gaanoon_logo
-
ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓެއް (މަސްތުވާތަކެއްޗާއި ބެހޭ)
"ކަމުގެ އިހްތިސާސް އޮތް އެހެން ކޯޓެއް" ކަމަށް ބުނެފައިއެވަނީ، ޑްރަގް ކޯޓު ފިޔަވައި، މަސްތުވާތަކެއްޗާގުޅޭ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓަކަށެވެ.
ކެނެބިސް ރެޒިން
"ކެނެބިސް ރެޒިން" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އެއްވެސް ވަރަކަށް ހިމެނޭ މާއްދާއަށެވެ.
ބެލެނިވެރިޔާ
"ބެލެނިވެރިޔާ" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ށަރުއީ ބަލަދުވެރިންނާއި ގާނޫނީ ބަލަދުވެރިންނަށެވެ.
އިންޑިކޭޓިވް އެސެސްމަންޓް
"އިންޑިކޭޓިވް އެސެސްމަންޓް" ކަމަށް ބުނެފައިއެވަނީ، ކުށުގެ ދައުވާ އުފުލިފައިވާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ޑްރަގް ކޯޓުގެ އެންގުމަށް ހަދާ އެސެސްމަންޓަށާއި، އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ މީހާ މސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ނޭށަނަލް ޑްރަގް އެޖެންސީން ނުވަތަ ފަރުވާދޭ މަރުކަޒުން ހަދާ އެސެސްމަންޓަށާއި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ކޯޓެއްގެ ހުކުމަކުން ސާބިތުވެފައިވާ މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އެމީހަކަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ނޭށަނަލް ޑްރަގް އެޖެންސީން ނުވަތަ ފަރުވާދޭ މަރުކަޒުން ހަދާ އެސެސްމަންޓަށެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބު
"ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ އަތޮޅުތަކުގެ ބޭރުދުނީގެ ފުއްޓަރުން 75 މޭލު ފާހަގަކޮށް، އެސަރަހައްދުގެ ތެރޭގައިވާ ކަނޑާއި، ކަނޑުއަޑީގެ ބިން ހިމެނޭގޮތަށް، ތިރީގައި މިވާ ޕޮއިންޓްތައް ގުޅާލެވޭ ރޮނގުގެ އެތެރޭގައިވާ ސަރަހައްދަށެވެ.
ކަނޑު
"ކަނޑު" ކަމަށް ބުނެފައި އެވަނީ، ބޭރު ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރު، ފަޅު، ހާ، ގިރި، ފަދަ ހުރިހާތަނެއް ހިމެނޭގޮތަށެވެ.
ތިންވަނަ ފަރާތް
"ތިންވަނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާއި 26 ވަނަ މާއްދާއިން ރައްކާތެރިކޮށްދީފައިވާ މައުލޫމާތު ނިސްބަތްވާ އަދި އެފަރާތެއްގެ މަސްލަހަތު އެ މާއްދާތަކުން ރައްކާތެރިކޮށްދޭ ފަރާތަށެވެ. ދައުލަތުގެ އިދާރާއެއް ނުވަތަ މައުލޫމާތަށް އެދޭ ފަރާތެއް މި މާނަކުރުމުގައި ހިމެނިގެނެއް ނުވެއެވެ.
ދައުލަތުގެ އިދާރާ
"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް މެ ހިމެނޭގޮތުންނެވެ.
މައުލޫމާތު
"މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ކޮންމެ ބާވަތެއްގެ މައުލޫމާތެއް ކަމުގައިވީނަމަވެސް ނުވަތަ ކޮންމެ ތާރީހެއްގައި އުފައްދާފައިވާ މައުލޫމާތެއް ކަމުގައިވީނަމަވެސް ނުވަތަ ކޮންމެ ފަރާތަކުން އުފައްދާފައިވާ މައުލޫމާތެއް ކަމުގައިވީނަމަވެސް، ކޮންމެ ވަސީލަތެއްގައި ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމުގައިވީނަމަވެސް ދައުލަތުގެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ ތެރެއިން ތިންވަނަ ފަރާތެއްގެ މިލްކަކަށްނުވާ ހަމަކޮންމެ މައުލޫމާތަށެވެ.
މުރާޖައާ ކޮމިޓީ (މައުލޫމާތާއި ގުޅޭ)
"މުރާޖައާ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން އޮފިސަރު ނިންމާ ނިންމުން މުރާޖައާކޮށްދިނުންއެދި ހުށަހެޅުމުން އެކަން ބެލުމަށް ދައުލަތުގެ އިދާރާތަކުގައި ވެރިންގެ ފެންވަރުގައި ތިބި މީހުންގެ މަދުވެގެން 3 މީހުންގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނު (ގާނޫނު ނަންބަރ 1/2014) ގެ 41 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ކޮމިޓީއަށެވެ.
އިންފޮމޭށަން އޮފިސަރު
"އިންފޮމޭށަން އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކުރާ ވެރިން ފެންވަރުގެ މަގާމުތައް ނޫން މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނު (ގާނޫނު ނަންބަރ 1/2014) ގެ 36 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް ދައުލަތުގެ އެ އިދާރާގެ ފެންވަރުގައި އަދާކުރުމަށް ދައުލަތުގެ އެ އިދާރާއެއްގެ އިސްވެރިޔާ ހަވާލުކުރާ މުވައްޒަފަށެވެ. ނުވަތަ މުވައްޒަފުންނަށެވެ.
އިލްތިމާސް
"އިލްތިމާސް" ކަމަށް ބުނެފައިއެވަނީ، މައާފުކޮށްދިނުން ނުވަތަ އަދަބު ލުއިކޮށްދިނުން އެދި މި ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ހުށަހެޅުމަށެވެ.
ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ ލިޔުންތައް
"ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ ލިޔުންތައް" ކަމަށް ބުނެފައިއެވަނީ، އެ ލިޔުމެއް ގަނެވިއްކޭނެ، އަދި ލިޔުމެއްގައިވާ ހައްގުތައް އެކަކުގެ ކިބައިން އަނެކަކުގެ ކިބައަށް ފަސޭހަކަމާއެކު ބަދަލުކުރެވިދާނެ އަދި އެ ލިޔުމެއް ފައިސާގެ ގޮތުގައި ބަދަލުކުރެވޭނެ ގޮތަށް ގެންގުޅޭ ލިޔުމަށެވެ. މި ގާނޫނުގެ ބޭނުމަށް މިފަދަ ލިޔުމެއްކަމަށް ބުނެފައިއެވަނީ، ޗެކާއި، ޕްރޮމިސަރީ ނޯޓާއި، މަނީ އޯޑަރ، ޓްރެވަލަރސް ޗެކް އަދި މި ނޫންވެސް މިފަދަ ލިޔުންތަކަށެވެ.
ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓް
"ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓް" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ހާލަތްތަކުގައި އޮންނަ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ ބޭންކު ޗެކް، ޓްރެވަލަރސް ޗެކް، ޕްރޮމިސަރީ ނޯޓާއި މަނީ އޯޑަރ ފަދަ ލިޔުންތަކަށެވެ.
ގަވަރނަރ
"ގަވަރނަރ" ކަމަށް ބުނެފައިއެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރަށެވެ.