ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ހިދްމަތް
"ހިދްމަތް" ކަމަށް ބުނެފައިވަނީ، ވިޔަފާރީގެ އުސޫލުން އަގެއް ނަގައިގެން ދެވޭ ހިދްމަތަށެވެ.
ކްރެޑިޓް
"ކްރެޑިޓް" ގެ މާނައަކީ މުދާ ވިއްކުމުގެ މުއާމަލާތެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދިނުމަށް ވައުދު ވެދޭ ލިޔުމެވެ.
ދިނުން
"ދިނުން" ކަމަށް ބުނެފައި އެވަނީ އެމީހެއްގެ އަމިއްލަ އިހްތިޔާރުގައި މުދަލެއްގެ އަތުގެ ވެރިކަން އަނެކަކަށް ބަދަލުކުރުމެވެ. އަތުންއަތަށް ދީގެން ނުވަތަ އެހެން މީހަކު މެދުވެރިކޮށް އަނެކަކަށް އެއްޗެއް ގެންގޮސްދީގެން ނުވަތަ ފޮނުވައިދީގެން އަތުގެ ވެރިކަން ބަދަލު ކުރާ ކުރުންވެސް މީގެ ތެރޭގައި ހިމެނޭނެއެވެ.
ގަންނަމީހާ
"ގަންނަމީހާ" ގެ މާނައަކީ، ގަންނަ ނުވަތަ ގަންނަން އެއްބަސްވާ މީހާއެވެ.

ވިއްކާމީހާ
"ވިއްކާމީހާ" ގެ މާނައަކީ ވިއްކާ ނުވަތަ ވިއްކަން އެއްބަސްވާ މީހާއެވެ.
ޓޫރިސްޓުން
"ޓޫރިސްޓުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޫކުރާ ޓޫރިސްޓު ވީޒާއެއްގައި ދިވެހިރާއްޖެއަށް އެތެރެވާ މީހުންނަށެވެ.
ހިސާބުތައް
"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ބެލެންސް ށީޓް، ފައިދާއާއި ގެއްލުމުގެ ހިސާބު، ހިސާބުތަކާ ގުޅިފައިވާ ޖަދުވަލުތަކާއި ނޯޓްތައް، ޑިރެކްޓަރުންގެ ރިޕޯޓް، ހިސާބުތަކާގުޅޭ އޮޑިޓަރުންގެ ރިޕޯޓް އަދި މިނޫނަސް އެ ލިޔުންތަކާ އެކުގައިވާ ނުވަތަ އެ ލިޔުންތަކުގައި ހިމަނާފައިވާ އެންމެހައި ލިޔުންތަކަށެވެ.
ދައުލަތުގެ މުވައްޒަފު
"ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ވަޒީފާއެއް އަދާކުރާ، ދައުލަތުގެ ބަޖެޓުން މުސާރަ ނުވަތަ އުޖޫރަ ދޭ ކޮންމެ ފަރާތަކަށެވެ.
އަނބުރާ ނުލިބޭނެ ދަރަނި
"އަނބުރާ ނުލިބޭނެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ހިސާބު ބެލެހެއްޓުމުގެ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުލިބޭނެ ދަރަނި ކަމަށް ބަލައި ހިސާބުތަކުން އުނިކުރެވޭ "ބޭޑް ޑެޓްސް" ނުވަތަ ދަރަންޏަށެވެ.
ފަރާތް
"ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަކި ފަރުދެއް، ކުންފުންޏެއް، ޕާޓްނަރށިޕެއް، ޓްރަސްޓެއް އަދި ޖަމާއަތެއްވެސް ހިމެނޭ ގޮތަށެވެ.
ވިޔަފާރި
"ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތާއި، ވިޔަފާރި އުސޫލުން ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް ނުވަތަ ފަންނީ ހިދުމަތެއް ދިނުމުގެ މަސައްކަތް ނުވަތަ ހިދުމަތެއް ދިނުމުގެ ގޮތުން ހިންގާ އެހެން މަސައްކަތް ނުވަތަ ބުނެވިދިޔަ ޒާތުގެ އެނޫންވެސް މަސައްކަތް ހިމެނޭ ގޮތަށެވެ.
ޓެކްސް އިންވޮއިސް
"ޓެކްސް އިންވޮއިސް" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ޖީ.އެސް.ޓީ ދައްކާ އެހެން ފަރާތަކަށް މުދަލެއް ވިއްކުމަށްފަހު ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށްފަހު، އެ މުދަލެއް ގަތް ނުވަތަ ހިދުމަތެއް ލިބިގަތް ފަރާތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2011) ގެ 41 ވަނަ މާއްދާގެ ދަށުން ދޫކުރާ ލިޔުމަށެވެ.
ޓެކްސް ނެގޭ މުއްދަތު
"ޓެކްސް ނެގޭ މުއްދަތު" ކަމަށް ބުނެފައި އެވަނީ، ޖީ.އެސް.ޓީ ދެއްކުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2011) ގެ 68 ވަނަ މާއްދާ ގެ 24 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ މުއްދަތަށެވެ.
ޓިން
"ޓިން" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކުރުމުން، މީރާއިން އެ ފަރާތަކަށް ކަނޑައަޅާ ޓެކްސްޕެޔަރ އައިޑެންޓިފިކޭށަން ނަންބަރަށެވެ.