ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތައް
"އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތައް" ކަމަށް ބުނެފައި އެވަނީ، އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅާފައިވާ މާއްދާއަކަށެވެ.
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް
"އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް" ކަމަށް ބުނެފައި އެވަނީ، އޯޒޯން ފަށަލައަށް ގެއްލުން ލިބޭ ކެމިކަލް މާއްދާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅާފައިވާ މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ މާއްދާ ބޭނުންކުރާ ތަކެތި ނުވަތަ އާލާތްތަކަށެވެ.
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް
"އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް" ކަމަށް ބުނެފައި އެވަނީ، އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅާފައިވާ މާއްދާއެއްގެ ބަދަލުގައި ބޭނުންކުރާ މާއްދާއަށެވެ.
އޯޒޯން ފަށަލަ
"އޯޒޯން ފަށަލަ" ކަމަށް ބުނެފައި އެވަނީ، ބިމުން ފެށިގެން މައްޗަށް 10 (ދިހައެއް) ކިލޯމީޓަރާއި 50 (ފަންސާސް) ކިލޯމީޓަރުގެ ދެމެދުގައިވާ ފަށަލައަކަށް ކިޔާ ނަމަށެވެ. މި ފަށަލައިގައި މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ، އޮކްސިޖަންގެ ތިން އެޓޮމް އެކުލެވިގެން ހެދޭ މާއްދާއެކެވެ.
އޯގަނިޒަމް
"އޯގަނިޒަމް" ކަމަށް ބުނެފައިއެވަނީ، ގުދުރަތީގޮތުން ހުންނަ ހާލަތުގައި ދަރިފަސްކޮޅު އާލާކުރުމުގެ ގާބިލުކަން ލިބިފައިވާ ދިރޭތަކެއްޗަށެވެ.
އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާ
"އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ އޯފްށޯރ ބޭންކު-ނޫން މާލީ ވިޔަފާރި ކުރުމަށް މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
އޯވަރޑްރާފްޓް
"އޯވަރޑްރާފްޓް" ކަމަށް ބުނެފައި އެވަނީ ވަކިފަރާތަކުން ބޭންކުގައި ޖަމާކޮށްފައި ހުރި އަދަދަށްވުރެ އިތުރަށް ބޭނުންކުރަން އެފަރާތެއްގެ އެކައުންޓުން ދޫކުރާ ފައިސާއަށެވެ.
އޮޑިޓް އޮފިސަރ
"އޮޑިޓް އޮފިސަރ" ކަމަށްބުނެފައި އެވަނީ ސޮސައިޓީގެ މާލީ ހިސާބުތައް އޮޑިޓް ކުރުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ.
އޮޑިޓަރ ޖެނެރަލް
"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.
އޮޅުވާލުމުގެ އަމަލު
(ހ) "އޮޅުވާލުމުގެ އަަމަލު" ކަމަށް ބުނެފައިވަނީ މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅޭގޮތުން ކުރުމަށް ހުށަހެޅިފައިވާ ނުވަތަ ފުރިހަމަ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން، މީހަކު އަންނަނިވި އަމަލުކުރުމަށެވެ: (1) ސައްހަ ނޫން މައުލޫމާތު ނުވަތަ ކަމެއް އޮޅިގެން ހިނގައިދާނެފަދަ މައުލޫމާތު، ފަރުވާލެއްނެތި ދިނުން؛ ނުވަތަ (2) ވިޔަފާރީގައި އާންމުކޮށް އަމަލުކުރެވޭ ކަމަށް ގަބޫލު ކުރެވިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފަށް، އަމަލެއް ކޮށްގެން، އެނގިހުރެ، މީހަކަށް ކަމެއް އޮޅުވާލުން.
އެޗް.ސީ.އެފް.ސީ
"އެޗް.ސީ.އެފް.ސީ" އަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ "ހައިޑްރޯ-ކްލޮރޯ-ފްލޮރޯ-ކަރބަންސް" އެވެ.
އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ
"އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ" ކަމަށް ބުނެފައިއެވަނީ، ކުރިއަށް ދޫކުރެވޭ ފައިސާއަށެވެ.
އެޑިޓޯރިއަލް ސިޔާސަތު
"އެޑިޓޯރިއަލް ސިޔާސަތު" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާއިން ނުވަތަ ކުންފުނީގެ ވަކިވަކި ސެކްށަންތަކުން ނުވަތަ ކުންފުނީގެ ވަކިވަކި ހިދުމަތަކުން ނުވަތަ ކުންފުނީގެ ވަކިވަކި މުވައްޒަފަކު ހިފަހައްޓަންޖެހޭނެކަމަށް ކުންފުނީގެ އިސް މެނޭޖްމަންޓުން ކަނޑައަޅާ ހަމަތަކާއި އުސޫލުތަކަށެވެ.
އެޑިޓޯރިއަލް މިނިވަންކަން
"އެޑިޓޯރިއަލް މިނިވަންކަން" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމާއި މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާއިން ނުވަތަ ކުންފުނީގެ ވަކި ސެކްށަނަކުން ނުވަތަ ކުންފުނީގެ ވަކި ހިދުމަތަކުން ނުވަތަ ކުންފުނީގެ ވަކި މުވައްޒަފަކު ހިފަހައްޓާ ހަމަތަކާއި އުސޫލުތަކުގެ މިނިވަންކަމަށެވެ.
އެސް.ޑީ.އާރ
"އެސް.ޑީ.އާރ" ކަމަށް ބުނެފައި އެވަނީ އިންޓަރނޭށަނަލް މަނިޓަރީ ފަންޑުގެ ސްޕެށަލް ޑްރޯވިންގ ރައިޓްސް އަށެވެ.