ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އިންވެސްޓަރުން
"އިންވެސްޓަރުން" ކަމުގައި ބުނެފައި އެވަނީ، އިންވެސްޓްމަންޓް ފަންޑުގެ ހިއްސާ ނުވަތަ ޔުނިޓް ލިބިގަނެފައިވާ ފަރާތްތަކަށެވެ.
އިންކުއަރާރ
"އިންކުއަރާރ" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއެއްގެ މުއާމަލާތުތަކާއި ހިންގުމާބެހޭ ގޮތުން މައްލޫމާތު ހޯދުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ.
އިހްތިސާސް (ދުސްތޫރީ)
”އިހްތިސާސް“ ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއްގެ ބާރުހިނގާ ދާއިރާއަށާއި ކަންކަމަށެވެ.
އިހްތިސާސް (ކޯޓު)
"އިހްތިސާސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރު ހިނގާ ދާއިރާއަށާއި ކަންކަމަށެވެ.
އާދަޔާހިލާފު ސިފައެއް ލިބިފައި ހުރި ރުއްގަސް
"އާދަޔާހިލާފު ސިފައެއް ލިބިފައި ހުރި ރުއްގަސް" ކަމަށް ބުނެފައިއެވަނީ ދެކުރިގަނޑު ހުންނަ ރުކާއި އެތުގެ ބަދަލުގައި ކުރިފަޅާ ރުއްފަދަ ގުދުރަތީގޮތުން އެހެން އެފަދަ ރުކާއި ތަފާތު ސިފަތަކެއް ލިބިފައިވާ ރުއްގަހަށެވެ.
އާމްދަނީ
"އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ގަވާއިދުން (މަހުން މަހަށް) ލިބޭ ފައިސާއާއި އިނާޔަތްތައް ނުވަތަ ގަނޑުކޮށް މީހަކަށް ލިބޭ ފައިސާގެ އިނާޔަތަށެވެ.
އާއިލާ މީހެއް
"އާއިލާ މީހެއް" ކަމުގައި ބުނެފައި އެވަނީ އެއް ގޭބިސީއެއްގައި ދިރިއުޅޭ ތިމާގެ މީހުންނަށެވެ.
އާކިޕެލަޖިކް ބޭސްލައިން
"އާކިޕެލަޖިކް ބޭސްލައިން"ތައް ކަމަށް ބުނެފައިވަނީ، ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރ 6/1996) ގެ ތާވަލު 1 ގައި ބުނެފައިވާ ޕޮއިންޓްތައް ގުޅާލެވޭ ރޮނގުތަކަށެވެ.
އާބިޓްރޭޓަރ
"އާބިޓްރޭޓަރ" ކަމަށްބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއަކާއި އެހެން ފަރާތަކާ ދެމެދު ހިނގާ ދެބަސްވުމެއް ހައްލުކޮށްދިނުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ.
އާރުއެސްއޭ
"އާރުއެސްއޭ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ހިންގޭ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ސްކީމުގެ ބައިވެރިއަކަށް އަދި / ނުވަތަ ބައިވެރިއެއްގެ ފަރާތުން ދައްކާ ފައިސާއާއި، އެ ފައިސާ އިންވެސްޓުކުރުމުން އެއަށް ލިބޭ ފައިދާއާއި، ގެއްލުމާއި ހުއްދަކުރެވޭ ހަރަދަށް ނިސްބަތްވާ ގޮތަށް ބަލަހައްޓަމުން ގެންދާ އެ ބައިވެރިއެއްގެ ވަކި އެކައުންޓަށެވެ.
އާންމުކޮށް އެންގުން
"އާންމުކޮށް އެންގުން" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ފަދައިން ޢާންމުކޮށް އެންގުމަށެވެ. ޢާންމުކޮށް ނެރޭ ދުވަހު ނޫހެއްގައި ށާއިޢުކުރުމަށް؛ ނުވަތަ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރުމަށް؛ ނުވަތަ އެކަށީގެންވާ ހުރިހާ ވަގުތެއްގައިވެސް، ޢާންމުކޮށް ބެލެން ހުންނަ އިންޓަރނެޓް ވެބްސައިޓެއްގައި ށާއިޢުކުރުމަށް؛ ނުވަތަ ޢިމާރާތްކުރާ ތަންތަނާއި ސަރުކާރުގެ އިދާރާތަކުގައި ބަހައްޓާ އިޢުލާނުތަކާއި އެންގުންތައް މެދުވެރިކޮށް ށާއިޢުކުރުމަށް
އާންމުކުރުން
"އާންމުކުރުން" ކަމަށް ބުނެފައި އެވަނީ، އެއްޗެއް މީހުންގެ ތެރެއަށް ނެރެ ހާމަކުރުމަށެވެ.
އާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތެއް
"އާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތެއް" ކަމަށް ބުނެފައި އެވަނީ، ޢާންމު މަސްލަހަތު ހިމެނޭ ތަބީޢަތުގެ މަސްއޫލިއްޔަތަށެވެ.
އާންމުން ވަދެނިކުމެވާ ތަނެއް
"އާންމުން ވަދެނިކުމެވާ ތަނެއް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަށްރަށުގެ އެންމެހައި މަގުމަގާއި ގޯޅި ގޯޅިއާއި، ފީއެއް ނަގައިގެން ނުވަތަ ފީއެއް ނެގުމަކާ ނުލައި، އެ ވަގުތެއްގައި އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ވަނުމުގެ ހުއްދަ ކަނޑައެޅިގެން ލިބިފައިވާ ނުވަތަ ލިބިފައިވާ ކަމަށް ބެލެވޭ އެންމެހައި ތަންތަނާއި، އުޅަނދުފަހަރާއި އެއްޗެއްސަށެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު
"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު" ކަމަށް ބުނެފައިއެވަނީ، ކުއްލިއަކަށް ތައާރުފުވާ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިއަކަށް ދިމާވާ ސިއްހީ ނުރައްކަލެއްގެ ސަބަބުން މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާގޮތުގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭ ހާލަތަށެވެ.