ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ހަރަދުކޮށް ބަލަހައްޓަންޖެހޭ ކުދިންނާއި މީހުން
"ހަރަދުކޮށް ބަލަހައްޓަންޖެހޭ ކުދިންނާއި މީހުން" ކަމުގައި ބުނެފައި އެވަނީ، އެއް ގޭބިސީއެއްގައި ދިރިއުޅެމުންދާ އެހީއަށް އެދޭ މީހާއާއި، އެ މީހާ ބަލަހައްޓަންޖެހޭ ކުދިންނާއި މީހުންނަށެވެ.
'ކުއްޔަށްދީފައިވާ ރަށްރަށް
'ކުއްޔަށްދީފައިވާ ރަށްރަށް' ކަމުގައި ބުނެފައިއެވަނީ، މި އުސޫލަށް ޢަމަލުކުރަންފަށާ ތާރީހްގައި ކުއްޔަށްދީފައިވާ ރަށްރަށް ނުވަތަ ބިންބިމަށެވެ.
ޓޫރިޒަމްގެ މަސައްކަތް
"ޓޫރިޒަމްގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 15/1979 ގެ "ނޯޓް" ގެ (ހ) ގައި ބަޔާންކޮށްފައިވާ "ޓޫރިސްޓް ރިޒޯޓެއް" ނުވަތަ (ށ) ގައި ބަޔާން ކޮށްފައިވާ "ޓޫރިސްޓް ހޮޓަލެއް" ނުވަތަ "ގެސްޓްހައުސް" އެއް ހެދުމަށާއި އެފަދަ ތަނެއް ހިންގުމުގެ މަސައްކަތަށެވެ.
'ކަސްޓޯޑިއަލް އެސެޓްތައް
'ކަސްޓޯޑިއަލް އެސެޓްތައް' ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރާއި އެކު ވެފައިވާ ކަސްޓޯޑިއަލް އެގްރީމެންޓެއްގެ ދަށުން ކަސްޓޯޑިއަންގެ ބެލުމުގެ ދަށުގައިވާ އެސެޓްތަކަށެވެ. އޭގެ ތެރޭގައި ނަގުދު ފައިސާއާއި މުދަލާއި އެހެނިހެން އެސެޓްތައް ހިމެނެއެވެ.
ސައުވީސް ގަޑިއިރުގެ ބްލޯކް
"24 ގަޑިއިރުގެ ބްލޮކް" ކަމަށް ބުނެފައި އެ ވަނީ، ޗެކް-އިން ވާ ވަގުތުން ފެށިގެން މެދުކެނޑުމަކާ ނުލައި ގުނާ ކޮންމެ 24 ގަޑިއިރަކަށެވެ.
ޖުޑިށަލް ސަރވިސްގެ މުވައްޒިފުން
"ޖުޑިށަލް ސަރވިސްގެ މުވައްޒިފުން" ކަމުގައި ބުނެފައި އެވަނީ އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހިދުމަތްކުރާ މުވައްޒިފުންނަށެވެ.
ޖަމްއިއްޔާ
"ޖަމްއިއްޔާ" ކަމަށް ބުނެފައިވަނީ، ވިޔަފާރިކުރުމާއި ވިޔަފާރި ފައިދާ ނޫން މަގްސަދުތަކުގައި ގާނޫނުގައިވާ ގޮތުގެމަތިން ހަދާ ޖަމްއިއްޔާ، ކްލަބް ފަދަ ޖަމާއަތްތަކަށެވެ.
ޖިނާއީ ކުށެއް
"ޖިނާއީ ކުށެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ޖިނާއީ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.
ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނު
"ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކުގެ ތެރެއިން ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނުތަކާއި، ވަކި ދާއިރާއެއް ނުވަތަ ކަމަކާގުޅޭ ޤާނޫނެއްގައި ޖިނާއީ ކުށްކުށާގުޅޭ މާއްދާތައް އެކުލެވޭ ގާނޫނުތައް ހިމެނޭގޮތުންނެވެ.
ޖިނާއީ މައްސަލައެއްގެ ށަރީއަތް
"ޖިނާއީ މައްސަލައެއްގެ ށަރީއަތް" ކަމަށް ބުނެފައިއެވަނީ، ކުށެއް ކޮށްފައިވާ ކަމުގެ ދައުވާ އުފުލިފައިވާ މީހެއްގެ މައްޗަށް އޭނާ ކޮށްފައިވާ ކަމަށް ބަޔާންކުރާ ކުށް ސާބިތުވޭތޯ ކަނޑައެޅުމަށްޓަކައި، އަދި ކުށް ސާބިތުވެއްޖެނަމަ، ކުށަށް އަދަބު ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތަށެވެ.
ޖިނާއީ މައްސަލައެއްގެ ތަހްގީގު
"ޖިނާއީ މައްސަލައެއްގެ ތަހްގީގު" ކަމަށް ބުނެފައިއެވަނީ، ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ މީހަކު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ކުރެވޭ ތަހްގީގަށެވެ.
ޖިނާއީ ބޮޑު ކުށެއް
"ޖިނާއީ ބޮޑު ކުށެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އެ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ ކުށަކަށެވެ. ނުވަތަ އެހެން ގައުމެއްގެ ގާނޫނެއްގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް، އެއީ، ދިވެހިރާއްޖޭގައި އެ ކުށުގެ އަމަލު ހިނގައިފިނަމަ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އެ އަމަލުން ފުރިހަމަވާ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ ކުށަކަށެވެ.
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު
"ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު" މި އިބާރާތަށް ދީފައިއެވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2014) ގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މާނަކުރުމެވެ. އޭގެތެރޭގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ށިކާރައަކަށްވާ ފަރާތުގެ ނުރުހުމުގައި ކުރާ އަންނަނިވި ކަންކަން ހިމެނެއެވެ؛
ފޮށުމުގެ ގޮތުން ތުނބުން ފުމުން.
އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުން.
ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން.
ބެއްދުން.
ސަލާމްކުރުމުގެ ގޮތުން އަތުގައި ހިފުމަށްފަހު، ދޫނުކޮށް އަތަށް ފިއްތުން ނުވަތަ ކޮއްޓުން.
އޮރިޔާން ކާޑު ނުވަތަ ބަދުއަހްލާގީ އަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ދައްކާ ހެދުން.
ފޮށުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީ ގޮތުން ނޭދެވޭ ވާހަކަ ދައްކާ ސަމާސާކުރުން.
ވަޒީފާ ދެވޭނީ ނުވަތަ ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ވަޒީފާގައި ކުރިއެރުމުގެ ފުރުސަތު ލިބޭނީ ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ އެނޫންވެސް ކުރިއެރުމެއް ލިބިދެވޭނީ، ބަދަލުގައި ޖިންސީ އެދުމެއް ފުއްދައިދިނުމުން ނުވަތަ ޖިންސީ ފުރައްސާރަކުރުމުގެ ނުވަތަ ގޯނާކުރުމުގެ އަމަލެއް ބަލައިގަތުމުން ކަމަށް ދޭހަވާ ގޮތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހުށަހަޅާ ހުށަހެޅުންތައް.
ޖަލު އޮފިސަރު
"ޖަލު އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ރިމާންޑް ޖަލެއް ނުވަތަ އާންމު ޖަލެއްގައިނަމަ، ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން އެ ޖަލެއްގައި މަސައްކަތްކުރަން އައްޔަނުކޮށްފައިވާ މުވައްޒަފަކަށެވެ.
ޖަލު
"ޖަލު" ކަމަށް ބުނެފައި އެވަނީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013) ގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ރިމާންޑް ޖަލުތަކާއި އާންމު ޖަލުތައް ހިމެނޭ ގޮތުންނެވެ.