ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ކައުންސިލު (މީޑިޔާއާޢި ގުޅޭ)
"ކައުންސިލު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލަށެވެ.
މައުލޫމާތު
"މައުލޫމާތު" ކަމަށް ބުނެފައިއެވަނީ، އެއްވެސް ލިޔުމަކަށް، ވީޑިއޯއަކަށް، ފޮޓޯއަކަށް، ކުރެހުމަކަށް، ނުވަތަ އޯޑިއޯއަކަށެވެ.
މުޖުތަމަހުގެ މަސްލަހަތު އޮތުން
"މުޖުތަމަހުގެ މަސްލަހަތު އޮތުން" ކަމަށް ބުނެފައިއެވަނީ، މުޖުތަމަހުގެ ބަޔަކަށް އެމަހުލޫމާތަކުން ހައްގުނޫން ގެއްލުމެއް ނުވަތަ އުނިކަމެއް ލިބިދާނެ މައުލޫމާތާއި، މުޖުތަމަހުގެބަޔަކު އެނގެން ބޭނުންވެދާނެ މައުލޫމާތާއި، ކަންބޮޑުވާ މައުލޫމާތާއި، މުޖުތަމަހުގެ ބަޔެއްގެ ތެރޭގައި އެކަން ހިނގަމުންދާގޮތާބެހޭ މައުލޫމާތު އެނގިފައި އޮތުމަކީ، މުހިންމު ކަމެއްކަމަށް ބެލޭނެ މައުލޫމާތަށެވެ.
މީޑިއާ
"މީޑިއާ" ކަމަށް ބުނެފައިއެވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަހުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިށްތިހާރު، ހާންމުކޮށް ފެތުރުމަށްޓަކައި ގަންނަންލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިހުކުރެވޭ ށާއިހުކުރުންތަކަށެވެ.
ދައުލަތުގެ މުވައްޒަފެއް
"ދައުލަތުގެ މުވައްޒަފެއް" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މުވައްޒަފަކަށެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއް
"ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ ކުށެއް ތަހްގީގުކުރުމުގެ ބާރު މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ މުވައްޒަފަކަށެވެ.
އުޅަނދު
"އުޅަނދު" ކަމަށް ބުނެފައިއެވަނީ، ކަނޑުގައި ދުއްވާ އުޅަނދާއި ވައިގެ މަގުން ދަތުރުކުރާ އުޅަނދު ހިމެނޭ ގޮތުންނެވެ.
އެތެރެވުން
"އެތެރެވުން" ކަމަށް ބުނެފައިއެވަނީ، ގާނޫނާ ހިލާފަށް ނުވަތަ ގާނޫނާ އެއްގޮތަށް ނަމަވެސް މީހަކު ދިވެހިރާއްޖޭގެ ސަރަހައްދުން އެތެރެވުމަށެވެ.
ކުށްކުރާ ޖަމާއަތެއް
"ކުށްކުރާ ޖަމާއަތެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.
މިނިވަން ދުވަސް
"މިނިވަން ދުވަސް" ކަމަށް ބުނެފައި އެވަނީ ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 26 ވަނަ ދުވަހެވެ.
އެހިލުން
"އެހިލުން" ކަމަށް ބުނެފައި އެވާ ބުނުމުގައި ބީއްސުން ވެސް ހިމެނެއެވެ.
އެހިލާދުވަސް
"އެހިލާދުވަސް" ކަމަށް ބުނެފައި އެވަނީ، އެހިލާ ދުވަހާއި ޖެހިގެން އަންނަ ދުވަހެއްގެ، ހެނދުނު 6.00 އާ ދެމެދަށެވެ.
އޮތޯރިޓީ (މާލީ ކަންކަމާއި ގުޅޭ)
"އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ތިންވަނަ މާއްދާގައި ބުނެފައިވާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއެވެ.
ފަންޑު މެނޭޖަރު
"ފަންޑު މެނޭޖަރު" ކަަމަށް ބުނެފައި އެވަނީ، ފަންޑު މެނޭޖްކޮށްދޭ ފަރާތަށެވެ.
5% އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތްތައް
"5% އަށްވުރެ ބޮޑު އަދަދެއްގެ ހިއްސާ ގަނެފައިވާ ފަރާތްތައް" ކަމަށް ބުނެފައިއެވަނީ، އެމީހަކު އަމިއްލައަށް، ނުވަތަ އައްޔަންކޮށްފައިވާ ފަރާތެއް، ނުވަތަ ގުޅިފައިވާ ފަރާތެއް މެދުވެރިކޮށް އެމީހަކަށް ކުންފުނީގެ އާންމު ޖަލްސާއެއްގައި ޖުމުލަ ގޮތެއްގައި މަދުވެގެން %5 ވޯޓު ދިނުމުގެ ބާރު ލިބިދޭ ހިއްސާއެއް، ނުވަތަ ހިއްސާއެއްގެ މަސްލަހަތު އޮންނަ ފަރާތްތަކެވެ.