ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ރަހުނު ބެހެއްޓި މީހާ
"ރަހުނު ބެހެއްޓި މީހާ"، "ރަހުނު ހިފިމީހާ" މިގޮތަށް ބުނެފައި އެވަނީ، ކުންފުނި، ކްލަބް، ޖަމްއިއްޔާފަދަ ޖަމާއަތްތައްވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް ޖަމާއަތުގެ ގޮތަށް ބަލާއިރު، ގާނޫނު ނަންބަރު 9/1993 (ރަހުނާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާގެ ހ. އާއި ށ. ގައިވާ ށަރްތުތައް އިސްތިސްނާ ކުރެވޭނެއެވެ.
އޮފިސަރުން
"އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، ފަންނީ މުވައްޒަފުންނާއި ކޮންސަލްޓަންޓުން ހިމެނޭ ގޮތުންނެވެ.
'ފަނޑިޔާރު
''ފަނޑިޔާރު'' ކަމަށް ބުނެފައި އެވަނީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބަލައި ހުކުމް ކުރާ ފަރާތްތަކަށެވެ.
އުއްތަމަ ފަނޑިޔާރު
"އުއްތަމަ ފަނޑިޔާރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށެވެ.
އެކަށީގެންވާ މުއްދަތެއް
"އެކަށީގެންވާ މުއްދަތެއް" ކަމަށް ބެލޭނީ ރުއްގަސްފަދަ ތަކެތި ކަމުގައިވާނަމަ 1 މަސްދުވަހެވެ. މުދާ ނުވަތަ ތަކެތި ކަމުގައިވެފައި ރާއްޖޭގައި ހުރި މުދަލެއް ނުވަތަ ތަކެއްޗެއް ކަމުގައިވާނަމަވެސް 1 މަސްދުވަހެވެ. ރާއްޖޭން ބޭރުގައި ހުރި މުދަލެއް ނުވަތަ ތަކެއްޗެއް ނަމަ އެމުދަލެއް ނުވަތަ ތަކެއްޗެއް ރާއްޖޭން ގެނެވޭ ތާރީހަކުން ފެށިގެން 1 މަސް ދުވަހެވެ. ގޮސް ހަވާލުވާންޖެހޭ އެއްޗެއްނަމަ 3 މަސްދުވަހެވެ.
އޮރިޔާންކާޑު
''އޮރިޔާންކާޑު'' ކަމަށް ބުނެފައި އެވަނީ، ޖިންސީ ގުނަވަން ނުވަތަ ގުނަވަންތަކުގެ މަންޒަރު ދައްކައިދޭ ފޮޓޯއާއި ފިލްމާއި، ޖިންސީ ގުޅުން ސިފަކޮށްދޭ އަޑާއި، ވާހަކައާއި، ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ފިލްމާއި، ފޮޓޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ ރެކޯޑުކޮށްފައި ހުންނަ ސީޑީއާއި ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި، ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި ހިމެނޭ ގޮތުންނެވެ. ގާނޫނާއި ގަވާއިދު ހުއްދަކުރާ އިލްމީ ފޮތްތަކާއި ކިޔަވައިދިނުމަށް ހުއްދަކުރާ ފޮތްތަކާއި މެޓީރިއަލްތައް މީގެ މާނައިގެ ތެރޭގައި ނުހިމެނެއެވެ.
ނުރައްކާތެރި ހަތިޔާރު
''ނުރައްކާތެރި ހަތިޔާރު'' ކަމަށް ބުނެފައި އެވަނީ، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަކަށް ގެއްލުން ލިބިދާނެ ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާފަދަ ތަކެއްޗާއި، ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްސާއި އެނޫންވެސް އެއްޗެހި ހިމެނޭ ގޮތުންނެވެ.
(1) އެއްވެސް ބާވަތެއްގެ ވަޅިއެއް؛
(2) ކަނޑިޔާއި ހަންޖަރު؛
(3) ރޭޒަރު ތިލައާއި ކަޓަރާއި ކަޓަރު ތިލަ؛
(4) ކަތިވަޅިއާއި ފުރޯއާއި ކޯރާޑި މުޅޯ؛
(5) ތޫނުކޮށްފައި ނުވަތަ ފޭއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި ލަކުޑިއާއި އެނޫންވެސް އެފަދަ އެއްޗެހި؛
(6) މީހުންނަށް އަނިޔާދެވިދާފަދަ މިނޫންވެސް ތޫނު އެއްޗެއް.
ޖިންސީ ގުނަވަން ނޫން ގުނަވަނެއް
"ޖިންސީ ގުނަވަން ނޫން ގުނަވަނެއް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ފުރަގަސްފަރާތަށް ނުވަތަ އަނގައަށެވެ.
ޖިންސީ ގުނަވަނެއް
"ޖިންސީ ގުނަވަނެއް" ކަމަށް ބުނެފައި އެވަނީ، ފިރިހެނެއްގެނަމަ އޭނާގެ ކުރިމަތި ފަރާތަށެވެ. އަންހެނެއްގެނަމަ އޭނާގެ ކުރިމަތި ފަރާތަށާއި މޭމައްޗަށެވެ. މީގެއިތުރުން، މި ގާނޫނުގައި ބަޔާންވެގެންވާ ރޭޕްގެ ކުށުގެ އަމަލުގެ މަހައްލުގައި، ނުވަތަ ޖިންސީ ގޯނާގެ ކުށުގެ އަމަލުގެ މަހައްލުގައި، ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ އަމަލުގެ މަހައްލުގައި، ފިރިހެނެއްގެ ނުވަތަ އަންހެނެއްގެ ފުރަގަސްފަރާތްވެސް ޖިންސީ ގުނަވަނެއްގެ މާނައިގައި ހިމެނިގެންވެއެވެ.
ޖިންސީ ކުށް ކުރާ މީހުން
"ޖިންސީ ކުށް ކުރާ މީހުން" ކަމަށް ބުނެފައި އެވަނީ، ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުގައި ނަން ހިމެނުން ލާޒިމުކުރާ ކޮންމެ މީހަކަށެވެ.
ޒިނޭކުރުން
"ޒިނޭކުރުން" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ފިރިހެނަކު އޭނާގެ ކުރިމަތިފަރާތް އަންހެނެއްގެ ކުރިމަތިފަރާތަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ވެއްދުމަށެވެ.
ސިކުނޑީގެ އުނިކަން
"ސިކުނޑީގެ އުނިކަން" ކަމަށް ބުނެފައި އެވަނީ، ބުއްދި ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ސިކުނޑީގެ ދުޅަހެޔޮކަމަށް ލިބިފައިވާ އުނިކަމެއްގެ ސަބަބުން ކަންކަން ވިސްނުމަށާއި ކަންކަން ދެނެގަތުމަށާއި ކަންކަން ހަނދާންކުރުމަށް ދިމާވާ ހުރަސްތަކެއްގެ ސަބަބުން މީހާގެ ހެޔޮވިސްނުމަށް އަސަރުކުރާ ހަމަ ކޮންމެ ކަމަކަށެވެ. ނުވަތަ ހާލަތަކަށެވެ.
ދަފްތަރު (ޖިންސީފުރައްސާރައިގެ)
"ދަފްތަރު" ކަމަށް ބުނެފައި އެވަނީ، ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރަށެވެ.
ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ
"ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އާއިލާގެ ގުޅުންތައް ގައުމީ ފެންވަރުގައި އިސްލާހުކޮށް ރައްކާތެރިކޮށްދީ ތަންފީޒުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަޒީރު ނުވަތަ ވުޒާރާގެ ބެލުމުގެ ދަށުން ހިނގާ ގައުމީ އިދާރާއަށެވެ.
މީހަކު
"މީހަކު" ކަމަށް ބުނެފައި އެވަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި، އުމުރުން 16 (ސޯޅަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ފިރިހެންކުދިންނާއި އަންހެންކުދިން ހިމެނޭ ގޮތުންނެވެ. އަދި އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ، އަދި 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ފިރިހެނަކާއި އަންހެނެއްވެސް ހިމެނޭގޮތުންނެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައިވާ ބިދޭސީން ހިމެނޭ ގޮތުންނެވެ.