ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޖިންސީ އަނިޔާ
"ޖިންސީ އަނިޔާ" ކަމަށް ބުނެފައިއެވަނީ ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ޖިންސީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާފަދަ އަނިޔާކުރުމާއި ލަދުގެންނެވުމާއި މިނޫންވެސް މިފަދަ އަމަލުތަކަށެވެ.
ޖުޑީށަލް ކައުންސިލް
"ޖުޑީށަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ގާނޫނެއްގެ ދަށުން އުފައްދައި، އެ ކައުންސިލްގެ އިހްތިސާސް އެ ގާނޫނުގައި ބަޔާންކޮށްދީފައިވާ ކައުންސިލަށެވެ.
ޖުމްލަ އާމްދަނީ
"ޖުމްލަ އާމްދަނީ" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތް ވިއްކައިގެން ލިބޭ ޖުމްލަ އަދަދުން އެއްވެސް ހަރަދެއް ކެނޑުން ނުވަތަ އުނިކުރުމުގެ ކުރިން އަންނަ ޖުމްލަ އަދަދަށެވެ.
ޖިންސީ އަމަލު
"ޖިންސީ އަމަލު" ކަމަށް ބުނެފައިއެވަނީ، ޖިމާއުވުންކަމަށްވިޔަސް، އަތްލުންކަމަށްވިޔަސް، އަދި އެހެން އަމަލެއް ހިންގުންކަމަށްވިޔަސް، އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު، އެކަމެއް އެކުރީ ށަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް ގަބޫލުކުރެވޭނެ އަމަލަށެވެ. ނުވަތަ އެ އަމަލެއްގެ ހިންގި ހާލަތުގައި އެ އަމަލެއް ހިންގާފައިވަނީ ށަހުވާނީ މަގްސަދެއްނޫން އެހެން މަގްސަދެއް ހާސިލުކުރުމަށް ކަމުގައި ބެލެވެންނެތް އަމަލަށެވެ.
ޖިންސީ ނިޔަތް
"ޖިންސީ ނިޔަތް" ކަމަށް ބުނެފައިއެވަނީ، ށަހުވާނީ އެދުންވެރިކަމެއް ފުއްދުމަށް ވަކިކަމެއްކުރުމަށް ކަނޑައަޅާ ކަނޑައެޅުމަށެވެ. ނުވަތަ އެ މަގްސަދު ހާސިލުކުރުމަށް ކުރާ އަމަލަށެވެ.
ޗެއިން އޮފް ކަސްޓަޑީ
"ޗެއިން އޮފް ކަސްޓަޑީ" ކަމަށް ބުނެފައި އެވަނީ، ގަވާއިދުގައި ބުނެފައިވާ ތަކެތި އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ކުރުމަށެވެ.
ޗެނަލް ރަޖިސްޓްރީ
“ޗެނަލް ރަޖިސްޓްރީ” ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް، ވަކި ޗެނަލެއް ދެއްކުމަށް ކޮމިށަނުން ދޫކުރާ ހުއްދައަށެވެ.
ޗެނަލް ޕެކޭޖް
“ޗެނަލް ޕެކޭޖް” ކަމަށް ބުނެފައި އެވަނީ، ތަފާތު ޗެނަލްތަކެއް އެއްކޮށްގެން ލިސްޓްކޮށް ވަކި ނަމެއްގެ ދަށުން އެއް އަގަކަށް ދޫކުރާ ޕެކޭޖްއަކަށެވެ.
ޗެކް
"ޗެކް" ކަމަށް ބުނެފައި އެވަނީ ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާން ކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެހިފައިގެންދާ މީހަކަށް، އެހިފައިގެން ދިއުމުން، ށަރުތަކާ ނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރަކަށެވެ
ޕެންށަން އޮފީސް
"ޕެންށަން އޮފީސް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށެވެ.
ޕެންށަނަށް ބަލާ މުސާރަ
"ޕެންށަނަށް ބަލާ މުސާރަ" ކަމަށް ބުނެފައިއެވަނީ، ޕެންށަން އޮފީހުގެ ބޯޑުން ހަދާ ގަވާއިދުތަކުގައި ޕެންށަނަށް ބަލާ މުސާރަކަމުގައި ކަނޑައަޅާ މުސާރަތަކާ އިނާޔަތްތަކަށެވެ.
ޕެންށަން އެސެޓްސް
"ޕެންށަން އެސެޓްސް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ފޯރުކޮށްދިނުމަށްޓަކައި، ގާނޫނުގެ ދަށުން ނަގާ ފައިސާއަށާއި، އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއަށެވެ.
ޕްރީ ސްކޫލް
"ޕްރީ ސްކޫލް" ކަމަށް ބުނެފައިއެވަނީ، އުމުރުން 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށް ޕްރީ ސްކޫލް ތައުލީމު ދިނުމަށް ހާއްސަ ސްކޫލްތަކަށެވެ.
ޕެސްޓް މަދުން އުޅޭ ސަރަހައްދު
"ޕެސްޓް މަދުން އުޅޭ ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ވަކި ބާވަތެއްގެ ޕެސްޓެއް މަދު މިންވަރަކަށް އުޅޭ، އަދި އެކަން ބަލައި، ކޮންޓްރޯލްކޮށް، ނައްތާލުމުގެ ފިޔަވަޅުތައް އަޅަންޖެހޭ، ދިވެހިރާއްޖޭގެ ބަޔަކަށް ނުވަތަ މުޅި ދިވެހިރާއްޖެއަށެވެ.
ޕްރޮޖެކްޓް ހައްގު
"ޕްރޮޖެކްޓް ހައްގު" ކަމަށް ބުނެފައި އެވަނީ، ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައިވާ ބިމާ ގުޅޭގޮތުން ދޫކުރެވޭ އަންނަނިވި ހައްގުތަކުގެ ތެރެއިން ހައްގަކަށް، ނުވަތަ އެއިން އެއް ހައްގަށްވުރެ ގިނަ ހައްގަށެވެ. ފްރީހޯލްޑް އުސޫލުން މިލްކުވުން ހިމެނޭގޮތަށް ދޫކުރެވޭ މުދަލުގެ މިލްކުވެރިކަމުގެ ހައްގު؛ ނުވަތަ
އެއް އެއްބަސްވުމުގެ ދަށުން ނުވަތަ އެއް އެއްބަސްވުމަށްވުރެ ގިނަ އެއްބަސްވުމުގެ ދަށުން، ކޮންމެ މުއްދަތަކަށް ނަމަވެސް ކުއްޔަށްދޭ ދިނުން.