ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ބެޗް ޓްރާންސްފަރ
"ބެޗް ޓްރާންސްފަރ" ކަމަށް ބުނެފައިއެވަނީ، އެކަކަށްވުރެ ގިނަ ޓްރާންސްފަރތަކެއް އެއްކޮށްލައިގެން އެއް މާލީ އިދާރާއަކަށް ފޮނުވޭ ޓްރާންސްފަރތަކަށެވެ. މިއީ ވަކި ފަރުދަކަށް ނުވަތަ އެކަކަށްވުރެ ގިނަ މީހުންނަށް ކުރެވިދާނެ ޓްރާންސްފަރއެކެވެ
ބެލޭންސް އޮފް ޕޭމެންޓް ކްރައިސިސް
"ބެލޭންސް އޮފް ޕޭމެންޓް ކްރައިސިސް" ކަމަށް ބުނެފައި އެވަނީ ގައުމުގެ ބެލޭންސް އޮފް ޕޭމަންޓް ދަރަނީގެ މިންވަރު ނުދެމެހެއްޓެނިވި މިންވަރަކަށް ދިޔުމެވެ.
ބެލެނިވެރިއެއް
"ބެލެނިވެރިއެއް" ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެ ކުއްޖާގެ ބަލަދުވެރިން ހިމެނޭ ގޮތަށެވެ.
ބެނެފިށަލް އޯނަރ
"ބެނެފިށަލް އޯނަރ" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތެއް ކޮންޓްރޯލްކުރާ ފަރުދެއް، ނުވަތަ އެއްވެސް ފަރާތެއްގެ ނަމުގައި އެހެން ފަރާތަކުން މުއާމަލާތެއް ހިންގާނަމަ އެ މުއާމަލާތް ހިންގާ ފަރާތެއް، ނުވަތަ ގާނޫނީ ށަހްސެއްގެ ނުވަތަ ހަމަޖެހިފައިވާ އެރޭންޖްމަންޓެއްގެ މައްޗަށް ބާރު ހިންގޭނެ ފަރާތަކަށެވެ.
ބުލިއަން
"ބުލިއަން" ކަމަށް ބުނެފައި އެވަނީ ގިނަ އަދަދަކަށް ހުންނަ ރަނާއި، ރިއްސާއި، ނުވަތަ ގަނޑުރަނާއި، ގަނޑުރިއްސާއި، އަދި ހާއްސަކޮށް ބަރުދަނަށް ނިސްބަތްކޮށް ބަލާއިރު، ގިނަ އަދަދެއްގެ ރަނާއި ރިއްސާއި އެނޫންވެސް މައްދަނެއްގެ ފައިސާ ފޮއްޗަށެވެ.
ބިލްޑިންގ ކޯޑު
"ބިލްޑިންގ ކޯޑު" ކަމަށް ބުނެފައިއެވަނީ، ޢިމާރާތްކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް އެކުލެވޭ، އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 4/2017) ގެ 95 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހަދާ ގަވާއިދަށެވެ.
ބިދޭސީން
"ބިދޭސީން" ކަމަށް ބުނެފައި އެވަނީ، ދިވެހިރައްޔިތުން ނޫން މީހުންނަށެވެ.
ބިދޭސީ ކުންފުނި
"ބިދޭސީ ކުންފުނި" ކަމަށް ބުނެފައިއެވަނީ، އެ ކުންފުންޏެއްގެ ހުއްދަކޮށްފައިވާ ހިއްސާގެ ރައުސްމާލުގެ ތެރެއިން، އެހާތަނަށް ދޫކޮށްފައިވާ ހިއްސާ ރައުސްމާލުގެ އަގްލަބިއްޔަތަށް ނިސްބަތްވާ ހިއްސާގެ މިލްކުވެރިކަން، ބިދޭސީ ރައްޔިތަކަށް ނުވަތަ ބަޔަކަށް ނުވަތަ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް މިލްކުވެގެންވާ ކުންފުންޏަށެވެ.
ބިރުދެއްކުން
"ބިރުދެއްކުން" ކަމަށް ބުނެފައި އެވަނީ، އަނގަބަހުން ވިޔަސް، ލިޔުމުން ވިޔަސް، އަދި ކުރާ އަމަލެއްގެ ސަބަބުންވިޔަސް ބިރުދައްކާ ކަމުގެ އިހުސާސް އަނެކާއަށް ލިބިދެވޭނެ ކަމުގައި ބެލެވޭ ކޮންމެ އަމަލެއް ހިމެނޭގޮތުންނެވެ.
ބިން
"ބިން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން އެކިއެކި ކަންކަމަށާއި ބޭނުންތަކަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ބިންތަކެވެ.
ބާތިލުވުން
"ބާތިލުވުން" ކަމަށް ބުނެފައި އެވަނީ، އަމަލުކުރުން ހުއްޓާލުމަށާއި، ކެންސަލްކުރުމަށާއި، އޮތް އެއްޗެއް އެހެންގޮތަކަށް ބަދަލުކުރުމަށާއި، އެކަހެރިކުރުމަށެވެ.
ބާރުގެ ބޭނުންކުރުން ހުއްދަވެގެންނުވާ ހާލަތު
ބާރުގެ ބޭނުންކުރުން ހުއްދަވެގެންނުވާ ކަމަށް ބުނެފައިވަނީ އަންނަނިވި ހާލަތްތަކުގައި ބާރުގެބޭނުންކުރާ ކުރުމަށެވެ: (1) މި ގާނޫނުގެ 2 ވަނަ ބައިގައި ކަނޑައަޅާފައިވާ ކުށެއްގެ، މަގްސަދުގެ ރުކުންތަކުގެ ތެރެއަށް، އެ އަމަލު ފެތުން؛ އަދި (2) ދިމި ބާބުގައި ކަނޑައަޅާފައިވާ ދިފާއަކަށް އެ އަމަލު ނުފެތުން؛
ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓް
"ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓް" ކަމަށް ބުނެފައިއެވަނީ، ޕެސްޓްގެ ގުދުރަތީ ހަތުރުންނާއި، އެއާ ވާދަކުރާ، ނުވަތަ ދެކޮޅު، ނުވަތަ އެނޫންވެސް ޕެސްޓް ކޮންޓްރޯލްކުރުމަށް ބޭނުންކުރެވޭ އޯގަނިޒަމަށެވެ.
ބަގާވާތްތެރިން
"ބަގާވާތްތެރިން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއް ކުރާ ދިވެހިންނެވެ.
ބަލާ ނިންމާފައިވާ މައްސަލަތައް
“ބަލާ ނިންމާފައިވާ މައްސަލަތައް” ކަމުގައި ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން ވަކިކޯޓަކަށް ވަކި ނިޒާމެއްގެ ތެރެއިން މައްސަލަތައް ބަލައި ނިންމުން ހަމަޖެހިފައި އޮންނަ ހާލަތުގައި ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެފަދަ ކޯޓަކުން ފުރަތަމަ ކުރާ ހުކުމްތައް ހިމެނޭގޮތަށެވެ.