ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޒިންމާދާރު މީހެއް
"ޒިންމާދާރު މީހެއް" ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖެއްގެ ބެލެނިވެރިއެއް ނުވަތަ ބަލަދުވެރިއެއް ނުވަތަ އެ ކުއްޖަކާ ޒިންމާވާނެ އެނޫންވެސް ފަރާތަކަށެވެ.
ޒާތީ ހިދުމަތް ދޭ ތަންތަން
"ޒާތީ ހިދުމަތް ދޭ ތަންތަން" ކަމަށް ބުނެފައިއެވަނީ، ރީތިވުމާއި، ބޯކޮށުމާއި، ނިޔަފަތި ކެނޑުމާއި، އިސްތަށި ބޭލުމާއި، ހަށިގަނޑު ތޮރުފުމާއި، ހަށިގަނޑު ރީތިކުރުމާއި، ކުލަ ޖެއްސުމާއި، އެނޫންވެސް ގޮތްގޮތުން އަގު އަދާކޮށްފައި، މީހުންނަށް ޒާތީގޮތުން ރީތިވުމުގެ ހިދުމަތް ދޭ ތަންތަނަށާއި މަރުކަޒުތަކަށެވެ.
ޑިޕްލޮމެޓީކް މިށަން
"ޑިޕްލޮމެޓީކް މިށަން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރު ގައުމުތަކުގެ ހައިކޮމިށަންތަކާއި، ޕާރމަނަންޓް މިށަންތަަކާއި، ކޮންސިއުލޭޓުތަކާއި އެމްބަސީތަކެވެ.
ޑިޕްލޮމެޓިކް އިމްތިޔާޒު
"ޑިޕްލޮމެޓިކް އިމްތިޔާޒު" ކަމަށް ބުނެފައި އެވަނީ، ބޭރު ދައުލަތެއްގެ އިއްޒަތްތެރިއެއްކަމުގައި ވުމުން، ނުވަތަ ބޭރު ޤައުމެއްގެ ސަފީރަކަށް ވުމުން، ނުވަތަ ބައިނަލްއަޤްވާމީ މުޢާހަދާއެއްގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ބައިނަލްއަޤްވާމީ މުއައްސަސާއެއް ތަމްޞީލުކުރާ ފަރާތަކަށްވުމުން، ނުވަތަ ބައިނަލްއަޤްވާމީ މުޢާހަދާއެއްގެ ދަށުން އިމްތިޔާޒު ލިބެންޖެހޭ ފަރާތަކަށްވުމުން، އެ ފަރާތަކަށް ދިވެހި ދައުލަތުގެ ފަރާތުންދޭ އިމްތިޔާޒަށެވެ.
ޑިޓެންށަން ސެންޓަރު
"ޑިޓެންށަން ސެންޓަރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އާ ހިލާފުވެގެން ރާއްޖެއިން ޑީޕޯޓްކުރަންޖެހޭ މީހުން ކުރެ ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ކަނޑައަޅާ އުސޫލެއްގެ މަތިން ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް ބަންދުގައި ބައިތިއްބަންޖެހޭ މަރުކަޒަށެވެ.
ޑިސްއެބިލިޓީ އިންށުއަރެންސް
"ޑިސްއެބިލިޓީ އިންށުއަރެންސް" ކަމަށް ބުނެފައިއެވަނީ، ހާއްސަ އެހީއެއް ބޭނުންވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މުވައްޒަފަށް ލިބެންޖެހޭ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވޭ އިންށުއަރެންސް އަށެވެ.
ޑެރިވެޓިވް އިންސްޓްރޫމަންޓް
"ޑެރިވެޓިވް އިންސްޓްރޫމަންޓް" ކަމަށް ބުނެފައިއެވަނީ، އެއްޗެއްގެ އަގު، އެހެން ސެކިއުރިޓީއެއްގެ މައްޗަށް ބިނާވެފައިވާ މާލީ ސެކިއުރިޓީސް އަށެވެ.
ޑީން
"ޑީން" ކަމަށް ބުނެފައިވަނީ، ޔުނިވަރސިޓީގެ ފެކަލްޓީއެއް ހިންގުމަށްޓަކައި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އައްޔަންކުރެވޭ އެކަޑެމިކް އެންމެ އިސް މުވައްޒަފަށެވެ.
ޑައިވެސްޓިޗަރ ސީކުއެންސް ޕްލޭން
ޑައިވެސްޓިޗަރ ސީކުއެންސް ޕްލޭން" ކަމަށް ބުނެފައިއެވަނީ، ޕްރައިވަޓައިޒްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ދައުލަތުގެ ވިޔަފާރިކުރާ ތަންތަނުގެ ތެރެއިން ޕްރައިވަޓައިޒްކުރަންޖެހޭ ތަންތަން ވަކި ތަރުތީބަކުން ލިސްޓުކުރެވި، އެ ތަންތަން ޕްރައިވަޓައިޒްކުރެވެމުންދާ ތަރުތީބު އަންގައިދޭގޮތަށް ތައްޔާރުކުރާ ލިސްޓަށެވެ.
ޑިސްކައުންޓް
"ޑިސްކައުންޓް" ކަމަށް ބުނެފައި އެވަނީ ވިއްކާ އެއްޗެއްގެ ހަމައަގުން، ގަންނަ މީހާއަށް ކަނޑައިދޭ މިންވަރަށެވެ. ނުވަތަ ހަމައަގުން، ކަނޑައިދޭ ކަނޑައިދިނުމަށެވެ.
ޑޭކެއަރ
"ޑޭކެއަރ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިން، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން، ނުވަތަ ބަލި މީހުން، ދުވާލުގެ ގަޑިތަކުގައި ބަލަހައްޓައި، އެކުދިންނަށް ނުވަތަ އެ މީހުންނަށް އަޅާލުމުގެ ގޮތުން އަމިއްލަ ފަރުދަކު ނުވަތަ ގަނޫނީ ށަހްސަކުން އަގު ނަގާގޮތަށް ފޯރުކޮށްދޭ ހިދުމަތެކަށެވެ.
ޑައިމޯފިނުން މުއާމަލާތުކުރުން
"ޑައިމޯފިނުން މުއާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، ޑައިމޯފިން ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުން ހިމެނޭގޮތުންނެވެ
ޑިސްއެމްބާކޭށަން ފޯމު
"ޑިސްއެމްބާކޭށަން ފޯމު" ކަމަށް ބުނެފައި އެވަނީ، ރާއްޖެ އަންނަ ބިދޭސީން ފުރިހަމަކޮށް، ގާނޫނުގެ ދަށުން އިމިގްރޭށަން އޮފިސަރުންނަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ މައްލޫމާތު ފޯމަށެވެ.
ޑްރައިވިންގ އިންސްޓްރަކްޓަރ
"ޑްރައިވިންގ އިންސްޓްރަކްޓަރ" ކަމަށް ބުނެފައި އެވަނީ އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ މީހާއަށެވެ.
ޑޮކްޓަރު
"ޑޮކްޓަރު" ކަމަށް ބުނެފައިއެވަނީ، މެޑިކަލް ޑޮކްޓަރުންނަށާއި ސިއްހީ ފަރުވާދީ ބޭސްފަރުވާ ކުރުމުގެ ހުއްދަ އޮންނަ މީހުންނަށެވެ.