ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރުން
"މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރުން" ކަމުގައި ބުނެފައި އެވަނީ، ވަކިބާވަތެއްގެ ނުވަތަ ވަކިބާވަތްތަކެއްގެ މަހެއް ބޭނުމަށް ނުވަތަ ނެގުމަށް ގަސްދުކޮސް، އަތުނަނުދޫކޮށްގެން ނުވަތަ ލޭނުއަޅައިގެން މަސްވެރިކަންކުރުމަށެވެ.
މަސްވެރިކަން
"މަސްވެރިކަމޭ" ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުތަކުން ލިބޭ ދިރުންހުރި އެއްވެސް އެއްޗެއް ހިފުން، ބޭނުން، ނެގުން، ނުވަތަ މިއިންކަމެއް ކުރުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކަށެވެ.
މަސައްކަތްކުރާ މީހާ
"މަސައްކަތްކުރާ މީހާ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފެއް ނުވަތަ ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާ މީހަކަށެވެ.
މަސައްކަތް
"މަސައްކަތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތްކުރުމަށް ލިބިދޭ ބާރާއި، އެ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، އެ މަސައްކަތްކުރުމަށް ލިބިދޭ ހައިސިއްޔަތާއި، އެ މަސައްކަތްކުރުމަށް ލިބިދޭ ދާއިރާއާއި އިހްތިސާސް ހިމެނޭގޮތުންނެވެ.
މަސައްކަތުގެ ތަޖުރިބާ
"މަސައްކަތުގެ ތަޖުރިބާ" ހޯދުމުގެ ގޮތުން އޮފީހުގައި ހިދުމަތް ކުރުމަކީ، ރަޖިސްޓްރީ ކުރެވިފައިވާ މަރުކަޒެއްގެ ދަރުވަރަކު ވަޒީފާއާ ގުޅޭ ތައުލީމެއް ނުވަތަ ތަމްރީނެއް ފުރިހަމަ ކުރުމުގެ ތެރޭގައި ނުވަތަ ފުރިހަމަ ކުރުމަށްފަހު، ތަޖުރިބާ ހާސިލްކުރުމުގެ ގޮތުން ހަދާ އިންޓަރންށިޕެއްގެ ނުވަތަ އެނޫން ގޮތުގައި ވެސް ދަސްކުރުމުގެ ގޮތުން މަސައްކަތް ކުރުމެވެ.

މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު
"މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
މަތީ ތައުލީމު
"މަތީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، އަންޑަގްރެޖުއެޓް ތައުލީމާއި އެއަށްވުރެ މަތީ ތަހުލީމަށެވެ.
މަތީ ތައުލީމު ހާސިލުކޮށްފައިވުން
"މަތީ ތައުލީމު ހާސިލުކޮށްފައިވުން" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ނުވަތަ އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމަށެވެ.
މަދަރުސާ
"މަދަރުސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ނިޒާމީ އާންމު ތައުލީމުދޭ ސްކޫލްތަކާއި، މަދަރުސާތަކާއި، މަރުކަޒުތަކަށެވެ.
މައްސަލަ ބެލުން
"މައްސަލަ ބެލުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްކަމުގައި ނުބެލެވޭ ކަންކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމުގެ ގޮތުން ބަލާ ބެލުންތަކަށެވެ.
މައްސަލަ ހުށަހަޅާ ފޯމު
"މައްސަލަ ހުށަހަޅާ ފޯމު" ކަމުގައި ބުނެފައި އެވަނީ، މައްސަލަ ހުށަހެޅުމަށް ކޮމިށަނުން ތައްޔާރުކޮށްފައިވާ ފޯމަށެވެ.
މައުލޫމާތު
"މައުލޫމާތު" ކަމަށް ބުނެފައިއެވަނީ، ހުރިހާ ބާވަތެއްގެ ޑޭޓާ ނުވަތަ ލިޔެކިޔުންތައްވެސް ހިމެނޭ ގޮތަށެވެ.
މައާފު ލިބެނިވި ދިފާއު
"މައާފު ލިބެނިވި ދިފާއު" ނުވަތަ "މައާފު" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 9/2014 (ގާނޫނުލްއުގޫބާތު) ގެ 50 ވަނަ ބާބުގައި ކަނޑައަޅާފައިވާ ކޮންމެ ދިފާއަކަށެވެ. މީގެ ތެރޭގައި އަންނަނިވި ދިފާއު ހިމެނެއެވެ (1) އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ކުރެވޭ އަމަލު އަދި އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ނުކޮށް ދޫކޮށްލެވޭ އަމަލު (2) ބުއްދިއަށް އުނިކަން ލިބިގެންވުން (3) ތަސައްރުފުނުފުދުން، (4) އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން، (5) ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު، (6) ހަމަހެއަށް އުނިކަން އައުން، (7) އެނގިގެންނުވާ ކަންތައްތަކާއި ކުށްހީގެ މައްޗަށް ގަބޫލުކުރެވޭ ކަންތައްތައް، (8) ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން
މަރު ފޯމު
"މަރު ފޯމު" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މީހަކު މަރުވުމުން ފުރިހަމަކުރާ ފޯމު ނުވަތަ މަރު ސާބިތުކޮށްފައި ފުރިހަމަކުރާ ފޯމު ނުވަތަ މަރު ސާބިތުކުރި ލިޔުމަށެވެ.