ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން
"ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މުހިންމު ޒިންމާއެއް ދިވެހިރާއްޖޭގައި ނުވަތަ ބޭރު ގައުމެއްގައި އަދާކުރުމަށް އައްޔަންކުރެވިފައިވާ ކޮންމެ ފަރާތަކަށެވެ. އަދި އެފަދަ ފަރާތެއްގެ އާއިލާގެ މެންބަރުން ނުވަތަ އެފަދަ ފަރާތަކާ ގާތް ގުޅުމެއްވާ ފަރާތްތައްވެސް ހިމެނެއެވެ.
ޕާސްޕޯޓު
"ޕާސްޕޯޓު" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ދަތުރުފަތުރުގައި، މީހެއްގެ ގައުމީ ނިސްބަތާއި މީހެއްގެ ތަފްސީލު އަންގައިދިނުމަށް ބޭނުންކުރާ، އެމީހެއްގެ ފޮޓޯޖެހި، އަދި ކަމުގެ ބާރު ލިބިގެންވާ ގާނޫނީ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމަކަށެވެ. މި މާނަކުރުމުގައި، ޕާސްޕޯޓުގެ ބަދަލުގައި ދޫކުރެވޭ އެފަދަ ބޭނުންހިފޭ ވަގުތީ ލިޔުންތައްވެސް ހިމެނިގެންވެއެވެ.
ޕާކު ކުރުން
"ޕާކު ކުރުން" ކަމަށް ބުނެފައި އެވަނީ ތަނެއްގައި، ނުވަތަ ސަރަހައްދެއްގައި އިންޖީނު ނިއްވާފައި ޑްރައިވަރެއް ނެތި އުޅަނދު ބާއްވާފައި އޮންނަ އޮތުމަށެވެ.
ޕަބްލިކް ހެލްތް ލެބޯޓަރީ
"ޕަބްލިކް ހެލްތް ލެބޯޓަރީ" ކަމަށް ބުނެފައިއެވަނީ، ވަކި ސަރަހައްދެއްގައި ލެބޯޓަރީގެ ހިދުމަތް ދިނުމަށްޓަކައި ނުވަތަ ކުރުމަށްޓަކައި، އާންމު ސިއްހަތާ ގުޅިގެން ލެބޯޓަރީގެ ހިދުމަތް ދިނުމަށްޓަކައި، ތައްޔާރުކޮށްފައިވާ ލެބޯޓަރީ ތަކަށެވެ.
ޕާޓްނަރށިޕް
"ޕާޓްނަރށިޕް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ޕާޓްނަރށިޕްތަކަށެވެ.
ޕޯސްޓު
"ޕޯސްޓު" ކަމަށް ބުނެފައި އެވަނީ، އެއް ތަނުން އަނެއް ތަނަށް ފޮނުވޭ ސިޓީ، ޕޯސްޓް ކާޑު، ޕާރުސަލް އަދި އެނޫންވެސް އެފަދަ ތަކެތި ފޮނުވުމަށް ބޭނުންކުރާ އަސާސީ ޕޯސްޓާއި އެނޫންވެސް ކޫރިއަރގެ ހިދުމަތްތަކަށެވެ.
ޕްރޮގްރާމް ށެޑިއުލް
"ޕްރޮގްރާމް ށެޑިއުލް" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރުމަށް ދައުލަތުގެ މީޑިއާއިން ކަނޑައަޅާ އެކިއެކި ބާވަތުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓްކުރަމުންދާނެގޮތުގެ ތާވަލަށެވެ. އަދި އެކިއެކި ޕްރޮގްރާމްތައް ބްރޯޑްކާސްޓްކުރެވޭ އިންސައްތައާއި އިށްތިހާރުކުރުމަށް ހޭދަވާ އިންސައްތައާއި އެ ޕްރޮގްރާމްއެއް ނިސްބަތްވާ ނުވަތަ އަމާޒުކުރެވޭ އޯޑިއަންސް އަންގައިދޭގޮތަށް ތައްޔާރުކުރެވޭ ތާވަލަށެވެ.
ޔުނީފޯމު ހިދުމަތުގެ މުއައްޒިފުން
"ޔުނީފޯމު ހިދުމަތުގެ މުއައްޒިފުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މީހުންނާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރާ މީހުންނާއި އިމިގްރޭށަނާއި ކަސްޓަމާއި ޕެނިޓެންށަރީ ފަދަ ހިދުމަތްތަކުގައި ތިބޭ، ހިދުމަތް ދޭ މީހުންނަށް ވަކި ޔުނީފޯމެއް ކަނޑައެޅިފައިވާ މުވައްޒިފުންނަށެވެ.
ޔޮޓް ބަނދަރު
"ޔޮޓް ބަނދަރު" ކަމަށް ބުނެފައިއެވަނީ، ޔޮޓާއި އެފަދައެހެން އުޅަނދު ބަނދަރު ކުރުމަށާއި، އެފަދަ އުޅަނދުތަކަށް އެކިއެކި ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ބަނދަރުތަކަށެވެ.
ޓެލެކޮމިއުނިކޭށަންގެ ހިދުމަތް
"ޓެލެކޮމިއުނިކޭށަންގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކެއްގެ ޒަރީޢާއިން ޢާންމުންނަށް ފޯރުކޮށްދެވޭ މުއާޞަލާތީ ހިދުމަތަށެވެ.
ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން
"ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ ޓެކްސްއާބެހޭ އެއްވެސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމަށެވެ.
ޓީ.އައި.އެން
"ޓީ.އައި.އެން" ކަމަށް ބުނެފައި އެވަނީ، "ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު" އާ އެއްގޮތަށް ކޮންމެ މީހަކަށް ކަނޑައެޅިފައިވާ ޓެކްސް ދައްކާ މީހެއްކަން އަންގައިދޭ ނަންބަރަށެވެ.
ޓްރާންސިޓްގައިވާ ކޮންސައިންމަންޓް
"ޓްރާންސިޓްގައިވާ ކޮންސައިންމަންޓް" ކަމަށް ބުނެފައިއެވަނީ، ފައިޓޯސެނިޓަރީ މިންގަނޑުތައް އެމައްޗަށް ހިނގާ، ދިވެހިރާއްޖެއަށް އިމްޕޯޓްނުކޮށް ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއިން ގެންދެވޭ ކޮންސައިންމަންޓްތަކަށެވެ.
ޓްރެޒަރީ ބިލް
"ޓްރެޒަރީ ބިލް" ކަމަށް ބުނެފައި އެވަނީ މޫނުމަތީގެ އަގުގެ ޑިސްކައުންޓަކާއެކު ވިއްކާ، ސަރުކާރުގެ މާލީ ލިޔުމަށެވެ.
ޓްރެވަލް ޑޮކިއުމަންޓް
"ޓްރެވަލް ޑޮކިއުމަންޓް" ކަމަށް ބުނެފައިއެވަނީ، ބައިނަލްއަގްވާމީ ވައިގެދަތުރުފަތުރު ކުރުމަށް ނުވަތަ ކަނޑުދަތުރުފަތުރު ކުރުމަށް ކަމާބެހޭ ގައުމެއްގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ޕާސްޕޯޓް ނުވަތަ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ނުވަތަ ދަތުރުފަތުރުކުރުމުގައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ އެނޫންވެސް ލިޔުމަށެވެ.