ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ބަންދުގެ މަރުކަޒު
"ބަންދުގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކުރު ނުވަތަ ދިގު މުއްދަތަކަށް ނުވަތަ ވަގުތީ ގޮތުން ވިޔަސް މީހުން ގައިދުކޮށްފައި ނުވަތަ ހިފައި ހައްޔަރުކޮށްފައި ބައިތިއްބާ ކޮންމެ ތަނަކަށެވެ. ކަމަށް ބުނެފައި އެވަނީ، ކުރު ނުވަތަ ދިގު މުއްދަތަކަށް ނުވަތަ ވަގުތީ ގޮތުން ވިޔަސް މީހުން ގައިދުކޮށްފައި ނުވަތަ ހިފައި ހައްޔަރުކޮށްފައި ބައިތިއްބާ ކޮންމެ ތަނަކަށެވެ.
ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު
"ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ (1) މީހުން ބަންދުކުރާ މަރުކަޒެއްގައި ބަންދުގައި ބައިތިއްބާފައި ތިބޭ މީހުން ކޮންޓްރޯލުކުރުމަށާއި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ނުވަތަ އެފަދަ މަރުކަޒެއްގެ ބެލުމުގެ ދަށުގައިވާ މީހުން ކޮންޓްރޯލުކުރުމަށާއި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މީހެއް ކަމުގައިވުން؛ ނުވަތަ (2) ސިކުނޑީގެ ހާލަތު ސިއްހީގޮތުން ބެލުމަށްޓަކައި، ނަފުސާނީ ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި ތިބޭ މީހުން ނުވަތަ އެފަދަ މަރުކަޒަކަށް ފޮނުވުމަށްޓަކައި ބަންދުކޮށްފައި ތިބޭ މީހުން ކޮންޓްރޯލުކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މުވައްޒަފަކަށެވެ.
ބަންދު މީހުން
"ބަންދު މީހުން" ކަމަށް ބުނެފައިއެވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށެވެ.

ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން
"ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން" ކަމަށް ބުނެފައިއެވަނީ، ކަނޑައެޅިގެން ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ހުރުމަތް ކަނޑުވާލުމަށް ނުވަތަ އޭނާ ލަދުގެންނެވުމަށް އަމާޒުކޮށްގެން ހިންގޭ އަމަލުތަކަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭނެއެވެ.
ތަކުރާރުކޮށް ބަހުގެ ހަމަލާދިނުން، މަލާމާތްކުރުން ނުވަތަ އެމީހަކު ހިތްހަމަނުޖެހޭފަދަ ނަންނަމުން މުހާތަބުކޮށް ފުރައްސާރަކުރުން.
ހިތްދަތިކަން ލިބޭފަދަ އަމަލެއް ކޮށްފާނެކަމުގެ ބިރު ތަކުރާރުކޮށް ދެއްކުން.
ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ރައްކާތެރިކަމާއި މިނިވަންކަމާއި އަމިއްލަވަންތަކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ފޯރާފަދަ ގޮތަކަށް ހަސަދަވެރިކަމުގެ އަމަލުތައް ހިންގުން.
ރޯޑްވާދިނަސް
"ރޯޑްވާދިނަސް" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން އެއްގަމު އުޅަނދުފަހަރު ރަޖިސްޓަރީކޮށް ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅާ ގަވާއިދާއި ށަރުތުތަކެއްގެ މަތިން އެފަދަ އުޅަނދެއް އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަށް ކަނޑައެޅޭ ސަލާމަތީ މިންގަނޑަކަށް ފެތޭތޯ ބެލުމަށް އޮންނަ އުސޫލުތަކަށެވެ.
ރޭޑިއޯ ކޯލް ސައިން
"ރޭޑިއޯ ކޯލް ސައިން" ކަމަށް ބުނެފައި އެވަނީ، އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގައުމުގެ މުވާސަލާތާބެހޭ އިދާރާއަކުން އެ އުޅަނދަށް ދިމާވާ ހާދިސާތަކުގައި މުވާސަލާތުކުރުމަށް ހާއްސަކޮށްގެން ދީފައިވާ އަކުރުތަކެކެވެ.
ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް
"ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް" ކަމަށް ބުނެފައިވަނީ، ގާނޫނުގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަށެވެ.
ރެސިޑެންޓް ޕާރމިޓް
"ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބެހޭ ފަރާތުންދޭ ހުއްދައެވެ.
ރެސިޑެންޓުން
"ރެސިޑެންޓުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭހެ އިގުތިސާދުގައި ހަރަކާތްތެރިވާ ވަކިވަކި އާންމު ފަރުދުންނާއި ގާނޫނީ ށަހުސުތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ. ދިވެހިރާއްޖޭގައި އެއް އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ނުވަތަ ދިރިއުޅޭނެ ކަމަށް ބެލެވޭ ކޮންމެ ފަރާތެއް؛ ނުވަތަ
ދިވެހިރާއްޖޭގެ ވިޔަފާރީގެ ހަރަކާތްތައް ހިންގަމުންދާ ނުވަތަ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ހިންގާނެކަމަށް ބެލެވޭ ކޮންމެ ފަރާތެއް.
ރެގިއުލޭޓްކުރެވޭ ޕެސްޓް
"ރެގިއުލޭޓްކުރެވޭ ޕެސްޓް" ކަމަށް ބުނެފައިއެވަނީ، ކަރަންޓީންކުރާ ޕެސްޓް ނުވަތަ ރެގިއުލޭޓްކުރެވޭ ކަރަންޓީންނުކުރާ ޕެސްޓަށެވެ.
ރޫލްސް އޮފް އެންގޭޖްމަންޓް ގަވާއިދު
"ރޫލްސް އޮފް އެންގޭޖްމަންޓް ގަވާއިދު" ކަމަށް ބުނެފައިއެވަނީ، އަސްކަރީ ބާރުތަކުން، ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ބަޔަކާއި ނުވަތަ ދުށްމަނުންގެ ބާރަކާ ކުރިމަތިލާން ޖެހިއްޖެނަމަ ކުރިމަތި ލުމުގައި ގެންގުޅެންޖެހޭނެ އުސޫލުތަކާއި، މިންގަނޑުތަކާއި، ބޭނުންކުރެވޭނެ ބާރުގެ މިންވަރާއި، ހަމަލާދެވޭނޭ ގޮތްތަކާއި، އަދި ހަތިޔާރުން ހަމަލާދެވޭނެ ހާލަތްތައް ފަދަ ކަންކަން ބަޔާންކޮށްދޭ ގަވާއިދަށެވެ.
ރުއްގަސް ކެނޑުން
"ރުއްގަސް ކެނޑުން" ކަމަށް ބުނެފައިއެވަނީ ރުކެއް ނުވަތަ ގަހެއް (ލަކުޑީގެ ބޭނުމަށް ނުވަތަ ބިން ބޭނުންކުރުމަށް) ނައްތާލުމުގެ ގޮތުން ކަނޑާލުމަށެވެ.)
ރީއެކްސްޕޯޓް
"ރީއެކްސްޕޯޓް" ކަމަށް ބުނެފައި އެވަނީ، ގަވާއިދުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވިފައިވާ ތަކެތި، އެ ތަކެތީގެ ޒާތަށް ބަދަލެއް ނުގެނެސް، ދިވެހިރާއްޖެއިން ބޭރަށް ގަވާއިދުން ގެންދިއުމަށެވެ.
ރީބްރޯޑްކާސްޓް ކުރާ ފަރާތް
ރީބްރޯޑްކާސްޓް ކުރާ ފަރާތް ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިގެން އެ ހިދުމަތް ފޯރުވައިދޭ ކޮންމެ ފަރާތަކަށެވެ.