ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މަނީ ލޯންޑްރިންގ
"މަނީ ލޯންޑްރިންގ" ކަމަށް ބުނެފައި އެވަނީ، އެހަރަކާތެއްގެ ނަތީޖާއަކީ ނުވަތަ އެހަރަކާތުގެ ސަބަބުން ނުކުމެދާނެކަމަށް ބެލެވޭ ނަތީޖާއަކީ، ކުށްކޮށްގެން ހޯދައިފައިވާ ފައިސާ އާއި މުދަލުގެ ބާވަތް، އަސްލު، ހުރިތަން ހޭދަކުރާގޮތް ނުވަތަ ދައުރުވާ ގޮތް، ނުވަތަ އެފަދަ ފައިސާއާއި މުދަލުގެ މައްޗަށް އެއްވެސް މީހަކަށް އޮތް މަސްލަހަތެއް، ފޮރުވުން ނުވަތަ އޮޅުވާލުންކަމަށް ހިމެނޭ ހަރަކާތަކަށެވެ.
މަނިޓަރީ
"މަނިޓަރީ" ކަމަށް ބުނެފައި އެވަނީ ފައިސާގެ ނުވަތަ ފައިސާއާ ގުޅޭ ނުވަތަ ތަނުގެ އިގްތިސާދަށް ފައިސާ ފޯރުވައިދިނުމާ ދައުރުވާ ގޮތްތަކާ ގުޅޭކަންކަމަށެވެ.
މަހު މުސާރަ
"މަހު މުސާރަ" ކަމަށް ބުނެފައި އެވަނީ، ކޮންމެ މަހަކު އެއްފަހަރު ދެވޭ މުސާރަޔަށް ނުވަތަ މުވައްޒަފަކަށް މުސާރަދޭއިރު ކޮންމެ ދުވަހަކަށް މުސާރަދެވޭނަމަ އެ މުސާރަ މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށް، ނުވަތަ ކޮންމެ ހަފުތާއަކުން މުސާރަދެވޭނަމަ އެމުސާރަ، މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށް، ނުވަތަ މިނޫންވެސް އުސޫލަކުން ދެވޭ މުސާރަ މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށެވެ.
ވޯޓުލާ މަރުކަޒު
"ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައިއެވަނީ، އިންތިހާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓާފައިވާ ކޮންމެ ތަނަކަށެވެ. ވޯޓުނަގައި ވޯޓުގުނުމުގެ ކަންތައްތައް ހިންގާނީ ވެސް މި މަޒުކަޒުގައެވެ.
ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން
"ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައިއެވަނީ، އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާއި، ވޯޓުގުނުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ތިބޭ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެކަމަށް ކޮމިށަނުން ޢައްޔަންކޮށްފައި ތިބޭ މީހުންނަށެވެ.
ވޯޓިންގ ބޫތު
"ވޯޓިންގ ބޫތު" ކަމުގައި ބުނެފައިއެވަނީ ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ހުންނަން ކަނޑައަޅައިފައިވާ ކޮށިގަޑަށެވެ.
ވޮރަންޓީ ނުވަތަ ގެރެންޓީ
“ވޮރަންޓީ ނުވަތަ ގެރެންޓީ” ކަމަށް ބުނެފައި އެވަނީ، އެ މުދަލަކީ ވަކި ފެންވަރެއްގެ އެއްޗެއްކަމަށް، ނުވަތަ ވަކި މުއްދަތެއް ފާއިތުވަންދެން ހަލާކުނުވެ ހުންނާނެ އެއްޗެއް ކަމަށް، އަދި ހަލާކުނުވާނޭ ކަމަށް ބަޔާން ކޮށްފައިވާ މުއްދަތެއްގެ ތެރޭގައި މުދާ ގަތް ފަރާތުގެ އިހުމާލަކާ ނުލާ އެމުދަލެއް ހަލާކުވެއްޖެނަމަ އެއްވެސް އަގެއް ނެގުމަކާ ނުލައި އެމުދަލެއް މަރާމާތު ކޮށްދޭނެ ކަމަށް ނުވަތަ އެމުދަލެއްގެ ބަދަލުގައި ހަމަ އޭގެ އެހެން އެއްޗެއް ދޭނެކަމަށް ބަޔާންކޮށް، އެ އެއްޗެއް އުފައްދާފައިވާ ފަރާތަކުން ނުވަތަ ވިއްކާ ފަރާތަކުން ދޭ ލިޔުމަކަށެވެ.
ވޭޖް އެމްޕްލޯއިމަންޓް
"ވޭޖް އެމްޕްލޯއިމަންޓް" އަކީ ދިވެހި ސިވިލް ސަރވިސްގެ ހިދުމަތް ދިނުމުގައި ވަގުތީ ގޮތުން އެފެދޭ ބެނުންތައް ފުއްދުމަށް މަސައްކަތް ކުރާ ދުވަހަށް ނުވަތަ ވަގުތަށް އުޖޫރަދޭ ގތަށް މަސައްކަތު އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރުމަށް މީހުން ގެންގުޅުމެވެ.

ވެސަލް މޮނިޓަރިންގ ސިސްޓަމް
"ވެސަލް މޮނިޓަރިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، އުޅަނދުފަހަރުގެ ޕޮޒިށަން ދެނެގަތުމަށްޓަކައި އުޅަނދު ފަހަރުގައި ހަރުކުރާ އާލާތެކެވެ.
ވެކްސިން ދޭ އުމުރު
"ވެކްސިން ދޭ އުމުރު" ކަމުގައި ބުނެފައި އެވަނީ، ކުއްޖާ އުފަންވާ ދުވަހުން ފެށިގެން އުމުރުން 5 އަހަރު ފުރުމާ ދެމެދަށެވެ.
ވީޑިއޯ ނުވަތަ އިންޓަރނެޓް ލިންކެއް
"ވީޑިއޯ ނުވަތަ އިންޓަރނެޓް ލިންކެއް" ކަމަށް ބުނެފައިއެވަނީ، އެއް ތަނެއްގައި އެއްވެތިބި ބަޔަކަށް، އެހެން ތަނެއްގައި ތިބި ބަޔަކު ފެނި، އަޑުއަހައި، އެމީހުންނާ ވާހަކަ ދެއްކުމަށްޓަކައި ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ނިޒާމަކަށެވެ.
ވިޔަފާރީގެ މަސައްކަތްތަކަށް ދެވޭ ކޯޓާ
"ވިޔަފާރީގެ މަސައްކަތްތަކަށް ދެވޭ ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި އުސޫލުން އާމްދަނީ ހޯދުމަށް ކުރެވޭ އެކިއެކި ކަންކަމަށް ދެވޭ ކޯޓާއަށެވެ.
ވިޔަފާރި މުދާ ގަންނަން އެދޭ މީހުންނަށް ނުވިއްކާ ބެހެއްޓުން
“ވިޔަފާރި މުދާ ގަންނަން އެދޭ މީހުންނަށް ނުވިއްކާ ބެހެއްޓުން” ކަމަށް ބުނެފައި އެވަނީ، ހުރި މުދަލެއް ނެތްކަމަށް ބުނުމާއި، ވިޔަފާރީގެ އުސޫލުން އެ އިރެއްގައި އާންމުކޮށް ގަންނަން ލިބޭ އަގަކަށް ނުވިއްކައި ބެހެއްޓުމާއި، ވިޔަފާރި މުދަލެއް ފިހާރާގައި ނުވަތަ އެހެންވެސް ތަނެއްގައި ގަންނަން ބޭނުންވާ މީހުންނަށް ނުވިއްކާ ބެހެއްޓުމަށެވެ.
ވާރުކާޑު
"ވާރުކާޑު" ކަމަށް ބުނެފައި އެ ވަނީ، ހަމައެކަނި މީރާއަށް ފައިސާ ދެއްކުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން، ޓެކްސް ދައްކާ ފަރާތްތަކަށް ދޫކުރާ ކާޑަށެވެ.