ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާ
"ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާ" ކަމުގައި ބުނެފައި އެވަނީ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއިން ދޫކުރާ ލައިސަންސް އޮތުމާއެކު، އެ މުއައްސަސާގައި ރަޖިސްޓަރީވެގެން ހިންގާ މީޑިއާތަކަށެވެ.
ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔާ
"ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔާ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ އިދާރާއަކުން މެޑިކަލް ސެޓިފިކެޓް ދޫކުރުމަށް ހުއްދަދީފައިވާ ފަރާތް ތަކަށެވެ.
ރަސްމީ ތައުލީމު
"ރަސްމީ ތައުލީމު" ކަމުގައި ބުނެފައި އެވަނީ، ގްރޭޑް 1 ން 10 އަކަށެވެ.
ރަސްމީ ވިޔަފާރި ބަނދަރު
"ރަސްމީ ވިޔަފާރި ބަނދަރު" ކަމަށް ބުނެފައި އެވަނީ، މާލޭގެ ކޮމާށަލް ހާބަރު، ހދ.ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު އަދި ސ.ހިތަދޫ ސަރަހައްދީ ބަނދަރުގެ އިތުރުން ހއ.އުލިގަމު ހިމެނޭ ގޮތަށެވެ.
ރަސްމީ ބަންދު ދުވަސް
"ރަސްމީ ބަންދު ދުވަސް" ކަމަށް ބުނެފައިއެވަނީ، ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދު ދުވަހާއި، ރާއްޖެ އިސްލާމްވި ދުވަހާއި، މިނިވަން ދުވަހާއި، ރަމަޒާންމަހުގެ ފުރަތަމަ ދުވަހާއި، ފިތުރު އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަހާއި، ހައްޖު ދުވަހާއި، އަޒުހާ އީދު ދުވަހަށެވެ.
ރައްޔިތެއް
"ރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، އެ މީހެއްގެ ގައުމީ ނިސްބަތް ދިވެހިރާއްޖެއަށް ނިސްބަތްވާ ކޮންމެ މީހަކަށެވެ.
ރައްޔިތުންގެ މާލިއްޔަތު
"ރައްޔިތުންގެ މާލިއްޔަތު" ކަމަށް ބުނެފައި އެވަނީ، ރަށުގެ ނުވަތަ އަތޮޅުގެ ރައްޔިތުންގެ ނަމުގައި ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުންނާއި އެކިއެކި ޖަމާއަތްތަކުން ލިބޭ އެހީއާއި، ލޯނާއި، މި ނޫނަސް އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ރައްޔިތުންގެ ނަމުގައި ޖަމާކުރެވޭ ހުރިހާ ފައިސާއަކާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ބިންބިމާއި ތަކެއްޗަށެވެ.
ރައްޔިތުންގެ ބައިވެރިވުމާއެކު ނުވަތަ ރައްޔިތުންގެ މަށްވަރާއާއެކު
"ރައްޔިތުންގެ ބައިވެރިވުމާއެކު" ނުވަތަ "ރައްޔިތުންގެ މަށްވަރާއާއެކު" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ދައުވަތު ދިނުމުން އެރަށެއްގެ ރައްޔިތުންގެ ތެރެއިން ހާޒިރުވި ބައެއްގެ ހިޔާލާއި މަށްވަރާ ހޯދުމަށެވެ.
ރައުސްމާލު
"ރައުސްމާލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާެއްޖޭގައި ވިޔަފާރިކުރުމަށް އެދި ހުށަހަޅާ ބިދޭސީ ފަރާތަކުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާއިރު، ހުއްދަ ކޮށްފައިވާ ރައުސްމާލުގެ ގޮތުގައި ކަނޑައަޅާ ޖުމްލަ އަދަދަށެވެ.
ރައީސުލްޖުމްހޫރިއްޔާ
"ރައީސުލްޖުމްހޫރިއްޔާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ އަދި އެ މަގާމުގައި ދެމިހުރި މީހާއަށެވެ.
ރަށެއްގެ ރައްޔިތުން
"ރަށެއްގެ ރައްޔިތުން" ކަމަށް ބުނެފައި އެވަނީ، ކައުންސިލްގެ ސަރަހައްދުގައި ރަޖިސްޓަރީވެ އެރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ރަށްވެއްސަކަށް ވެފައިވާ މީހުންނަށެވެ.
ރަށުގެ މަގެއް
"ރަށުގެ މަގެއް" ކަމަށް ބުނެފައި އެވަނީ، ރަށެއްގައި ރަށު ކައުންސިލްގެ ސަރަހައްދުގައި ހިމެނޭ އެ ކައުންސިލަކާ ހަވާލުކުރެވިފައިވާ މަގުތަކަށެވެ.
ރަށުގެ ބިމާއި ފަޅާއި ފަރުތައް
"ރަށުގެ ބިމާއި ފަޅާއި ފަރުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން ރަށު ކައުންސިލަކާއި ހަވާލުކޮށްފައިވާ މީހުން އުޅޭ ރަށެއްގެ ބިމާއި ފަރާއި ފަޅުގެ ސަރަހައްދުތަކަށެވެ
ރަށު ކައުންސިލްގެ އިދާރާ
"ރަށު ކައުންސިލްގެ އިދާރާ" ކަމުގައި ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ރަށު އޮފީސްކަމުގައި ބަލަމުން އަންނަ ތަންތަނަށާއި، އިދާރީ ހިންގުން ވަކިން ހުރި ސެކްށަންތަކަށެވެ.
ރަށު ކައުންސިލް
"ރަށު ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލަށެވެ.