ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މީހުން ދިރިއުޅޭ އިމާރާތް
"މީހުން ދިރިއުޅޭ އިމާރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބޭނުންތަކުގެ ތެރެއިން ބޭނުމަކަށްޓަކައި ބޭނުންކުރެވޭ، އަދި ކުށުގެ އަމަލު ހިނގިއިރު އެ ތާނގައި މީހުން ދިރިއުޅުނުކަމުގައި ވިޔަސް އަދި ނުވިޔަސް އިމާރާތަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ނުވަތަ ކަނޑުގެ އުޅަނދަކަށް ނުވަތަ އެފަދަ އިމާރާތްތައް ނުވަތަ އުޅަނދެއްގެ ވަކި ބަޔަކަށެވެ. (1) އެ ތަނެއްގައި މީހަކު ދިރިއުޅޭ ނުވަތަ އޭނާގެ ވިޔަފާރި، ނުވަތަ އޭނާގެ އެހެންވެސްކަމެއް ހިންގާ ތަނަކަށްވުން؛ ނުވަތަ (2) ވިޔަފާރީގެ ބޭނުމަށް، ނުވަތަ ސަރުކާރުގެ ބޭނުމަށް ނުވަތަ އަޅުކަމުގެ ބޭނުމަށް ނުވަތަ ތައުލީމުގެ ބޭނުމަށް ނުވަތަ މުނިފޫހިފިލުވުމުގެ ބޭނުމަށް ނުވަތަ އާންމު އުސޫލުން ނުވަތަ ވިޔަފާރީގެ އުސޫލުން ދަތުރުފަތުރުކުރުމުގެ ބޭނުމަށް، މީހުން އެއްވެ އުޅޭ ތަނަކަށްވުން؛ ނުވަތަ (3) ރޭގަނޑު ނިދުމަށް މީހުން ބޭނުންކުރާ ތަނަކަށްވުން.
މިއުޗުއަލް ފަންޑު
"މިއުޗުއަލް ފަންޑު" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްކުރާ ގިނަ ފަރާތްތަކެއް ގުޅިގެން އެހެން ކުންފުންޏެއްގެ ނުވަތަ ކުންފުނިތަކެއްގެ ހިއްސާ، ބޮންޑް، ނުވަތަ އެފަދަ އެހެންވެސް އެސެޓްތަކުގައި އިންވެސްޓްކުރުމަށްޓަކައި އުފައްދާފައިވާ ފަންޑަކަށް ނުވަތަ އިންވެސްޓްމަންޓް ކުންފުންޏަކަށެވެ.
މިން ހަމަ ކުރުން
“މިން ހަމަ ކުރުން” ކަމުގައި ބުނެފައި އެވަނީ، މިންގަނޑެއްގެ ބޭނުންކޮށްގެން އެއްޗެއްގައި ނުވަތަ ތަނެއްގައި ހުރިވަރު ބެލުން.
މިނެކިރުން
“މިނެކިރުން” ކަމަށް ބުނެފައި އެވަނީ، އެއްޗެއް ވަޒަންކުރުން ނުވަތަ އެއްޗެއްގައި ހުރިވަރު ބެލުން.
މިނިވަން މުއައްސަސާތައް
"މިނިވަން މުއައްސަސާތައް" ކަމަށް ބުނެފައި އެވަނީ، އޮޑިޓަރ ޖެނެރަލާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ސިވިލް ސަރވިސް ކޮމިޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށެވެ. އަދި، އޭގެ އިތުރުންވެސް، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ޤާނޫނަކުން އުފައްދާ އެހެން ކޮންމެ މުއައްސަސާއެއް ނުވަތަ އިދާރާއެއް ހިމެނޭގޮތުންނެވެ.
މާލެއިން ބޭރަށް ދިޔުން
"މާލެއިން ބޭރަށް ދިޔުން" ކަމަށް ބުނެވުފައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިނގިލިން ބޭރަށް ދިއުމަށެވެ.
މާލެއިން ބޭރަށް ދިއުން
"މާލެއިން ބޭރަށް ދިއުން" ކަމަށް ބުނެފައި އެވަނީ، މާލެއާއި ހުޅުމާލެއާއި ވިނލިގިލިން ބޭރަށް ދިއުމަށެވެ.
މާލެއާއި މާލެ ކައިރީ ސަރަހައްދު
"މާލެއާއި މާލެ ކައިރީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ މާލެއިން ފެށިގެން 12 މޭލުގެ ރޭޑިއަސްއެއްގައި ހިމެނޭ ސަރަހައްދަށެވެ.
މާލީ އެހީ
"މާލީ އެހީ" ކަމުގައި ބުނެފައި އެވަނީ، ފަގީރުހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 23/2016) ގެ 9 ވަނަ މާއްދާގެ ދަށުން އެހީއަށް އެދޭ ފަރާތަކަށް ދެވޭ މިންވަރަށެވެ.
މާލީ އަހަރުގެ އާމްދަނީ
"މާލީ އަހަރުގެ އާމްދަނީ" ކަމަށް ބުނެފައިއެވަނީ، ކޮންމެ މާލީ އަހަރެއްގެ ތެރޭގައި ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ ތެރެއިން، ބޭރުގެ ފަރާތްތަކުން ދޭ އެހީއާއި ހަމައެކަނި އެއް ފަހަރު ލިބޭ އާމްދަނީ ނުހިމެނޭ ގޮތުން ދައުލަތަށް ލިބޭ އާމްދަނީއަށެވެ.
މާލީ ހިސާބުތައް
"މާލީ ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، އެ ފަރާތްތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑުގެ ދަށުން ތައްޔާރުކުރަންޖެހޭ އާމްދަނީއާއި ހަރަދުގެ ބަޔާނާއި، ބެލަންސް ށީޓާއި، ހިއްސާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާނާއި، ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާނާއި، އެ ބަޔާންތަކާގުޅޭ ނޯޓްސް ހިމެނޭ ގޮތުންނެވެ.
މާރކެޓް މެދުވެރިނުކޮށް މުއާމަލާތްކުރުން
"މާރކެޓް މެދުވެރިނުކޮށް މުއާމަލާތްކުރުން" ކަމަށް ބުނެފައިއެވަނީ، ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ކުރެވޭ ސެކިއުރިޓީޒްގެ މުއާމަލާތްތައް ފިޔަވާ ލިސްޓްކޮށްފައިވާ ކުންފުންޏެއްގެ، ލިސްޓުކޮށްފައިވާ ސެކިއުރިޓީޒްގެ މިލްކުވެރިކަން ބަދަލުކުރުމުގެ އެހެން ހުރިހަ މުއާމަލާތްތަކަށެވެ.
މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަކެތި
"މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަކެތި" ކަމަށް ބުނެފައިއެވަނީ، މަސްތުވާތަކެތި އަޅާ ބަންދުކުރުމަށް ބޭނުންކުރާ ރަބަރު ޕެކެޓާއި، ޕެކެޓް ބަންދުކުރާ މެށިން ފަދަ އާލާތްތަކާއި، މަސްތުވާތަކެތި މިނެކިރުމަށް ބޭނުންކުރާ ކައްޓާ ފަދަ އާލާތްތައް ހިމެނޭ ގޮތުންނެވެ.
މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވުމަށް ބޭނުންކުރާ އާލާތް
"މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވުމަށް ބޭނުންކުރާ އާލާތް" ކަމަށް ބުނެފައިއެވަނީ، ސިރިންޖް، ފޮއިލް، ޗުއިންގަމް ކަރުދާސް، ޕައިޕް، ނުވަތަ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވުމަށްޓަކައި ބޭނުންކުރެވޭ ކޮންމެ އެއްޗެއް ހިމެނޭ ގޮތުންނެވެ.
މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރުން
"މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރުން" ކަމުގައި ބުނެފައި އެވަނީ، ވަކިބާވަތެއްގެ ނުވަތަ ވަކިބާވަތްތަކެއްގެ މަހެއް ބޭނުމަށް ނުވަތަ ނެގުމަށް ގަސްދުކޮށް، އަތުނަނުދޫކޮށްގެން ނުވަތަ ލޭނުއަޅައިގެން މަސްވެރިކަންކުރުމަށެވެ.