ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އެތެރެވަރި
"އެތެރެވަރި" ކަމަށް ބުނެފައި އެވަނީ ގުދުރަތީ ގޮތުން އުފެދިފައިވާ އަތޮޅުތަކުގެ އެތެރެ ކަނޑަށެވެ.
އެމްޕްލޯއިމަންޓް އޭޖެންސީ
"އެމްޕްލޯއިމަންޓް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ، ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްކުރުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކެވެ.
އެމްއާރުޕީއެސް
"އެމްއާރުޕީއެސް" މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްކަމަށް ބުނެފައި އެވަނީ، އެނުއިޓީގެ ގޮތުގައި ނުވަތަ އެނޫން ގޮތަކުންވެސް ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ލިބިދެވޭ ޕެންށަން ސްކީމަށެވެ.
އެމްބާކޭށަން ފޯމު
"އެމްބާކޭށަން ފޯމު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭން ފުރާ ބިދޭސީން ފުރިހަމަކޮށް، ގާނޫނުގެ ދަށުން އިމިގްރޭށަން އޮފިސަރުންނަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ މައްލޫމާތު ފޯމަށެވެ.
އެމް.އާރ.ޓީ.ޖީ.އެސް
"އެމް.އާރ.ޓީ.ޖީ.އެސް" ކަމަށް ބުނެފައި އެ ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ދިވެހިރާއްޖޭގައި ހިންގާ ކޮމަރޝަލް ބޭންކްތަކާ ދެމެދު ގާއިމްކުރެވިފައިވާ "މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް" ފެސިލިޓީއަށެވެ.
އެމް.އައި.އާރް.އޭ
"އެމް.އައި.އާރް.އޭ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމުގެ އިދާރީ ގާނޫނު) ގެ ދަށުން "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ގެ ނަމުގައި އުފައްދަވާފައިވާ މުއައްސަސާއަށެވެ.
އެމް.އައި.އާރ.އޭ
"އެމް.އައި.އާރ.އޭ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ގެ ނަމުގައި އުފައްދާފައިވާ މުއައްސަސާއަށެވެ.
އެއްގަމު ދަތުރުފަތުރުގެ ނިޒާމް
"އެއްގަމު ދަތުރުފަތުރުގެ ނިޒާމް" ކަމަށް ބުނެފައި އެވަނީ މީހުން އުޅޭ ރަށްރަށާއި އަދި އާންމު ހިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައަޅާފައިވާ ބަންޑާރަ މަގުތަކާއި، ފާލަންތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ.
އެއްގަމު ދަތުރުފަތުރުގެ ނިޒާމު
"އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ މީހުން އުޅޭ ރަށްރަށާއި، އަދި ޢާންމު ޚިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެއުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި އަމިއްލަ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންބިމާއި ވަކިކަމަކަށް ދޫކުރެވިފައިވާ ރަށްރަށުގައި ޢާންމުކޮށް ދުއްވުމާއި ހިނގާބިނގާވެއުޅުމަށް ހަދާފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަޙައްދުތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ.
އެއްގަމު އުޅަނދު
"އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު އާންމު ހިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ގެންދިޔުމަށް ނުވަތަ ދިޔުމަށް އުފައްދާފައި ހުންނަ އުޅަނދަށެވެ.
އެއްމެދު އިމާރާތް
"އެއްމެދު އިމާރާތް" ކަމުގައި ބުނެފައި އެވަނީ، އެއްބިސީއަށްވުރެ ގިނަ ބިސީއަށް ވަކިން ދިރިއުޅެވޭގޮތަށް ވަކި ފުލެޓްތަކަކަށް ހަދައި، އެކަކަށްވުރެ ގިނަ މީހުންނަށް މިލްކުކުރެވޭ އިމާރާތަށެވެ.
އެއްވެސްމީހަކު
"އެއްވެސްމީހަކު" ކަމަށް ބުނެފައި އެވަނީ، ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުންނެވެ.
އެއް ގޭބިސީ
"އެއް ގޭބިސީ" ކަމުގައި ބުނެފައި އެވަނީ، އެއްކޮށް ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެންނަށެވެ.
އެއަރޮޑްރޯމް
"އެއަރޮޑްރޯމް" ކަމަށް ބުނެފައި އެވަނީ، ވައިގެ އުޅަނދު ޖައްސައި ނެގުމަށް ކަނޑައަޅައި، ތައްޔާރުކޮށް، އެކަމުގެ ވަސީލަތްތައް ގާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ.
އެކްޓިވް ޑިޔުޓީ
"އެކްޓިވް ޑިޔުޓީ" ކަމަށް ބުނެފައިއެވަނީ، މިގާނޫނުގައިވާ ގޮތުގެމަތިން ސިފައިންގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ހަމައެކަނި ސިފައިންގެ ވަޒީފާ އަދާކުރުމަށެވެ.