ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ބްރޯޑްކާސްޓްކުރުން
"ބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައިއެވަނީ، ވަސީލަތެއް ބޭނުންކޮށްގެން ޢާންމުކޮށް، ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް، މަންޒަރު ނުވަތަ އަޑު، ނުވަތަ އަޑާއި މަންޒަރު ޓީވީ، ނުވަތަ ރޭޑިޔޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ދުރަށް ފޮނުވުމަށެވެ
ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް
“ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް” ކަމަށް ބުނެފައި އެވަނީ ، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް ކޮމިށަނުން ދޫކުރާ ލައިސަންސަ ށެވެ.
ބްރޯޑްކާސްޓް
"ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ޓީވީ މެދުވެރިކޮށް ނުވަތަ ރޭޑިއޯ މެދުވެރިކޮށް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ނުވަތަ މޮބައިލް ފޯން، ޓެބްލެޓް ފަދަ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް އަޑު ނުވަތަ މަންޒަރާއި އަޑު ފޯރުކޮށްދޭ ކޮންމެ ހިދުމަތަކަށެވެ.
ބޯޑް އޮފް އިންވެސްޓްމަންޓް
"ބޯޑް އޮފް އިންވެސްޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ބޯޑް އޮފް އިންވެސްޓްމަންޓްސް އަށެވެ.
ބޯޑު (ބޭންކިން)
"ބޯޑު" ކަމަށް ބުނެފައި އެވަނީ، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
ބޯހިމެނުން
"ބޯހިމެނުން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ މުޅި އާބާދީ ހިމެނޭ ގޮތަށް ތަފާސްހިސާބާބެހޭ މައުލޫމާތު ނެގުމަށެވެ.
ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރުން
"ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރުން" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ނަމަ، މިނިސްޓްރީން ހުއްދަ ދީފައިވާ މެޑިކަލް ޑޮކްޓަރުންނާއި، ޖަދުވަލު 2 ގައިވާ ބޭސްތައް ދޫކުރުމުގެ ހުއްދަ ދީފައިވާ މީހުންނަށެވެ. އަދި ދިވެހިރާއްޖެއިން ބޭރުގައިނަމަ އެ ގައުމެއްގެ ކަމާބެހޭ ރަސްމީ ފަރާތްތަކުން ބޭސްކުރުމުގެ ހުއްދަ ދީފައިވާ މެޑިކަލް ޑޮކްޓަރުންނަށެވެ.
ބޭސް
"ބޭސް" ކަމުގައި ބުނެފައިއެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރީ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކަށެވެ.
ބޭސިކް/އަސާސީ ތަފާސްހިސާބު
"ބޭސިކް/އަސާސީ ތަފާސްހިސާބު" އަކީ، ގައުމީ ފެންވަރުގައި އެކިދާއިރާތަކުން ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ބޭނުންވާ، އިގުތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބެވެ.
ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީ
"ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީގެ މަސްއޫލިއްޔަތާއި އެއްގޮތް އަދި އޮތޯރިޓީން އާންމު މަސްލަހަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދެވިގެންވާކަމަށް އޮތޯރިޓީއަށް ފެންނަ، އަދި މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނެއްގެ ދަށުން ސެކިއުރިިޓީޒް މާކެޓް ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއިން ބޭރު އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށެވެ.
ބޭރު ގައުމެއްގެ ގާނޫނު
"ބޭރު ގައުމެއްގެ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގައި އަމަލުކުރެވޭ، އެ ގައުމެއްގެ އެންމެހައި ގާނޫނަށެވެ.
ބޭރު ގައުމެއްގެ ރައްޔިތެއް
"ބޭރު ގައުމެއްގެ ރައްޔިތެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރައްޔިތެއް ކަމުގައި ނުވާ ކޮންމެ މީހަކަށެވެ.
ބޭންކް އެގްރީމަންޓް
"ބޭންކް އެގްރީމަންޓް" ގެ މާނައަކީ ބޭންކް އުފެއްދުމާއި ހިންގުމުގެ އިސްލާހު ކުރެވިފައިވާ މާއްދާތަކެވެ.
ބޭންކު-ނޫން މާލީ ވިޔަފާރި
"ބޭންކު-ނޫން މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ފިޔަވައި އެހެން ބާވަތްތަކުގެ މާލީ ވިޔަފާރިތަކަށެވެ. މީގެ ތެރޭގައި، މާރޗަންޓް ބޭންކިންގ ވިޔަފާރިއާއި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ އިންށުއަރެންސްގެ ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ކޮންސިއުމަރ ފައިނޭންސްގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ ނުވަތަ ކާޑު އިށޫކޮށް އެކްވަޔަރކުރުމުގެ ވިޔަފާރި ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އަދި ސެޓްލްމަންޓް އިންސްޓްރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި ނުވަތަ ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދޭ، ސެކިއުރިޓީޒްއާބެހޭ ވިޔަފާރިއާއި ހިދުމަތްތައް ފިޔަވައި، އެ ވިޔަފާރިއެއް ނުވަތަ މާލީ ހަރަކާތެއް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެންނަ ވިޔަފާރިއާއި މާލީ ހަރަކާތްތައް ހިމެނޭނެގޮތުންނެވެ.
ބޭންކިންގ ވިޔަފާރި
"ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ،
އާންމުންގެ ކިބައިން، ޑިޕޮސިޓްގެ ގޮތުގައި ނުވަތަ އެނޫންވެސް އެހެން ގޮތެއްގައި ފައިސާ ބަލައިގަނެ، އެ ފައިސާއެކުގައި ނުވަތަ އެ ފައިސާގެ ބައެއް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ބޭނުންކުރުން؛
(ހ) ދަރަނި ދޫކުރުން، ނުވަތަ އިންވެސްޓްކުރުން.
(ށ) އެހެން ފަރާތަކަށް ހޯދައިދިނުމުގެ މަގުސަދުގައި އަދި އެއްބަސްވުމެއްގެ ދަށުން، ސަޕްލަޔަރެއްގެ އަތުން އެސެޓެއް ގަނެ، އެ އެސެޓްގެ އަގު އެކި ފަހަރު މަތިން އަދާކުރާ ގޮތަށް އެ ފަރާތަށް ދިނުމުގެ ވިޔަފާރިކުރުން. އަދި އެ ފަރާތުން ބޭނުންވެއްޖެނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވެ އަދި އަގު އަދާކޮށް ނިމުމުން އެ ފަރާތަށް އެ އެސެޓް މިލްކުވެރިކުރުމުގެ އިހުތިޔާރު ދެވޭ ގޮތަށް ދެވޭ ވިޔަފާރިއެވެ.
އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި؛
އިސްލާމިކް ބޭންކިންގ ވިޔަފާރި؛
އޮތޯރިޓީން ކަނޑައަޅާ އެހެން ވިޔަފާރި؛