ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ހަނގުރާމަވެރި ހަތިޔާރު
ހަނގުރާމަވެރި ހަތިޔާރުގެ މާނައިގައި އަންނަނިވި ތަކެތި ހިމެނޭނެއެވެ: (1) ވަޒަނެއް ނުވަތަ މިސައިލެއް ފޮނުވާލެވޭފަދަ ހުރިހާ ބާވަތެއްގެ ހަތިޔާރު، (2) ވަޒަން، ބަޑީގެ ކާޓްރިޖް
(3) މަތީގައިއެވާފަދަ ހަތިޔާރެއް ބޭނުން ކުރުމުން ނުކުންނަ އަޑު ނުވަތަ އަލި މަޑު ކުރުމަށް ނުވަތަ އެ ހަތިޔާރެއް އަމާޒުކުރުން ފަސޭހަ ކުރުމަށް ހަދާފައިވާ ހަތިޔާރުގެ ބައިތައް (4) އެއްވެސް ވިހައެއް ފޮނުވުމަށް ހަދާފައިވާ ހަތިޔާރު (5) ކަނޑި، ލޮންސި، ތީރު، ދުނިދަނޑި (6) މި މާއްދާގައި ބަޔާން ކޮށްފައިވާ ހަތިޔާރެއްގެ ބައެއް ނުވަތަ އެފަދަ ހަތިޔާރެއް އުފުލަން ހަދާފައިވާ އުޅަނދު ނުވަތަ އެއްޗެހި
ގޮވާ އެއްޗެހި
ގޮވާ އެއްޗެހި" ގެ މާނައިގައި ތިރީގައި އަންނަނިވި ތަކެތި ހިމެނެއެވެ (1) ނައިޓްރޯގްލިސަރިން، ޑައިނަމައިޓްފަދަ ތަކެތި (2) ރޮކެޓް، ބަޑީގެ ކާޓްރިޖް އަދި ހުރިހާ ބާވަތެއްގެ ބޮމާއި، ވަޒަނާއި އަދި މިފަދަ އެއްޗެހި ގޮއްވާލުމަށް ބޭނުންކުރާ ފިއުޒުފަދަ ތަކެތި، (3) އެއްޗެއްގައި ހިމެނިފައިވާ މާއްދާއެއްގެ ސަބަބުން އެ އެއްޗަކީ ގޮވާ އެއްޗެއް ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީން ކަނޑައަޅާ ތަކެތި.
އޮރިޔާންކާޑު
އޮރިޔާންކާޑުގެ މާނައިގައި ޖިންސީ ގުނަވަންތައް ދައްކައިދޭ މަންޒަރު ހުރި ފޮޓޯއާއި ފިލްމާއި ޖިންސީގުޅުން ސިފަކޮށްދޭ އަޑާއި، ވާހަކައާއި، ޖިންސީގުޅުން ހިންގާ މަންޒަރު ދައްކައިދޭ ފިލްމާއި، ފޮޓޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ އަޅާފައިވާ ހުންނަ ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި ހިމެނޭނެއެވެ.
ޓެކްސް
”ޓެކްސް“ ނުވަތަ ”ޓެކުހެއް“ ކަމުގައި ބުނެފައި އެވަނީ، ދެވޭ ހިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ގަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީ އެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ގާނޫނީ އެނޫންވެސް ށަހްސަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ.
ޓްރައިބިއުނަލް
”ޓްރައިބިއުނަލް“ ކަމުގައި ބުނެފައި އެވަނީ، ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ހިލާފު އުފެދިފައިވާ ހާލަތުގައި، އެކަމަކާމެދު ވަކިގޮތެއް ކަނޑައަޅައި ދިނުމަށްއެދި ހުށަހެޅުމުން، އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ގާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ.
ސަރަހައްދުގެ ރައްކާތެރިކަން
”ސަރަހައްދުގެ ރައްކާތެރިކަން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެންމެހައި މީހުންނާއި ތަންތަނާއި ތަކެތީގެ ރައްކާތެރިކަމަށާއި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ބައެއް ދިވެހި ދައުލަތުގެ ބާރުގެ ދަށުން ނެއްޓިގެން ދިޔަ ނުދިނުމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން
”ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމަށެވެ. މީގެ ތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ހަރަކާތްތައް ހިމެނެއެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުން ކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފުނުވެ ހިންގާ ސުލްހަވެރި ހަރަކާތްތަކެއް މީގެތެރޭގައި ނުހިމެނެއެވެ.
ދުށްމަން
”ދުށްމަން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ގެއްލުންވާފަދަ ޢަމަލެއް ކުރާ ބިދޭސީންނަށެވެ. ”ދުށްމަން“ ގެ މާނައިގައި ރައްޔިތުންނެއް ނުހިމެނޭނެއެވެ.
ދުސްތޫރީ މައްސަލަ
”ދުސްތޫރީ މައްސަލަ“ ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީ ގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާޢިދެއް ނުވަތަ ގަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީ އާ ހިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާން ޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.
މާލީ އެއްވެސް މަސްލަހަތެއް ބޭއްވުން
”މާލީ އެއްވެސް މަސްލަހަތެއް ބޭއްވުން“ ކަމުގައި ބުނެފައި އެވަނީ،އެކަމަކުން އެމީހެއްގެ މުދާވެރިކަމަށް ނުވަތަ ފައިސާވެރިކަމަށް އިތުރު ތަނަވަސްކަމެއް ހޯދިދާނެ، ނުވަތަ އެ މީހެއްގެ މުދާވެރިކަން ނުވަތަ ފައިސާވެރިކަން ގެއްލުމަކުން ރައްކާތެރިވެވިދާނެ ކަމެއް ކުރުމަށެވެ.
އިސްލާމީ ށަރީއަތް
”އިސްލާމީ ށަރީއަތް“ ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަހްވާލުއްށަހްސިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.
އިސްލާމް ދީނުގެ އަސްލު
"އިސްލާމް ދީނުގެ އަސްލު" ކަމުގައި ބުނެފައި، އެވަނީ ކީރިތި ގުރުއާނާއާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެތެރެއިން، އެކަމެއްގެ ސައްހަކަމާމެދު ހިލާފު އުފެދިފައިނުވާ ށަރުޢީ އުސޫލުތަކާއި މި ދެއަސްލުން ދޭހަކޮށްދޭ އުސޫލުތަކަށެވެ.
އިންތިހާބު
”އިންތިހާބު“ ކަމުގައި ބުނެފައި އެވަނީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ހަދާ ގާނޫނުގެ ދަށުން ޢާންމުކޮށް ރައްޔިތުން ވޯޓުލައިގެން، އެކިއެކި ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާއިންތިހާބުތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ ޢާންމު އިންތިހާބުތަކަށާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުތަކަށެވެ. އިންތިހާބުގެ މާނައިގައި މިއިން މަގާމެއް ހުސްވެގެން ވަކި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްށަންތައް ވެސް ހިމެނެއެވެ.
ކޯޓު
”ކޯޓު“ ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ށަރީޢަތްކުރުމަށް ގާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، ގާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ.
ދައުލަތުގެ ތަންތަން (އޮޑިޓާއި ގުޅޭ)
"ދައުލަތުގެ ތަންތަން" ކަމަށް ބުނެފައި އެވަނީ ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އޮފީސްތަކާއި، އެކިއެކި މުއައްސަސާތައް، ދައުލަތުގެ ވިޔަފާރި ތަންތަން ނުވަތަ ދައުލަތުގެ ކޮންޓްރޯލިންގ ހިއްސާ އޮންނަ ވިޔަފާރި ތަންތަނާއި އަދި ސަރުކާރުގެ ޓްރަސްޓް، ނުވަތަ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ޓްރަސްޓް ތަކަށެވެ.