ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޗެއިން އޮފް ކަސްޓަޑީ
"ޗެއިން އޮފް ކަސްޓަޑީ" ކަމަށް ބުނެފައި އެވަނީ، ގަވާއިދުގައި ބުނެފައިވާ ތަކެތި އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ކުރުމަށެވެ.
ޗެނަލް ރަޖިސްޓްރީ
“ޗެނަލް ރަޖިސްޓްރީ” ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް، ވަކި ޗެނަލެއް ދެއްކުމަށް ކޮމިށަނުން ދޫކުރާ ހުއްދައަށެވެ.
ޗެނަލް ޕެކޭޖް
“ޗެނަލް ޕެކޭޖް” ކަމަށް ބުނެފައި އެވަނީ، ތަފާތު ޗެނަލްތަކެއް އެއްކޮށްގެން ލިސްޓްކޮށް ވަކި ނަމެއްގެ ދަށުން އެއް އަގަކަށް ދޫކުރާ ޕެކޭޖްއަކަށެވެ.
ޗެކް
"ޗެކް" ކަމަށް ބުނެފައި އެވަނީ ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާން ކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެހިފައިގެންދާ މީހަކަށް، އެހިފައިގެން ދިއުމުން، ށަރުތަކާ ނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރަކަށެވެ
ޕެންށަން އޮފީސް
"ޕެންށަން އޮފީސް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށެވެ.
ޕެންށަނަށް ބަލާ މުސާރަ
"ޕެންށަނަށް ބަލާ މުސާރަ" ކަމަށް ބުނެފައިއެވަނީ، ޕެންށަން އޮފީހުގެ ބޯޑުން ހަދާ ގަވާއިދުތަކުގައި ޕެންށަނަށް ބަލާ މުސާރަކަމުގައި ކަނޑައަޅާ މުސާރަތަކާ އިނާޔަތްތަކަށެވެ.
ޕެންށަން އެސެޓްސް
"ޕެންށަން އެސެޓްސް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ފޯރުކޮށްދިނުމަށްޓަކައި، ގާނޫނުގެ ދަށުން ނަގާ ފައިސާއަށާއި، އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއަށެވެ.
ޕްރީ ސްކޫލް
"ޕްރީ ސްކޫލް" ކަމަށް ބުނެފައިއެވަނީ، އުމުރުން 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށް ޕްރީ ސްކޫލް ތައުލީމު ދިނުމަށް ހާއްސަ ސްކޫލްތަކަށެވެ.
ޕެސްޓް މަދުން އުޅޭ ސަރަހައްދު
"ޕެސްޓް މަދުން އުޅޭ ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ވަކި ބާވަތެއްގެ ޕެސްޓެއް މަދު މިންވަރަކަށް އުޅޭ، އަދި އެކަން ބަލައި، ކޮންޓްރޯލްކޮށް، ނައްތާލުމުގެ ފިޔަވަޅުތައް އަޅަންޖެހޭ، ދިވެހިރާއްޖޭގެ ބަޔަކަށް ނުވަތަ މުޅި ދިވެހިރާއްޖެއަށެވެ.
ޕްރޮޖެކްޓް ހައްގު
"ޕްރޮޖެކްޓް ހައްގު" ކަމަށް ބުނެފައި އެވަނީ، ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައިވާ ބިމާ ގުޅޭގޮތުން ދޫކުރެވޭ އަންނަނިވި ހައްގުތަކުގެ ތެރެއިން ހައްގަކަށް، ނުވަތަ އެއިން އެއް ހައްގަށްވުރެ ގިނަ ހައްގަށެވެ. ފްރީހޯލްޑް އުސޫލުން މިލްކުވުން ހިމެނޭގޮތަށް ދޫކުރެވޭ މުދަލުގެ މިލްކުވެރިކަމުގެ ހައްގު؛ ނުވަތަ
އެއް އެއްބަސްވުމުގެ ދަށުން ނުވަތަ އެއް އެއްބަސްވުމަށްވުރެ ގިނަ އެއްބަސްވުމުގެ ދަށުން، ކޮންމެ މުއްދަތަކަށް ނަމަވެސް ކުއްޔަށްދޭ ދިނުން.
ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން
"ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން" ކަމަށް ބުނެފައި އެވަނީ، ށަރުުތު ފުރިހަމަވާ ޕްރޮޖެކްޓެއްގެ ބައެއްގެ ގޮތުގައި އެ ޕްރޮޖެކްޓްގެ ދަށުން، މެދުދިޔައިގައި ކަނޑުގެ ސަތަހުން މައްޗަށް ހިކިފައި އޮންނަ މިންވަރަށް، އުފައްދައި އުފުލާފައިވާ ދިވެހިރާއްޖޭގެ ބިމުގެ ސަރަހައްދަށެވެ.
ޕްރޮޖެކްޓް ހިންގާ ސަރަހައްދު
"ޕްރޮޖެކްޓް ހިންގާ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުއަސާސީގެ 302 ވަނަ މާއްދާގެ ދަށުން ޕްރޮޖެކްޓް ހައްގު ދޫކުރެވޭ ދިވެހިރާއްޖޭގެ ސަރަހައްދުގެ ބަޔަށެވެ.
ޕްރައިވަޓައިޒްކުރުން
"ޕްރައިވަޓައިޒްކުރުން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ވިޔަފާރި ތަނެއްގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން މިލްކުކުރާ ހިއްސާ ނުވަތަ މަސްލަހަތު، އެކުގައި ނުވަތަ އޭގެން ބައެއް، އަމިއްލަ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ބަދަލުކުރުމަށެވެ. ނުވަތަ ވިއްކުމަށެވެ.
ޕްރޮމިސަރީ ނޯޓް
"ޕްރޮމިސަރީ ނޯޓް" ކަމަށް ބުނެފައި އެވަނީ އަދަދު ކަނޑައެޅިގެންވާ ފައިސާއެއް، ކަނޑައެޅިފައިވާ މީހަކަށް، ނުވަތަ ކަނޑައެޅިފައިވާ މީހާގެ އަމުރަށް، ނުވަތަ ހިފައިގެންދާ މީހަކަށް ކަނޑައެޅިގެންވާ އިރެއްގައި ށަރުޔަކާ ނުލައި ދިނުމަށް ވައްދުވެ ސޮއިކޮށްފައިވާ ލިޔުމަށެވެ.
ޕްރިސްކްރިޕްށަން
"ޕްރިސްކްރިޕްށަން" ކަމަށް ބުނެފައިއެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެހި ބޭނުންކުރުމަށްޓަކައި، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރަކު އާންމުކޮށް ލިޔެދޭ މިންވަރު ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން ކަނޑައަޅާ މިންވަރަކަށް ލިޔެދޭ ބޭސް ސިޓީއަށެވެ.