ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ކޭށް ފްލޯ ޕްލޭން
"ކޭށް ފްލޯ ޕްލޭން" ކަމަށް ބުނެފައިއެވަނީ، ނަގުދު ފައިސާ ހޯދައި ބަލައިގަނެ، އެ ހަރަދުކުރާނެ ގޮތުގެ އަންދާޒާއަށެވެ.
ކެޕިޓަލް ގުޑްސް
"ކެޕިޓަލް ގުޑްސް" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްމަންޓަކުން އުފައްދަން ބޭނުންވާ މުދާ ނުވަތަ ހިދުމަތް އުފެއްދުމުގެ ނިޔަތުގައި ހޯދައި ލިބިގަންނަ މާއްދީ މުދަލަށާއި ތަކެއްޗަށާއި އެއްޗެއްސަށެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
"ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.
ކެޕިޓަލް ހަރަދު
"ކެޕިޓަލް ހަރަދު" ކަމުގައި ބުނެފައި އެވަނީ، ހަރުމުދާ ހޯދުމަށްކުރާ ހަރަދެވެ.މިބުނެވުނު ހަރުމުދަލަކީ އެއްހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް އޭގެ ބޭނުން ހިފުމަށްފަހުވެސް އެއްޗެއް ރައްކާތެރި ކުރާވަރުގެ ނުވަތަ ސަލާމަތް ކުރާވަރުގެ އަގެއްހުރި މުދަލެކެވެ.
ކެޔޮޅު
"ކެޔޮޅު" ކަމުގައި ބުނެފައި އެވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ، އުޅަނދު، ނުވަތަ ބޯޓުގައި ގާއިމްވެ ހުނަނަ އުޅަނދު ނުވަތަ އެބޯޓު ދުއްވުމުގެ ހުރިހާ ޒިންމާތަކާއި ހަވާލުވެ ހުންނަ އެންމެ އިސްފަރާތަށެވެ.
ކެއަރ އެންޑް ވެލްފެއަރ އޯޑަރ
"ކެއަރ އެންޑް ވެލްފެއަރ އޯޑަރ" ކަމަށް ބުނެފައި އެވަނީ، އާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި އާއިލާއަށް ހާއްސަކޮށް ޕްރޮގްރާމްތައް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށެވެ.
ކެނެބިސް މިކްސްޗަރ
"ކެނެބިސް މިކްސްޗަރ" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލް އެއްވެސް މިންވަރަކަށް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ތާސީރަށެވެ
ކެނެބިސް ރެޒިން
"ކެނެބިސް ރެޒިން" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އެއްވެސް ވަރަކަށް ހިމެނޭ މާއްދާއަށެވެ.
ކެނެބިސް
"ކެނެބިސް" ކަމަށް ބުނެފައިއެވަނީ، ކެނެބިސް އާއިލާގެ ގަސްގަހުގެ ތެރެއިން ގަހަކަށް ނުވަތަ އެއިން ގަހެއްގެ ބަޔަކަށް، އެއަށް ކޮންމެ ނަމެއް ކީނަމަވެހެވެ.
ކެނެބިހުން މުއާމަލާތުކުރުން
"ކެނެބިހުން މުއާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، ކެނެބިސް ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުން ހިމެނޭގޮތުންނެވެ.
ކުޑަކުދިން
"ކުޑަކުދިން" ގެ މާނައަކީ، މައިމީހާގެ ބަނޑުގައި އާދަމުގެ ދަރިޔާ ގަރުބަގަތީއްސުރެ، ދުނިޔެއަށް އުފަންވުމާއި ދެމެދުގެ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށް ފަހު މީލާދީ ގޮތުން 18 އަހަރު ފުރިހަމަނުވާ ކުދިންނެވެ.
ކުއްޖާ ނުވަތަ ކުދިންގެ ރައްކާތެރިކަން
"ކުއްޖާ ނުވަތަ ކުދިންގެ ރައްކާތެރިކަން" ކަމުގައި ބުނެފައި އެވަނީ، ކުއްޖާއަށް ލިބިދާނެ އެއްވެސް އަނިޔާއަކުން ނުވަތަ ގޯނާއަކުން ސަލާމަތްކަން ހޯދައި ދިނުމަށެވެ. މީގެ ތެރޭގައި ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ހިމެނޭނެއެވެ.
ކުއްލިއްޔާ
"ކުއްލިއްޔާ" ކަމަށް ބުނެފައި އެވަނީ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއަށް ނިސްބަތްވާ ހުރިހާ ކެމްޕަސް، ފެކަލްޓީ، ސެންޓަރު، އޮފީސްފަދަ ތަންތަނަށެވެ.
ކުއްލި ހާލަތު
"ކުއްލި ހާލަތު" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ފުރާނައަށް ނުރައްކާތެރި ހާލަތެއް ދިމާވެގެން، ތިމާ އަމިއްލައަށް ނުވަތަ އެހެން ގޮތަކުން ސަލާމަތްވެވޭނެ ގޮތެއް ނެތުމަށެވެ.
ކުޅިވަރާބެހޭ ވުޒާރާ ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
"ކުޅިވަރާބެހޭ ވުޒާރާ" ނުވަތަ "މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.