެއްގެ މަތިން އަތުގައި އެއްޗެއް ބެހެއްޓުން" ކަމަށް ބުނެފައިވަނީ އަތުގައި އެއްޗެއް ބަހައްޓައިގެން މީހަކު ކުށުގެ ޒިންމާ އުފުލަންޖެހޭނީ އެ މީހަކަށް އެނގިހުރެ، އަންނަނިވި ކަންކަމުންކުރެ ކަމެއް އޭނާ ކުރާ ހާލަތުގައި، އެކަންޏެވެ: (1) އަތުގައި އެއްޗެއް އޮވެ އެ އެއްޗަކީ އޭނާ ހޯދި، ނުވަތަ އޭނާ ބަލައިގަތް އެއްޗަކަށްވުން؛ ނުވަތަ (2) އަތުގައި އެއްޗެއް އޮވެ އެ އެއްޗެއް އަތުން ދޫކޮށްލުމަށް އެކަށީގެންވާ ވަގުތު ލިބިމެ، އެ އެއްޗެއް އޭނާގެ އަތުގައި އޮތުން.
ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތެއް
"ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ޖަމާއަތެއް" ކަމަށް ބުނެފައި އެވަނީ ޓްރަސްޓާއި، ޕާރޓްނަރށިޕާއި، ސަރުކާރާއި، ސަރުކާރުގެ އެކިއެކި އިދާރާތަކާއި، އިގްތިސާދީ މަސްލަހަތަށްޓަކައި، އެއް ބައެއްގެ ގޮތުގައި، އެކަކު އަނެކަކާ ބައިވެރިވެގެން އުޅޭ ގޮތުގައި، ހަރަކާތްތެރިވާ ދެ މީހުން ނުވަތަ އެއަށް ވުރެ ގިނަ ބަޔަކަށެވެ.
ވަގުތީ ބޭނުން
"ވަގުތީ ބޭނުން" ކަމުގައި ބުނެފައި އެވަނީ މީހެއްގެ މިލްކުގައިވާ މުދާ އޭނާގެ ކިބައިން ދާއިމަށް ނިގުޅައިގަތުންކަމަށް ނުބެލެވޭ ގޮތަށް އެ މުދަލުން ހިފޭ ބޭނުމަށެވެ.
ބެހުން
"ބެހުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މުދަލަކަށް ނަހަމަ ގޯނާއެއް ކުރުމާއި އަދި އެ މުދަލަކުން އާންމުކޮށް ހިފޭ ބޭނުމަށް ނުވަތަ ނަތީޖާއަށް އުނިކަމެއް އަތުވެދާނެ ގޮތުން ކުރާ އަމަލަށެވެ.
މާއްދީ ކުށް
"މާއްދީ ކުށް" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 9/2014 (ގާނޫނުލްއުގޫބާތު) ގެ 80 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފުރިހަމަނުވާ ކުށެއްގެ ތެރޭގައި ނުހިމެނޭ ކޮންމެ ކުށަކަށެވެ.
އަމިއްލައަށް މަރުވުން
"އަމިއްލައަށް މަރުވުން" ކަމަށް ބުނެފައި އެވަނީ، ތިމާ އަމިއްލައަށް މަރުވެދާ ފަދަ އަމަލެއް އެނގިހުރެ ކުރުމަށެވެ.
ކުށުގެ ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދުން
ކުށުގެ މަގްސަދުގެ ރުކުނަކާ ގުޅޭ ގޮތުން ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދޭ ހާލަތުގައި، މި މާއްދާގެ (އ) ގައި ބަޔާންކޮށްދީފައިވާ ފަދައިން ކުށުގެ ނިޔަތް ސާބިތުވުމަކީ، އަންނަނިވި ކުށްކުށް ސާބިތުކުރުމުގައި ބޭނުން މިންގަނޑެއް ނޫނެވެ: (1) ކުރި ކުށަކީ މުހާލަފާތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވުން؛ ނުވަތަ (2) އެ ކުށަކީ މި ގާނޫނު ނޫން އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކަށް ވުމާއި، އެ ކުށް ކަނޑައެޅުމުގައި ގާނޫނުގެ މަގްސަދަކީ، ކުށުގެ ނިޔަތް ސާބިތުކުރަން ނުޖެހޭ ގޮތަށް، ކުށުގެ އެހެން މައިގަނޑު ރުކުނެއް އެކަނި ސާބިތުވުންކަން، އެ ކުށް ކަނޑައެޅި ގާނޫނުން ސާފުކޮށް ދޭހަވާން އޮތުން.
އެއްޗެހި ރައްކާކުރާ ތަން
"އެއްޗެހި ރައްކާކުރާ ތަން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ކަމުގައިވިޔަސް، ނުވަތަ ކަނޑުދަތުރުފަތުރުގެ އުޅަނދެއްކަމުގައި ވިޔަސް، ނުވަތަ އެއްގަމުއުޅަނދެއް ކަމުގައިވިޔަސް ނުވަތަ މަތިންދާބޯޓެއް ކަމުގައިވިޔަސް، މީހުންނާއި މުދާ އުފުލުމަށާއި، އެއްޗެހި ރައްކާކުރުމަށް ބޭނުންކުރާ ކޮންމެ އެއްޗަކަށެވެ.
ޒިނޭކުރުން
"ޒިނޭކުރުން" ކަމަށް ބުނެފައި އެވަނީ ފިރިހެނަކު އޭނާގެ އަނބިމީހާ ނުވަތަ އޭނާ ކުރި ރަޖުއީ ވަރިއެއްގެ އިއްދައިގައި އިން އަންހެނާ ފިޔަވައި، އެހެން އަންހެނެއްގެ ފަރުޖަށް އެ ފިރިހެންމީހާގެ ޒަކަރު ނުވަތަ ޒަކަރުގެ ކުޑަމިންވަރެއް ނަމަވެސް ވެއްދުމަށެވެ.
ހިދުމަތް
"ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މީހުން ލައްވާ ކުރުވާ މަސައްކަތަށާއި، ފަންނީ ހިދުމަތަށާއި، މުއާސަލާތުގެ ވަސީލަތްތަކަށާއި، އާންމު ބޭނުންތަކުގެ ހިދުމަތްތަކަށާއި، ގޭގޭގައި ނުވަތަ ހޮޓާހޮޓަލުގައި މީހުން ބޭތިއްބުމުގެ ހިދުމަތަށާއި، މައްރަޒުތަކަށް މީހުން ވެއްދުމަށާއި، ފިކުރީ ނުވަތަ އުފުލޭ މުދާ ބޭނުންކުރުމަށާއި، އިލެކްޓްރޯނިކް ހިދުމަތެއްގެ ބޭނުންހިފުން ހިމެނޭ ގޮތުންނެވެ. އެކަމަކު އެކަންކަމަށް އެކަނިމެ މަހްދޫދު ނުވާނޭ ގޮތުގެމަތިންނެވެ.
ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ
"ހަށިގަނޑަށް ލިބޭ ބޮޑެތި އަނިޔާ" ކަމަށް ބުނެފައި އެވަނީ މަރުވުން ނުވަތަ މަރުވެދާނެކަމުގެ ބިރު އުފެދުން ނުވަތަ ތިމާގެ ހަށިގަނޑުގެ ބަޔަކަށް ނުވަތަ ގުނަވަނަކަށް އުނިކަމެއް ނުވަތަ ގެއްލުމެއް ނުވަތަ އައިބުކަމެއް ދާއިމީ ގޮތުގައި ލިބިދީފާނެ ބޮޑެތިއަނިޔާއަށެވެ.
ނަތީޖާގެ ރުކުން
"ނަތީޖާގެ ރުކުން" ކަމަށް ބުނެފައި އެވަނީ، ކުށެއް މާނަކުރެވިގެންވާއިރު، މީހެއްގެ އަމަލުގެ ސަބަބުން ބަދަލުވެގެންދިޔަ ހާލަތާ ބެހޭ ގޮތުން، އެ ކުށެއް މާނަ ކުރުމުގައި ހިމެނިގެންވާ ބަޔަށެވެ.
ހިފެހެއްޓުން
"ހިފެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ހިނގާބިނގާވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށާއި، ވަކި ތަނެއްގައި އެ ތަނުން ބޭރަށް ނުދެވޭ ގޮތަށް މީހަކު ހިފެހެއްޓުމަށެވެ.
ފަރުވާކުޑަކުރުން
އަންނަނިވި ހާލަތްތަކުގައި، ކުށުގެ މަގްސަދުގެ ރުކުނާ ގުޅޭގޮތުން، މީހަކު ފަރުވާކުޑަ އަމަލެއް ކޮށްފިކަމުގައި ބެލެވޭނެއެވެ: (1) މަގްސަދުގެ ރުކުން އެބައޮތްކަން އެނގިހުރެ ނުވަތަ އޭނާގެ އަމަލުން އެރުކުން މެދުވެރިވެދާނެކަމުގެ ނުރައްކާ ބޮޑުކަމާއި، އެނުރައްކަލާ ކުރިމަތިލާން ޖެހޭ މަގްބޫލު ސަބަބެއް ނެތްކަން އޭނާއަށް އެނގިހުރެ، އެނުރައްކަލަށް ފަރުވާލެއް ނުބެހެއްޓުން؛ އަދި (2) އޭނާ ކުރި އަމަލުގެ ޒާތަށާއި މަގްސަދަށް ބަލާއިރު އަދި އޭނާއަށް އެނގިގެންވާ ހާލަތްތަކަށް ބަލާއިރު، އެފަދަ އަމަލަކުން ނުކުމެދާނެ ނުރައްކަލުގެ ޒާތަށާއި މިންވަރަށް ފަރުވާލެއް ނުބެހެއްޓުމަކީ، އެފަދަ ހާލަތެއްގައި ހުރި މީހަކު އަމަލުކުރާނޭކަމަށް ގަބޫލުކުރެވޭ ހަމަތަކާ މުޅިން ތަފާތުގޮތަކަށް ކުރި އަމަލެއް ކަމުގައިވުން.
ށައްކެއް ނުކުރެވޭނެ މިންވަރަށް ކުށް ސާބިތުވުން
"ށައްކެއް ނުކުރެވޭނެ މިންވަރަށް ކުށް ސާބިތުވުން" ކަމަށް ބުނެފައި އެވަނީ ހެކީގެ މިންގަނޑުތަކުގެ އެންމެ މަތީ ދަރަޖައިގެ ހެކިބަހުން ސާބިތުވާ ސާބިތުވުމަށެވެ. އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ސާބިތުކުރުމަށް ބޭނުންވާކަމުގެ ތެދުކަމާމެދު އެކަށީގެން ނުވާ ގޮތުގައި އެއްވެސް ށައްކެއް އުފެދޭނެ ފުރުސަތެއް ނުދިނުމެވެ.