ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ރިޕޯޓް ކުރުމުގެ ގޮތުން ހުށަހަޅާ މައްސަލަ
ރިޕޯޓް ކުރުމުގެ ގޮތުން ހުށަހަޅާ މައްސަލަ' ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުން ބެލުމަށް ހަމަޖެހިފައިވާފަދަ މައްސަލައަކާ ބެހޭގޮތުން ދޭމައުލޫމާތަށެވެ.
ރިޕޯޓުކުރަންޖެހޭ ބަލި
"ރިޕޯޓުކުރަންޖެހޭ ބަލި" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިކަމަށް ކަނޑައަޅާ ބައްޔަށެވެ.
ރިޕޯޓަރު
"ރިޕޯޓަރު" ކަމަށް ބުނެފައި އެވަނީ، ނޫސްވެރިކަމުގެ ދާއިރާގައި ޚަބަރާއ ި، ރިޕޯޓާއި، ކޮލަމާއ ި، ލިޔުންތައް ލިޔެ ތައްޔާރުކުރާ ފަރާތްތަކާއި، ބްރޯޑްކާސްޓް އަދި ޓެލެކާސްޓްކުރެވޭ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރާ ފަރާތްތަކާއ ި، ބްލޮގްތައް ލިޔާ ފަރާތްތަކާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރާ ތަކެތި ފެތުރި އެކައުންޓްގެ ވެރިފަރާތްވެސް ހިމެނޭގޮތުންނެވެ. "ރިޕޯޓަރު" ގެ މާނައިގެ ތެރޭގައި، ޚަބަރު ހުށަހަޅާ ފަރާތް، ޕްރޮގްރާމ ހުށަހަޅާ ފަރާތް، އިންޓަވިއުކުރާ ފަރާތް އަދި މިނޫންވެސް މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ޝާއިޢުކުރާ ނުވަތަ ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ޚިޔާރުކުރުމުގެ ބާރު ނެތް ފަރާތްތައް ނުހިމެނެއެވެ
ރިޓަޔަރމަންޓް ޕޭ
"ރިޓަޔަރމަންޓް ޕޭ" ކަމަށް ބުނެފައި އެވަނީ، ރިޓަޔަރ ކުރާ ދުވަހުން 12 ފެށިގެން އެމީހަކަށް މަހުން މަހަށް ދެވޭ ފައިސާއަށެވެ.
ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް
"ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ ދަށުން ހިންގޭ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއަކަށް އަދި/ނުވަތަ ބައިވެރިއެއްގެ ފަރާތުން ދައްކާ ފައިސާއާއި، އެފައިސާ އިންވެސްޓްކުރުމުން އެއަށް ލިބޭ ފައިދާއާއި، ގެއްލުމާއި، ހުއްދަކުރެވޭ ހަރަދަށް ނިސްބަތްވާގޮތަށް ބަލަހައްޓަމުންދާ އެބައިވެރިއެއްގެ ވަކި އެކައުންޓަށެވެ.
ރިޓަޔަރމަންޓް ބެނެފިޓު
"ރިޓަޔަރމަންޓް ބެނެފިޓު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީން ވަޒީފާއިން ރިޓަޔަރކުރުމުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ލިބިދޭ ޕެންށަނަށެވެ.
ރިކޮގްނިށަން ބޮންޑްސް
"ރިކޮގްނިށަން ބޮންޑްސް" ކަމަށް ބުނެފައިއެވަނީ، ސަރުކާރުގެ މުވައްޒަފުންގެ އެކްރޫޑް ޕެންށަން ހައްގުތައް ވަޒަންކުރުމުގެގޮތުން ސަރުކާރުން ދޫކުރާ ބޮންޑްތަކަށެވެ.
ރިހެބިލިޓޭށަން ސެންޓަރު
"ރިހެބިލިޓޭށަން ސެންޓަރު" ކަމަށް ބުނެފައިއެވަނީ، ހުކުމުގެ މުއްދަތުގައި ޕެރޯލްގެ އުސޫލުތަކާއި އެއްގޮތަށް ހާއްސަ ފަރުވާއެއް ދީގެން ގެންގުޅެން ޖެހިފައިވާ ފަރާތްތައް ބަންދުކޮށްފައި ބައިތިއްބާ ތަނަށެވެ.
ރާއްޖޭގެ މީޑިއާ އޯގަނައިޒޭށަންތައް
"ރާއްޖޭގެ މީޑިއާ އޯގަނައިޒޭށަންތައް" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނޫސް، މަޖައްލާ ފަދަ ތަކެތި ށާއިއުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ނުވަތަ ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ.
ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ޖަމްއިއްޔާތައް
"ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ޖަމްއިއްޔާތައް" ކަމަށް ބުނެފައިއެވަނީ، ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތަކުގެ ތެރެއިން ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މަސްލަހަތު ރައްކާތެރިކުރުމުގެ މަގްސަދުގައި ހިލޭސާބަހަށް ހިންގާ އަދި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ޖަމްއިއްޔާތަކަށެވެ.
ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާ
"ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާ" ކަމުގައި ބުނެފައި އެވަނީ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއިން ދޫކުރާ ލައިސަންސް އޮތުމާއެކު، އެ މުއައްސަސާގައި ރަޖިސްޓަރީވެގެން ހިންގާ މީޑިއާތަކަށެވެ.
ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔާ
"ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔާ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ އިދާރާއަކުން މެޑިކަލް ސެޓިފިކެޓް ދޫކުރުމަށް ހުއްދަދީފައިވާ ފަރާތް ތަކަށެވެ.
ރަސްމީ ތައުލީމު
"ރަސްމީ ތައުލީމު" ކަމުގައި ބުނެފައި އެވަނީ، ގްރޭޑް 1 ން 10 އަކަށެވެ.
ރަސްމީ ވިޔަފާރި ބަނދަރު
"ރަސްމީ ވިޔަފާރި ބަނދަރު" ކަމަށް ބުނެފައި އެވަނީ، މާލޭގެ ކޮމާށަލް ހާބަރު، ހދ.ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު އަދި ސ.ހިތަދޫ ސަރަހައްދީ ބަނދަރުގެ އިތުރުން ހއ.އުލިގަމު ހިމެނޭ ގޮތަށެވެ.
ރަސްމީ ބަންދު ދުވަސް
"ރަސްމީ ބަންދު ދުވަސް" ކަމަށް ބުނެފައިއެވަނީ، ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދު ދުވަހާއި، ރާއްޖެ އިސްލާމްވި ދުވަހާއި، މިނިވަން ދުވަހާއި، ރަމަޒާންމަހުގެ ފުރަތަމަ ދުވަހާއި، ފިތުރު އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަހާއި، ހައްޖު ދުވަހާއި، އަޒުހާ އީދު ދުވަހަށެވެ.