ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ނެޓްވަރކް ފެސިލިޓީ އެކްޓިވިޓީ
"ނެޓްވަރކް ފެސިލިޓީ އެކްޓިވިޓީ" ކަމަށް ބުނެފައި އެވަނީ، ނެޓްވަރކާބެހޭ ތަކެތި އިންސްޓޯލްކޮށް، މަރާމާތުކޮށް، ބަދަލުކޮށް ނުވަތަ ބަދަލުގެނެސް، އަދި މިނޫންވެސް މިފަދަ ކަމެއްކުރުމުގެ ތެރޭގައި ކުރަންޖެހޭ އެހެނިހެން ކަންތައްތަކަށެވެ.
ފައިސާފޮތި
"ފައިސާފޮތި" ނުވަތަ "ނޫޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ފައިސާގެ ގޮތުގައި ބޭނުން ކުރުމަށް ނެރެފައިވާ ނޫޓަށާއި ފައިސާފޮއްޗަށެވެ.
ނަފްސާނީ ބަލިތަކާބެހޭ ސިއްހީ ހިދުމަތްތެރިން
"ނަފްސާނީ ބަލިތަކާބެހޭ ސިއްހީ ހިދުމަތްތެރިން" ކަމުގައި ބުނެފައި އެވަނީ، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި އެފަދަ ބަލި މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޑޮކްޓަރުންނާއި، ސައިކިއެޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސެލަރުންނާއި، އެ ފަންނުގެ ސިއްހީ އެހީތެރިންނަށެވެ.
ހުއްދަދީފައިވާ ކަސްޓޯޑިއަލް ހިދުމަތްތައް
'ހުއްދަދީފައިވާ ކަސްޓޯޑިއަލް ހިދުމަތްތައް' ކަމަށް ބުނެފައި އެވަނީ، ކަސްޓޯޑިއަން ހުށަހަޅާ ހިދުމަތްތަކާއި އަދި ލައިސަންސަށް އެދި ހުށަހަޅާއިރު ވަކިވަކިން ފާހަގަކޮށްފައިވާ ހިދުމަތްތަކާއި، ކަންތައްތައް އަދި ހިދުމަތްތަކުގެ ތެރެއިން އޮތޯރިޓީއިން ކަސްޓޯޑިއަން އަށް ދީފައިވާ ލައިސަންސްެ ގެ ދަށުން ދޫކޮށްފައިވާ ހިދުމަތްތަކަށެވެ. މީގެ ތެރޭގައި މުދާ ރައްކާތެރިކޮށް ބެލެހެއްޓުން (ޕޯޓް ފޯލިއޯ ސެކިއުރިޓީޒް، ނަގުދު ފައިސާ އަދި އެހެނިހެން މުދާ) ބުކް އެންޓްރީ ޓްރާންސެކްށަންސް އާއި އިންކަމް ކަލެކްށަން ޓްރޭޑް ސެޓްލްމަންޓް، ކޯޕަރޭޓް އެކްށަން މޮނިޓަރިނގ، ޓެކްސް ވިތު ހޯލްޑިންގ، ޓްރާންސްފަރ އޭޖެންސީ ސަޕޯޓް، އޮޑިޓްކުރުން، ފައިނޭންށިއަލް ރިޕޯޓިންގ، ފައިސާ މެނޭޖްކުރުން، ސެކިއުރިޓީޒް ލޭންޑިންގ އަދި ބޭރުގެ ފައިސާ އެކްސްޗޭންޖް ކުރުން ހިމެނެއެވެ.
ހުއްދަ ހާލަތު
"ހުއްދަ ހާލަތު" ނުވަތަ "ހުއްދަކުރެވިގެންވާ ދިފާއު" ކަމަށް ބުނެފައިވަނީ އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަށެވެ: (1) އެ އަމަލުކުރީ، ގެއްލުމަކުން ނުވަތަ ނުރަގަނޅު ކަމަކުން އެހެން މީހަކު ސަލާމަތްކޮށްދިނުމަށްޓަކައި، ކޮންމެހެން އެ އަމަލުކުރަންޖެހޭ ހާލަތެއްގައި ކަމުގައިވުން؛ (2) ދައުވާ އުފުލިގެންވާ ކުށް ކަނޑައަޅާފައިވާ ގާނޫނުން ސަލާމަތްކުރުމަށް ބޭނުންވާ ގެއްލުމާއި ނުރަނގަޅު ކަންތަކަށް ވުރެ، އޭނާ ކުރި އަމަލުން ހުއްޓުވި ގެއްލުމާއި ނުރަގަނޅު އަމަލު ބޮޑުވުން؛ އަދި (3) އުފުލިފައިވާ ދައުވާގައި ބޭނުންކުރާ ދިފާއަކީ ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުގެ މަގްސަދަށް ބަލާއިރު ބޭނުންކުރެވިގެން ނުވާނެ ދިފާއެއްކަން ސާފުކޮށް އެ ގާނޫނުން އެނގެން ނެތުން.
ހުއްދަކުރެވިގެންވާ ދިފާއު
"ހުއްދަކުރެވިގެންވާ ދިފާއު" އަދި "ހުއްދަ ހާލަތު" ކަމަށް ބުނެފައިވަނީ އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަށެވެ: (1) އެ އަމަލުކުރީ، ގެއްލުމަކުން ނުވަތަ ނުރަގަނޅު ކަމަކުން އެހެން މީހަކު ސަލާމަތްކޮށްދިނުމަށްޓަކައި، ކޮންމެހެން އެ އަމަލުކުރަންޖެހޭ ހާލަތެއްގައި ކަމުގައިވުން؛ (2) ދައުވާ އުފުލިގެންވާ ކުށް ކަނޑައަޅާފައިވާ ގާނޫނުން ސަލާމަތްކުރުމަށް ބޭނުންވާ ގެއްލުމާއި ނުރަނގަޅު ކަންތަކަށް ވުރެ، އޭނާ ކުރި އަމަލުން ހުއްޓުވި ގެއްލުމާއި ނުރަގަނޅު އަމަލު ބޮޑުވުން؛ އަދި (3) އުފުލިފައިވާ ދައުވާގައި ބޭނުންކުރާ ދިފާއަކީ ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުގެ މަގްސަދަށް ބަލާއިރު ބޭނުންކުރެވިގެން ނުވާނެ ދިފާއެއްކަން ސާފުކޮށް އެ ގާނޫނުން އެނގެން ނެތުން.
ހުކުމް ތަންފީޒުކުރަމުންދާ މީހާ
"ހުކުމް ތަންފީޒުކުރަމުންދާ މީހާ" ކަމަށް ބުނެފައިއެވަނީ، ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އޭނާގެ މައްޗަށް ހުކުމް ކަނޑައަޅައި، އެ ހުކުމް ތަންފީޒުކުރަމުންދާ މީހާއަށެވެ.
ހުކުމް
"ހުކުމް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި އުފެދިފައިވާ ކޯޓަކުން ކުރާ ހުކުމަށެވެ.
ހުޅުވާލެވިފައިވާ ބާޒާރު
"ހުޅުވާލެވިފައިވާ ބާޒާރު" ކަމުގައި ބުނެފައި އެވަނީ، އާންމުކޮށް އިއުލާނު ކުރެވިގެން ހާމަކަން ބޮޑުގޮތެއްގައި ގެދޮރު ވިއްކާފަރާތް އެނގި އަދި ގަންނަން ށަރުތު ހަމަވާ ފަރާތްތަކުން ގެދޮރު ގަތުމުގެ ކަންކަން ހަމަޖެއްސުމަށް ރޭވިފައިވާ އިންތިޒާމުތަކަށެވެ. މީގެ ތެރޭގައި ސަރުކާރުން ގެދޮރުވެރިކުރުމަށް ހިންގޭ ސްކީމުތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން ގެދޮރުގަނެ ވިއްކުމުގެ އުސޫލުން ހިންގޭ ޕްރޮގުރާމުތައް ހިމެނޭނެއެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ
"ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ" މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން އާންމުވެގެންވާ މަންފާއަކަށް އުފައްދާފައިވާ ކޮންމެ ޖަމްއިއްޔާއަކަށެވެ.
ހިއްސާ
"ހިއްސާ" ނުވަތަ "ޔުނިޓް" ކަމަށް ބުނެފައި އެވަނީ:
ކުންފުންޏެއްނަމަ، އެކުންފުނީގެ މިލްކުވެރިކަން ރަމްޒުކޮށްދޭ ހިއްސާއަށް، ނުވަތަ،
ޕާޓްނަރށިޕެއްނަމަ، ޕާޓްނަރށިޕްގައި ހިއްސާވާކަމަށް ކަނޑައަޅާފައިވާ މިންވަރަށެވެ.
ހިންގާ ކޮމިޓީ
"ހިންގާ ކޮމިޓީ" ކަމަށް ބުނެފައިވަނީ، ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައިވާގޮތުގެމަތިން އެ ޖަމްއިއްޔާއެއް ހިންގުމަށް އައްޔަންކުރާ ނުވަތަ އިންތިހާބުކުރާ މަގާމުތަކަށް ޖުމްލަކޮށެވެ.
ހާޒިރުވެ ވޯޓުގައި ބައިވެރިވުން
”ހާޒިރުވެ ވޯޓުގައި ބައިވެރިވުން“ ކަމުގައި ބުނެފައި އެވަނީ، އެ ވޯޓެއް ނަގާ ވަގުތު، އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން، ވޯޓުނެގި ކަމަކާ އެއްކޮޅަށް ނުވަތަ ދެ ކޮޅަށް ވޯޓު ދިނުމަށެވެ. ހާޒިރުވެ ވޯޓުގައި ބައިވެރިވި މީހުންގެ އަގުލަބިއްޔަތު ބެލުމުގައި، ވަކި ކޮޅަކަށް ވޯޓު ނުދޭ މެންބަރުންނެއް ނުގުނޭނެއެވެ.

ހައިބްރިޑް އަސާސް
"ހައިބްރިޑް އަސާސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކަންޖެހޭ ހިސާބުގެ ބައެއް އެ ތަނުން ހަދާ އިންވޮއިސްގެ މައްޗަށް ބިނާކޮށް އަދި އެ ތަނުން ހަދާ ޓެކްސްގެ ހިސާބުގެ ބައެއް އެ ތަނަށް ލިބޭ އަދި ދައްކާ ފައިސާގެ މައްޗަށް ބިނާކޮށް ހެދުމަށެވެ.