ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ސެކިއުރިޓީ
"ސެކިއުރިޓީ" ކަމަށް ބުނެފައި އެވަނީ (1) ސެކިއުރިޓީ އެކްސްޗޭންޖްގައި ނުވަތަ މާރކެޓްގައި ނުވަތަ އެކަމަށްޓަކައި އާންމުގޮތެއްގައި ގަބޫލުކުރެވޭ ދާއިރާއެއްގެ ތެރޭގައި ބޭނުންކުރުމަށް އެ ގެންގުޅޭ މީހަކަށް، ނުވަތަ ރަޖިސްޓަރީކުރެވިފައިވާ ފަރާތަކަށް، އިންވެސްޓްމަންޓަކަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި، ބިލް އޮފް އެކްސްޗޭންޖް ނުހިމެނޭ ގޮތަށް، ދޫކުރެވޭ ލިޔުމަށެވެ (2) ލޯނެއް ނެގުމަށްޓަކައި ބެހެއްޓޭ ރަހުނު ނުވަތަ އެ ރަހުނު ސާބިތުކޮށްދޭ ލިޔުމަށެވެ.
ސެކިއުރިޓީގެ ވިޔަފާރި
"ސެކިއުރިޓީގެ ވިޔަފާރި" ކަމަށްބުނެފައިއެވަނީ ސެކިއުރިޓީ ވިއްކަން ހުށަހަޅާ ފަރާތުން ވިއްކަން ހުށަހަޅާ ސެކިއުރިޓީ ގަންނާނެ ގޮތެއް ހަމަޖެއްސުން ނުވަތަ ގަންނާނެ ކަމުގެ ޔަގީންކަން ދިނުން (އަންޑަރ ރައިޓިން)، ތިންވަނަ ފަރާތަކަށް ސެކިއުރިޓީ ގަނެވިއްކައިދިނުން (ބްރޯކަރޭޖް)، އަދި އާންމުންނާ ގުޅިފައިވާ މިފަދަ ސެކިއުރިޓީއާ ގުޅިފައިވާ މަސައްކަތްތަކަށެވެ.
ރީ-ޑިސްކައުންޓް
"ރީ-ޑިސްކައުންޓް" ކަމަށް ބުނެފައި އެވަނީ ޕްރޮމިސަރީ ނޯޓެއް ނުވަތަ ބިލް އޮފް އެކްސްޗޭންޖެއް ގަތް ފަރާތުން އަލުން ވިއްކުމަށެވެ.
ޕްރޮމިސަރީ ނޯޓް
"ޕްރޮމިސަރީ ނޯޓް" ކަމަށް ބުނެފައި އެވަނީ އަދަދު ކަނޑައެޅިގެންވާ ފައިސާއެއް، ކަނޑައެޅިފައިވާ މީހަކަށް، ނުވަތަ ކަނޑައެޅިފައިވާ މީހާގެ އަމުރަށް، ނުވަތަ ހިފައިގެންދާ މީހަކަށް ކަނޑައެޅިގެންވާ އިރެއްގައި ށަރުޔަކާ ނުލައި ދިނުމަށް ވައްދުވެ ސޮއިކޮށްފައިވާ ލިޔުމަށެވެ.
އޯވަރޑްރާފްޓް
"އޯވަރޑްރާފްޓް" ކަމަށް ބުނެފައި އެވަނީ ވަކިފަރާތަކުން ބޭންކުގައި ޖަމާކޮށްފައި ހުރި އަދަދަށްވުރެ އިތުރަށް ބޭނުންކުރަން އެފަރާތެއްގެ އެކައުންޓުން ދޫކުރާ ފައިސާއަށެވެ.
"ނޫޓް" އަދި "ފައިސާފޮތި"
"ނޫޓް" އަދި "ފައިސާފޮތި" ކަމަށް ބުނެފައި އެވަނީ މިގާނޫނުގެ ދަށުން ފައިސާގެ ގޮތުގައި ބޭނުންކުރުމަށް ނެރެވޭ ނޫޓާއި ފައިސާ ފޮއްޗަށެވެ.
"ފައިސާފޮތި" އަދި "ނޫޓް"
"ފައިސާފޮތި" އަދި "ނޫޓް" ކަމަށް ބުނެފައި އެވަނީ މިގާނޫނުގެ ދަށުން ފައިސާގެ ގޮތުގައި ބޭނުންކުރުމަށް ނެރެވޭ ނޫޓާއި ފައިސާ ފޮއްޗަށެވެ.
މަނިޓަރީ
"މަނިޓަރީ" ކަމަށް ބުނެފައި އެވަނީ ފައިސާގެ ނުވަތަ ފައިސާއާ ގުޅޭ ނުވަތަ ތަނުގެ އިގްތިސާދަށް ފައިސާ ފޯރުވައިދިނުމާ ދައުރުވާ ގޮތްތަކާ ގުޅޭކަންކަމަށެވެ.
ލައިބިލިޓީ
"ލައިބިލިޓީ" ކަމަށް ބުނެފައި އެވަނީ އެހެން ފަރާތަކަށް ދިނުން ލާޒިމްވާ ކޮންމެ އެއްޗަކަށެވެ.
ލީގަލް ޓެންޑަރ
"ލީގަލް ޓެންޑަރ" ކަމަށް ބުނެފައި އެވަނީ އަގެއް އަދާކުރުމަށް ގާނޫނީގޮތުން ކަމުދާ، އަދި ބަލައިގަންނަންވީ ފަރާތުން ގަބޫލުކުރަންވާނެ، ފައިސާގެ ގޮތުގައި ނެރެފައިވާ އަދި ހިނގާ ކޮންމެ އެއްޗަކަށެވެ.
އިންށުއަރެންސް
"އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ އިންށުއަރެންސް ޕްރީމިއަމް ލިބޭގޮތަށް އަދި އިންށުއަރެންސް ޕްރީމިއަމްއިންނާއި އިންށުއަރެންސް ވިޔަފާރިން ލިބޭ އާމްދަނީ އިންވެސްޓް ކުރުމުގެ މަސައްކަތާއެކު ލައިފް އިންށުއަރެންސް އާއި ޖެނެރަލް އިންށުއަރެންސް ގެ ވިޔަފާރި ހިންގުމަށެވެ.
އާންމު ރިޒާރވް
"އާންމު ރިޒާރވް" ކަމަށް ބުނެފައި އެވަނީ މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 6/1981) ގެ 27 ވަނަ މާއްދާގެ ދަށުން އުފެދޭ އާންމު ރިޒާރވަށެވެ.
ފިސްކަލް އޭޖެންސީ
"ފިސްކަލް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ ފައިސާއާބެހޭ ހުރިހާކަމެއް ހިންގާ ބަލަހައްޓާ އިދާރާއަށެވެ.
މާލީ އިދާރާ
"މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ ބޭންކު ވިޔަފާރި ނުވަތަ، ސެކިއުރިޓީސްގެ ވިޔަފާރި ނުވަތަ އިންށުއަރެންސް ގެ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓް ލަފާދޭ ވިޔަފާރި، ނުވަތަ ފައިނޭންސް ލީސިންގްގެ ވިޔަފާރި ނުވަތަ އެސެޓް މެނޭޖްމަންޓްގެ ވިޔަފާރި ނުވަތަ ރާއްޖޭގެ ފައިނޭންށަލް ސިސްޓަމް ހިމާޔަތްކުރުމަށްޓަކައި ހިނގާގޮތް ބަލަހައްޓައި ރެގިއުލޭޓްކުރަން ޖެހޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފެންނަ، އެހެންވެސް މިފަދަ މާލީ ހަރަކާތްތައް ހިންގާ މީހެއް ނުވަތަ ތަނެއް ނުވަތަ ކުންފުންޏެއް ނުވަތަ އެނޫންވެސް ފަރާތަށެވެ.
އެކްސްޓަރނަލް ޓްރާންސެކްށަން
"އެކްސްޓަރނަލް ޓްރާންސެކްށަން" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް ބޭރުން ބޭރު ފައިސާ ލިބޭގޮތަށް ނުވަތަ ރާއްޖެއިން ބޭރަށް ބޭރު ފައިސާދާގޮތަށް ކުރެވޭ މުއާމަލާތަށެވެ.