ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ވާރކްޕާރމިޓް
"ވާރކްޕާރމިޓް" ކަމަށް ބުނެފައި އެވަނީ، ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް މިނިސްޓްރީން ދޫކުރާ ހުއްދައަށެވެ.
ވާރކްވީޒާ
"ވާރކްވީޒާ" ކަމަށް ބުނެފައިވަނީ، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (ވާރކްޕާރމިޓް) ހޯދައިގެން ރާއްޖެއަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީއަކު އޭނާ މަސައްކަތްކުރުމަށް ރާއްޖޭގައި ހުއްދަކޮށްފައިވާ މުއްދަތަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައަށެވެ.
ވަޔަރ ޓްރާންސްފަރ
"ވަޔަރ ޓްރާންސްފަރ" ކަމަށް ބުނެފައި އެވަނީ، ބެނިފިށަރީ އަށް ފައިސާ ލިބޭނެ ގޮތް ހެދުމަށްޓަކައި ބެނިފިށަރީ އިދާރާއަށް ލިބޭނެ ގޮތް ހެދުމަށް، އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް، އޮރިޖިނޭޓަރގެ ފަރާތުން ކުރާ މުއާމަލާތަށެވެ. މިފަދަ މުއާމަލާތުގެ ބެނިފިށަރީ އަދި އޮރިޖިނޭޓަރއަކީ އެއްފަރާތެއް ކަމަށް ވީނަމަވެސް، ބެލެވޭނީ ވަޔަރ ޓްރާންސްފަރއެއް ގޮތުގައެވެ.
ވަޒީފާގެ ދަފުތަރު
"ވަޒީފާގެ ދަފުތަރު" ކަމަށް ބުނެފައިވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުން ގެންދާ ބިދޭސީންގެ މައުލޫމާތު ރަޖިސްޓްރީ ކުރުމަށް ގެންގުޅޭ ވަސީލަތަކަށެވެ.
ވަޒީރު
"ވަޒީރު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ ދަށުން ހަވާލުކުރެވޭ ވަކި މަސްއޫލިއްޔަތެއް އަދާކުރުމަށްޓަކައި އައްޔަންކުރެވޭ ވަޒީރަށެވެ.
ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ
"ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ" ކަމަށް ބުނެފައިއެވަނީ، ޢިމާރާތެއް ބޭނުންކުރުމަށްޓަކައި ދޫކުރެވޭ ވަގުތީ ހުއްދައަށެވެ.
ވަގުތީ މުވައްޒަފުން
"ވަގުތީ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް ވަޒީފާދެވޭ ފަރާތްތަކަށެވެ.
ވަރުވާ އަށް ދޫކުރުން
"ވަރުވާ އަށް ދޫކުރުން" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށްރަށުގެ ގުދުރަތީ ވެށްޓަށް ބަދަލު ނުގެނެސް ފަޅުރަށް ބެލެހެއްޓުން ހަވާލުކުރުމަށެވެ.
ވަރުވާ
"ވަރުވާ" ކަމުގައި ބުނެފައި އެވަނީ، މީލާދީ އަހަރަކަށް ވަރުވާގެ ގޮތުގައި ދެއްކުމަށް މިނިސްޓްރީއާއި ވަރުވާއަށް ރަށެއް ނަގާ ފަރާތާއެކު އެއްބަސްވެވޭ ކުއްޔަށެވެ.
އޯޕަން އެންޑަޑް ވެހިކަލް
"އޯޕަން އެންޑަޑް ވެހިކަލް" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްމަންޓް ކުންފުނީގެ ގޮތުގައި ހިންގާ، އަދި އެކުންފުނީގެ ހިއްސާ ގަންނަ ފަރާތަށް، އެފަރާތަކުން ހިއްސާ ގަންނަ ނިސްބަތުން، ހިއްސާދާރަކަށް ވެވޭގޮތަށް، ވަކި މިންވަރެއްނެތި ހިއްސާ ދޫކުރުމުގެ ހުއްދަ ލިބިފައިވާ ކުންފުނި ތަކަށެވެ. މީގެ ތެރޭގައި މިއުޗުއަލް ފަންޑްސްއާއި، އިންވެސްޓްމަންޓް ފަންޑްސްއާއި، ޔުނިޓް ޓްރަސްޓްއާއި، އިންށުއަރެންސް ޕޮލިސީތަކާއި، ގިނަ ފަރާތްތަކެއް ބައިވެރިވާ ގޮތަށް އިންވެސްޓްކުރުމުގެ ވިޔަފާރި ހިންގާ އެނޫން އެހެންވެސް ވަސީލަތްތައް ހިމެނެއެވެ.
އޯޒޯން ލޭޔަރ
"އޯޒޯން ލޭޔަރ" އަކީ ބިމުންފެށިގެން މައްޗަށް 10 ކިލޯމީޓަރާއި 50 ކިލޯމީޓަރުގެ ދެމެދުގައިވާ ފަށަލައަކަށް ކިޔާނަމެކެވެ. މިފަށަލައިގައި މައިގަނޑުގޮތެއްގައި އެކުލެވިގެންވަނީ އޮކްސިޖަންގެ ތިން އެޓޮމް އެކުލެވިގެން ހެދޭ މާއްދާއެކެވެ.
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް
"އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް" ކަމަށް ބުނެފައި އެވަނީ، އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅާފައިވާ މާއްދާއެއް ބޭނުންކުރާ ތަކެތި ނުވަތަ އާލާތްތަކަށެވެ.
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތައް
"އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތައް" ކަމަށް ބުނެފައި އެވަނީ، އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅާފައިވާ މާއްދާއަކަށެވެ.
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް
"އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް" ކަމަށް ބުނެފައި އެވަނީ، އޯޒޯން ފަށަލައަށް ގެއްލުން ލިބޭ ކެމިކަލް މާއްދާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅާފައިވާ މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ މާއްދާ ބޭނުންކުރާ ތަކެތި ނުވަތަ އާލާތްތަކަށެވެ.
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް
"އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް" ކަމަށް ބުނެފައި އެވަނީ، އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅާފައިވާ މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ މާއްދާއަށެވެ.